19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

ރިޔާސީ އިންތިހާބު 2018

ލާމަރުކަޒީ ނިޒާމަކީ ރާއްޖެއަށް އެންމެ އެކަށޭނެ ނިޒާމެއް ކަމަށް ގަބޫލެއް ނުކުރަން: ރައީސް ޔާމީން

  • ކައުންސިލްތަކުން ތަރައްގީއަށް ހުރަސް އަޅާ: ރައީސް ޔާމީން
  • ސަރުކާރުން ވަނީ ކައުންސިލްތަކުގެ ބާރުތައް ނަގާފައި
  • ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ހުރަސް އަޅަމުން ނުދާ ކަމަށް ކައުންސިލްތަކުން ބުނޭ
މުހައްމަދު ފަޒީން | phaxyn

| 17 ސެޕްޓެންބަރ 2018 | ހޯމަ 00:38 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  5. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  6. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު


ރައީސް ޔާމީން ރިޔާސީ ބަހުސްގައި: އެ ބަހުސްގައި ބައިވެރިވެވަޑައި ގެންނެވީ އެމަނިކުފާނު އެކަނި -- ރައީސް އޮފީސް

އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމަކީ ރާއްޖެ ފަދަ ގައުމަކަށް އެންމެ އެކަށޭނަ ނިޒާމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

މޯލްޑިވސް ނޭޝަނަލް ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބޭއްވި "ރިޔާސީ ބަހުސް"ގައި ރައީސް ޔާމީން ވިދާޅުވީ ލާމަރުކަޒީ ނިޒާމުން ތަރައްގީއަށް ވަރަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާ ކަމަށެވެ. 

"އަޅުގަނޑު ގަބޫލުނުކުރާ ސަބަބަކީ އަޅުގަނޑުމެން ލާމަރުކަޒީ ނިޒާމު ހިންގަން އުޅެގެން ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތި ލައިފިން. ރައްޖެއަކީ ޔުނިޓަރީ ދައުލަތެއް. އޭގެ މާނައަކީ ދައުލަތުގެ އެންމެ އިސް ފަރާތުގެ އަމުރު މައުރޫފް ރާއްޖޭގެ ކޮންމެ ތަނެއްގައި ވެސް ހިނގަންވާނެ. އަޅުގަނޑު ތަރައްގީ ގެންނަން ވަކި ރަށެއް އިސްތިސްނާ ނުކޮށް ކުރަމުންދާ މަސައްކަތުގައި އަޅުގަނޑަށް އެންމެ ބޮޑަށް ހުރަސްއަޅާފައި ހުރީ އިދިކޮޅު ސިޔާސީ ޕާޓީއަށް ނިސްބަތްވާ ކައުންސިލްތަކުގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކުން، މަގުފަހިކޮށް ނުދޭތީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަކީ މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީގެ ދަށުން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް އެދިއެދި ތިބި ނިޒާމެކެވެ. އެއީ ރައްޔިތުންނާއި ގާތުން ހިދްމަތް ދިނުމަށާއި ރައްޔިތުން ބާރުވެރި ކުރުވުމަށް އެންމެ އެކަށޭނަ ނިޒާމު ކަމަށް ވެސް ގިނަ ރައްޔިތުން ދެކެއެވެ.

ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ލާމަރުކަޒީ ނިޒާމުގެ ދަށުން އުފައްދާފައިވާ ކައުންސިލްތަކުގެ ބާރުތައް ސަރުކާރުގެ މިނިސްޓްރީތަކަށް ނަގާފައެވެ. ކައުންސިލްތަކުގެ ބާރު ދުއްވާލައި، ކައުންސިލްތައް ނިކަމެތި ކޮށްފައިވަނީ ގާނޫނުތައް މިސަރުކާރުން ގެނެސްފައިވާ އިސްލާހުތަކުންނެވެ. 

އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ކައުންސިލްތަކުގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކުން ރަށުގެ ތަރައްގީއަށް ހުރަސް އަޅަމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް އެ ކައުންސިލްތަކުން އެކަން ދޮގު ކުރެއެވެ. ގިނަ ފަހަރަށް ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތަކާއި މައްސަލަތައް ދިމާވަނީ މަޝްރޫއެއް ހިންގާއިރު، ރައްޔިތުންގެ އިހުސާސްތަކާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރަމުންދާތީ ކަމަށް ވެސް ކައުންސިލްތަކުން ބުނެއެވެ. އަދި ސަރުކާރުގެ އިދާރާތަކާއި މައްސަލަތައް ދިމާވަނީ ކޮންމެހެން އިދިކޮޅު ސިޔާސީ ޕާޓީއެއްގެ މެޖޯރިޓީ އެކައުންސިލްގައި އޮތުމުން ނޫން ކަމަށް ވެސް ކައުންސިލްތަކުން ބުނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ާާާީަިަިސަަ

7 މަސް ކުރިން

މަނިކުފާނު ބޭނުން ފުޅުވ ރށްރަށުގައި ތަރައްޤިގެ ÷ޕރޮޖެކްޓުތައް ހިންގޭ ޢިދިކޮޅު މެޖޯރިޓީ އޮތަސް. މާލޭގެ ބްރިޖްވެސް އެޅީޢްޖެ. ބައެއް ރަށްރަށުގައި އިދިކޮޅު މެމްބަރުންނާއި ކައުންސިލަރުން ތިބެގެން ކަމެއް ނުކުރެވެނީ. އަނެއްބައކ ރަށްރަށުގައި ވިދާޅު ވަނީ ތިމަންނަމެން ބޭނުން މަޝްރޫޢެއް ހިންގަަނަމޭ.

0
0
ޢަހުމަދު މީމު

7 މަސް ކުރިން

Thanthan vikaahuskureveyni thi Nizam fail kohleemataa

0
0