25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ޓްރަމްޕަށް އޮބާމާ ފާޑުވިދާޅުވެ

ޓްރަމްޕަށް އޮބާމާ ފާޑުވިދާޅުވެއްޖެ

  • މިއީ މަގާމުން ދުރުވުމަށްފަހު އޮބާމާ ދެއްވި ފުރަތަމަ ބަޔާން
ރުޝްދާ ރަޝީދު | rushdhar

| 31 ޖެނުއަރީ 2017 | އަންގާރަ 15:22 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  6. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ -- ގޫގުލް

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޑުވިދާޅުވެެއްޖެ އެވެ.

 

އޮބާމާ މިހެން ވިދާޅުވީ ރޭ އާންމު ކުރެއްވި ބަޔާނެއްގަ އެވެ. މިއީ މަގާމުގެ ދައުރު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރެއްވި އޮބާމާ، އާންމު ރައްޔިތެއްގެ ހައިސިއްޔަތުން އާންމު ކުރެއްވި ފުރަތަމަ ބަޔާނެވެ.

 

އޮބާމާގެ ތަރުޖަމާނު، ކެވިން ލުވިސް ވިދާޅުވީ ވަކި ދީނަކަށް ނިސްބަތްވާތީ ތަފާތުކުރާ ކުރުމަކީ އޮބާމާ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށާއި މިހާރު އެމެރިކާގައި ޓްރަމްޕްގެ ގަރާރާ ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާތަކަކީ އެމެރިކާގެ ރޫހާ އެއްގޮތަށް ކުރިއަށްދާ މުޒާހަރާތަކެއް ކަމަށެވެ. އަދި، މި ގަރާރަކީ އެމެރިކާ ރައްޔިތުން ގަބޫލުކުރާ ގަބޫލުކުރުންތަކާއި ފުށު އަރާ ގަރާާރެއް ކަމަށާއި އެކަމާ ދެކޮޅަށް ރައްޔިތުން ހިޔާލުފާޅު ކުރުމަކީ ހައިރާންވާންވީ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

 

މިއީ އެމެރިކާގެ ތާރީހުގައި ކުރީގެ ވެރިއަކު ފާޅުކަން ބޮޑުގޮތެއްގައި މަގާމުގައި ހުންނެވި ރައީސަކަށް ފާޑުވިދާޅުވި ފުރަތަމަ ފަހަރެވެ. އާންމު ގޮތެއްގައި ކުރީގެ ރައީސުންނަކީ މަގާމު ފުރުއްވަމުން ގެންދަވާ ރައީސުންނަށް ފާޑުވިދާޅުވާ ބޭފުޅުންނެއް ނޫނެވެ. ނަމަވެސް، އޮބާމާގެ ބަޔާނުން ދޭހަވެގެންދަނީ ސިޔާސީ މައިދާނުގައި އަމަލީ ދައުރެއް އަދާކުރައްވާނޭ ކަމަށެވެ.

 

ޓްރަމްޕްގެ ގަރާރު ފާސްކުރައްވާފައި ވަނީ އެމެރިކާގެ ސަލާމަތާއި ރައްޔިތުންގެ ސަލާމަތަށް ކަމަށް ވިދާޅުވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް