22 އޭޕުރިލް 2019 | ހޯމަ | 02 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ފުރަތަމަ ޤާނޫނު އަސާސީ

‏ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އަށް ރައްޔިތުން‏‎ ‎‏ނަފްރަތު ކުރުން

  • ރ‏ައްޔިތުންގެ ޙައްޤުތައް ވެސް އެބައިމީހުންގެ އަތުން ވީދާލައި އެއަށް ފައިން އެރި
  • ‏2008 ގައި ވެސް ރައްޔިތުންނަށް އަސާސީ ޙައްޤުތަކުގެ މިނިވަކަން ލިބިގެން ދިޔައެވެ.‏
އަހްމަދުﷲ ޖަމީލް | adjameel

| 16 ސެޕްޓެންބަރ 2018 | އާދީއްތަ 11:27 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


2008ގައި އަނެއްކާވެސް ޒަމާނީ ޤާނޫނު ‏އަސާސީއެއް ލިބިގެން ދިޔައެވެ‏ -- އާކައިވް

(15 ސެޕްޓެމްބަރ 2018 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ  ލިޔުމާ ގުޅޭ(

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ގައި ރައްޔިތުންގެ ޙައްޤުތަކަށް ބޮޑު އަހްމިއްޔަތެއް ދީފައިވީ ނަމަވެސް މި ޤާނޫނު އަސާސީ އުފަން ކުރެވުނީ މަޖުބޫރީ ޙާލަތެއްގައި ކަމަށް ޤަބޫލުކުރެވޭ ފަދަ ޢިބާރާތްތަކުން ބައެއް ބޭފުޅުން ލިޔުއްވާފައި ވެއެވެ. އޭގެތެރޭގައި މުޙައްމަދު އަމީން ދީދީ (1370ހ.) އާއި، ރައްޔިތުންގެ މަޖިލީހުން 1981ގައި ނެރުއްވާފައިވާ "ދިވެހިރާއްޖޭގެ ޤާނޫނީ ޙަޔާތް" ގެ ލިޔުމުންނާއި، ނަސީމާ މުޙައްމަދު (2013) އާއި، އެހެނިހެން ބައެއް ބޭފުޅުންގެ ލިޔުއްވުންތަކުން ދޭހަވެއެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި އެ ދުވަސްވަރުގެ ޙާލަތަކީ ދެ ޢާއިލާއެއްގެ ދެމެދުގައި ވެރިކަމުގެ ބާރުތައް ލިބިގަތުމާއި، އެއްބަޔަކު އަނެއްބަޔަކަށް ބާރުތައް ލިބުނަ ނުދިނުމަށް ކުރެވުނު ޙީލަތްތެރި މަސައްކަތްތަކުގެ ނަތީޖާ ވެސް މި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމުގައެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގައި ރައްޔިތުންގެ ޙައްޤުތަކަށް ގިނަގުނަ، ބޮޑު އަހްމިއްޔަތެއް ދެވިފައިވީ ނަމަވެސް މި ޤާނޫނު އަސާސީ އަށް ރައްޔިތުން ނަފްރަތުކޮށް ވީދާލައި އުވާލަން ޖެހުނީ ރާއްޖޭގެ ވެރިކަމުގެ ދާއިރަގައި އިސްކޮށް ތިއްބެވި ބޭފުޅުންގެތެރެއިން އެއްބައަކު އަނެއްބައެއްގެ ބާރުގެ މައްޗަށް އަތްގަދަކުރުމަށް ކުރެވުނު މަސައްކަތުގައި ސިއްރު ރޭވުންތަކެއް އޮތުމާ އެކު، ޤަނޫނު އަސާސީ އުފަން ކުރެވުނީ ވެސް މަޖުބޫރީ ޙަލަތެއްގައެވެ. އަދި އިނގިރޭސީންގެ ނުފޫޒު ވެސް މިކަމުގައި ކުރިމަތި ކުރެވުނެވެ.

މި ހަމަނުޖެހުމުގެ ތެރޭގައި ރައްޔިތުންނަށް އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުންނާއި، އެހެނިހެން ބައެއް ގޮތްގޮތުން ދަތިތައް ކުރިމަތިވެ، "އަނދާ މަޅިއަށް ފަންއެޅުމޭ" ބުނާހެން ރައްޔިތުންގެ ރުޅިވެރިކަމަށް ރުޅިގަދަވާނޭ ހާ ކަންކަން ކުރެވެމުން ގޮސްފައިވެއެވެ. މިގޮތުން ތިރީހަކަށް އަހަރުވަންދެން ރަސްކަން ކުރެއްވި ރަސްކަލެއްގެ ނުފޫޒާއި، ރައްޔިތުން ޤަބޫލުކުރާ ސިޔާސީ ޒަޢީމެއްގެ ޙިކުމަތު ޢަމަލީ އާއި، އަލަށް އުފެދުނު ވުޒާރާތަކުގެ މެމްބަރުންގެ ތަޖްރިބާ ނެތުމާއި، އެބައިމީހުންގެ މެދުގައި އެއްބާރުލެއްވުމުގެ ކުޑަކަމާއި، ފާސްކުރައްވަމުން ގެންދެވި ޤާނޫނުތަކަށް ރައްޔިތުންނަށް ޢަމަލުކުރަން އުނދަގޫވުން ހިމެނެއެވެ.

ރާއްޖޭގެ ވެރިކަމުގެ ޙަޔާތުގައި ފުރަތަމަ ފަހަރަށް 1932 ގައި އެކުލަވާލެވުނު ފުރަތަމަ ޤާނޫނު އަސާސީގައި ރައްޔިތުންނަށް ގިނަގުނަ ޙައްޤުތަކެއް ދެވިފައި އޮތެވެ. ނަމަވެސް މި ޤާނޫނު އަސާސީ ދެމި އޮތީ އަށެއް ނުވަތަ ނުވަ މަހެއް ހާ ދުވަހުއެވެ. މިހާ އަވަހަށް މި ޤާނޫނު އަސާސީއަށް ނިމުން އައީ އެޤާނޫނު އަސާސީ އެކުލަވައިލައި އޭގެ ދަށުން ރައޔިތުންނަށް ޚިދުމަތްކޮށްދިނުމުގެ އިޚްލާޞްތެރިކަން ނެތުމުންނެވެ. "ނުޖަހައި އަތްދިއްޔޯ ކިއުއްވާ" ބީދައަށް އިސްކޮށް ބަސްވިދާޅުވާން ތިއްބެވި ބޭފުޅުންގެ ޢަމަލުތައް ހުރުމުންނެވެ. މި ޤަނޫނު އަސާސީ އުވައިލެވުނީ ރައްޔިތުން އެއާ މެދު ހިތްހަމަ ނުޖެހިގެން ކަމުގައި ބައެއް ލިޔުންތަކުގައި ލިޔެވިފައި ހުރެއެވެ. ނަމަވެސް އެ ހިތްހަމަ ނުޖެހުން ކުރިމަތިވި ސަބަބުތައް ޞަރީހަކޮށް، އެއީ ބަޔަކު އަޑިގައި ތިބެގެން ކުރިވި ކަމެއްކަމުގައި މަދު ލިޔުމަކުން ނޫނީ ނުފެނެއެވެ.

އެވަގުތު ވެރިކަމުގެ ދާއިރާގައި ތިއްބެވި ބޭފުޅުންނަށް، ޙަސަން ޢިއްޒުއްދީނަށް ރަސްކަން ލިބިވަޑައިގަތުމީ، އެބޭފުޅުންގެ ހިތްޕުޅަށް ފަސޭހަފުޅު ކަމަކަށް ނުވިއެވެ. ޤާނޫނު އަސާސީގެ މައްޗަށް ބިނާކުރައްވައިގެން ފާސްކުރައްވަމުން ގެންދެވި ޤާނޫނުތައް ރައްޔިތުންނަށް ބުރަކަމަކަށް ވިއެވެ. ސަރުކާރުގެ ތެރޭގައި ތިއްބެވި ވަޒީރުންނާއި، އިސްބޭފުޅުންގެ ކޯޅުމާއި، ތަޖުރިބާ މަދުކަމުގެ ނުރަނގަޅު އަސަރުވެސް ރައްޔިތުންނަށް ކުރަމުން ދިޔައެވެ. މިހެންވުމުން "އަޙްކާމު ޢާއްމާ" (ރައްޔިތުންގެ ޙައްޤު) ގެ ނަމުން މަޝްހޫރުވި މާއްދާ އެކުލަވައިލައި ތައްޔާރު ކުރެވުނު ޤާނޫނު އަސާސީ ގެ ސަބަބުން ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފެދި އެކަމަށް ރައްޔިތުން ރުޅިއައިސްފައި ވަނިކޮށް ގުޅެކުޅޭ ފަސްގަނޑަށް މި ރޭވުމުގެ އަޑީގައި ތިބި ބަޔަކު ރައްޔިތުން އެއްކުރަން ފެށިއެވެ. އަދި ޤާނޫނު އަސާސީ އެކުލަވާ ލައްވައި ވެރިކަމުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން ހޯދުމަށް އެބައިމީހުން އެދެމުން ދިޔައެވެ. އަދި އެކަމުގެ ތެރެއިން ޤާނޫނު އަސާސީ ހޯދައި އެ ވީދާލައި، ފައިން އަރައި، ރައްޔިތުންގެ ޙައްޤު އެކުލެވޭ ގޮތަށް އެކުލަވާލި ފުރަތަމަ ޤާނޫނީ އަސާސީ އާއި، ރައްޔިތުންގެ ޙައްޤުތައް ވެސް އެބައިމީހުންގެ އަތުން ވީދާލައި އެއަށް ފައިން އަރުމުން، އެޤާނޫނު އަސާސީ އާއި، ޙައްޤުތަކަށް ނިމުމެއް ގެނައެވެ.

މިއީ ރާއްޖޭގެ ދުސްތޫރީ ޙަޔާތުގެ ފުރަތަމަ މަރުޙަލާއެވެ. މި ގެނެވުނު އަނދިރި ކަމާއެކު، ރާއްޖޭގެ ދުސްތޫރީ ޙަޔާތުގައި އަސާސީ މިނިވަންކަން ހިފެހެއްޓެމުން، ފިނިހަކަ ދުވެލީގައި އެއަށް ބަދަލު ގެންނަމުން ގޮސް 2008 ގައި އަނެއްކާވެސް ރައްޔިތުންނަށް އަސާސީ ޙައްޤުތަކުގެ މިނިވަންކަން ވަރަށް ބޮޑަށް ލިބިގެން ދިޔައެވެ. ނަމަވެސް މި މިނިވަންކަން ވެސް 1932 ގައި ހިނގައިދިޔަ ބީދައިން އަނދިރި ފަރާތުގައި ހިނގަމުން ދިޔަ ކަންތަކެއްގެ ފަހަތުން ވެއްޔާ މޮޑެވުނެވެ. ރާއްޖޭގެ ދުސްތޫރީ ޙާޔާތުގައި މި ދެ ފަހަރުވެސް ދާދި އެއްގޮތް ކަންތައްތަކެއް އެބަ ހުއްޓެވެ. ނަމަވެސް ދިރާސީ ނަޒަރަކުން މިކަމާމެދު ބަޔަކު ވިސްނައި ހޯދުންތައް ހޯދަން ޖެހިފައިވެއެވެ.

މި ދެފަހަރުގެ ތަފާތަކަށް ވީ 1932 ގައި އަތުން ލިޔެގެން އެކުލަވާލެވުނު ޤާނޫނު އަސާސީ އޭގެ ފޮނިމީރުކަން ލިބެން ފެށިތާ ހަމަސްދުވަހުގެ ތެރޭގައި ގުޅަކުޅޭ ފަސްގަނޑުގައި ވީދާ ލުމެވެ. ބުނެވޭ ގޮތުގައި އަތުން ލިޔެފައި އޮތީ، އެ ޤާނޫނު އަސާސާގެ ތިން ފޮތެކެވެ. އެ ފޮތްތައް ވީދާލުމުން، އޭގެ ވުޖޫދު ގެއްލުވާލެވުނީ އެވެ. ނަމަވެސް އެއާ ޚިލާފަށް 2008 ގައި އެކުލަވާލި ޤާނޫނު އަސާސީ އައިސްފައި ވަނީ ޓެކްނަލޮޖީގެ ދުވަސްވަރުގައި ކަމުން އޭގެ ގިނަ ކޮޕީތަކެއް ހުރުމާއެކުމެ އެ ފޮތް ވިދާ ލުމުމުގެ ބަދަލުގައި، ހަމަ ގުޅަކުޅޭ ފަސްގަންޑަށް އެއްވެ އެ ފޮތް ޢަމަލީ ގޮތުން ވީދާ ނުލި ނަމަވެސް ވަނީ ވީދާލާފައެވެ. ފައިން އަރާފައެވެ. ބޮޑެތި ކަންތައްތަކެއް ހިންގާފައެވެ.  (ނިމުނީ)

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް