17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ޓްރަމްޕް އިޒްރާއީލަށް ވަޑައިގަ

ޓްރަމްޕް އިޒްރާއީލަށް ވަޑައިގަންނަވަނީ

  • ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 15 ގައި
ރުޝްދާ ރަޝީދު | rushdhar

| 31 ޖެނުއަރީ 2017 | އަންގާރަ 14:47 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި


އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ -- ގޫގުލް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވައިޓްހައުސްގެ ތަރުޖަމާނު ޝޯން ސްޕައިސަރ ހާމަކުރައްވައިފި އެވެ.

 

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޕައިސަރ ވިދާޅުވީ މި ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 15 ގައި ކަމަށެވެ.

 

ސްޕައިސަރ ވިދާޅުވީ އިޒްރާއީލަކީ މެދު އިރުމަތީގައި އޮތް ހަމައެކަނި ޑެމޮކްރެޓިކް ގައުމު ކަމަށާއި އިޒްރާއީލާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރެެއްވުމަށް ޓްރަމްޕް އިސްކަންދެއްވާ ކަމަށެވެ. އެގޮތުން މި ބައްދަލުވުމުގައި ޓެކްނޮލޮޖީ، އަސްކަރީ އަދި އިންޓެލިޖެންސްގެ ދާއިރާގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 

ނަތަންޔާހޫ ވަނީ ޓްރަމްޕްގެ ދަތުރުފުޅަށް މަރުހަބާ ވިދާޅުވެފަ އެވެ.

 

މި ބައްދަލުވުމުގެ ސަބަބުން މެދުއިރުމަތީގެ ގިނަ މައްސަލަތައް އިތުރަށް ހޫނުވުން އެކަށީގެންވާ ކަމަށް ގިނަ އެނަލިސްޓުން ދެކެއެވެ. އެގޮތުން، އިރާނާއި ފަލަސްތީނުގެ މައްސަލައިގެ އިތުރުން އިޒްރާއީލްގައި ހުންނަ އެމެރިކާގެ އެމްބަސީ ޖެރޫސެލަމަށް ބަދަލުކުރާ މައްސަލަތަކުގައި އިޒްރާއީލާ އެއްކޮޅަށް އެމެރިކާގެ ނިންމުންތައް ނިންކުންނާނޭ ކަމަށް ބެލެވޭ ކަމަށް އެނަލިސްޓުން ބުނެފައި ވެއެވެ.

 

ދެ ބޭފުޅުން އެންމެ ފަހުން ބައްދަލުކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު، ޓްރަމްޕްގެ ކެމްޕޭންގެ ތެރޭގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް