21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:32

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރު

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

  • ފާޑުކިޔާ ފަރާތްތަކުން ބުނީ މި ގަރާރަކީ ހައްދުފަހަނަ އަޅާފައިވާ ޖަމާއަތްތަކަށް ދެވޭ ހަދިޔާއެއް ކަމަށް
ރުޝްދާ ރަޝީދު | rushdhar

| 31 ޖެނުއަރީ 2017 | އަންގާރަ 13:54 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  3. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  4. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  5. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  6. މަސް މާރުކޭޓް ސަރަހައްދުގައި މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވި 17 އަހަރުގެ ކުއްޖާ މަރުވެއްޖެ
  7. ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
  8. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް


އެމެރިކާގެ ރައީސް ޑޮަނަލްޑް ޓްރަމްޕް -- ގޫގުލް

އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާސްކޮށްފައިވާ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ވެރިންނާއި ފާހަގަ ކޮށްލެވޭ ފަރާތްތަކުން ފާޑު ކިޔައިފި އެވެ.

 

ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓުން ހުއްޓުވުމުގެ ނަމުގައި ފާސްކުރި މި ގަރާރުގައިވާ ގޮތުން ސީރިޔާ، އިރާގު، އިރާން، ލީބިޔާ، ސޯމާލިޔާ، ސޫދާން އަދި ޔަމަނުން އެމެރިކާއަށް އަންނަ އެއްވެސް މީހަކަށް އެމެރިކާއިން ވިސާއެއް ނުދޭނެ އެވެ. މި ގަރާރާއި ދެކޮޅަށް އެމެރިކާގެ ގިނަ ރައްޔިތުން މިހާރު ދަނީ މުޒާހަރާ ކުރަމުންނެވެ.

 

ގަރާރާ ގުޅިގެން އިރާންގެ ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މިގަރާރަކީ ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކަށް ދެވޭ ހަދިޔާއެއް ކަމަށާއި އިރާން ފަދަ ގައުމުތަކަށް އެމެރިކާ އިން ކުރި މަލާމާތެއް ކަމަށެވެ. އިރާގުގެ ފޮރިން މިނިސްޓްރީން ވަނީ އެމެރިކާގެ ނިންމުމާ މެދު ވިސްނާ އާ ގޮތެއް ހިޔާރުކުރުމަށް ގޮވާލާފަ އެވެ. ޓްރަމްޕްގެ ގަރާރުގައި ހިމެނޭ ސޫދާނުން ވަނީ އެގައުމު ލިސްޓުން ނެގުމަށް ގޮވާލާފަ އެވެ. އަދި، އެމެރިކާގައި ދިރިއުޅޭ ސޫދާން ރައްޔިތުންނަކީ ސުލްހައަށް ލޯބިކުރާ ބައެއް ކަމަށާއި ޓެރަރިޒަމްގެ އަމަލެއް ނުހިންގާނޭ ބައެއް ކަމަށް ވެސް އެގައުމުން ވަނީ ބުނެފަ އެވެ. މި ގަރާރަކީ ޓެރަރިސްޓުންނަށް ލިބޭ ކުރިއެރުމެއް ކަމަށާއި މީގެ ސަބަބުން ވަކިވެގަތުމާއި ތަފާތުކުރުން އިތުރުވެގެންދާނޭ ކަމަށް ޔަމަނުން ވަނީ ބުނެފަ އެވެ.

 

ޓްރަމްޕްގެ ގަރާރަށް ޔޫރަޕްގެ ގިނަ ގައުމުތަކުން ވެސް ވަނީ ފާޑުކިޔާފަ އެވެ. ޓްރަމްޕާ ގާތް ގުޅުމެއް ގާއިމް ކުރުމަށް މަސައްކަތްކުރަމުންދާ އިގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ އަށް އެގައުމުގެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. މޭގެ ކެބިނެޓްގެ މެންބަރުން ދަނީ މި ގަރާރު ކުށްވެރިކުރުމަށް ގޮވާލާމުންނެެވެ. ކެބިނެޓްގެ ޕްރެޝަރަށް މޭ ނެރުއްވި ބަޔާނުގައި ވަނީ ގަރާރަށް ތާއީދު ނުކުރައްވާ ކަމަަށާއި ނަމަވެސް، އިމިގްރޭޝަންގެ މައްސަލައަކީ ދާހިލީ މައްސަލައެއް ކަމަށް ވިދާޅުވެފަ އެވެ.

 

އިގިރޭސިވިލާތަށް ޓްރަމްޕް ކުރައްވާ ރަސްމީ ދަތުރުފުޅު ހުއްޓުވުމަށް ގޮވާލާ ޕެޓިޝަންގައި މިލިއަނަކަށް ވުރެ ގިނަ މީހުން ސޮއިކޮށްފައި ވެއެވެ. މިލިއަން މީހުންގެ ސޮއި ހަމަވުމުން، ޕެޓިޝަނާ މެދު ގާނޫނު ހަދާ މަޖިލިހުގެ ތިރިގޭގައި ބަހުސް ކުރެވޭނެ އެވެ.

 

ޓްރަމްޕްގެ ގަރާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި އެއް ބޭފުޅަކީ ޖަރމަނީގެ ޗާންސެލަރ އެންޖެލާ މާރކެލް އެވެ. މާރކެލް ވަނީ ޓްރަމްޕަށް ހޮނިހިރު ދުވަހު ގުޅުއްވާ، ޖެނީވާ ކޮންވެންޝަންގެ މާއްދާތައް ވިދާޅުވެދެއްވާފަ އެވެ. މާރކެލް ވިދާޅުވީ ގައުމެއްގެ ރައީސެއްްގެ ހައިސިއްޔަތުން އެނގެންވާނޭ ގިނަ ކަންތައްތަކެއް ހުރި ކަމަށާއި ޖެނީވާ ކޮންވެންޝަންގެ މާއްދާތަކަކީ އޭގެ ބައެއް ކަމަށެވެ.

 

ޓްރަމްޕްގެ އިމިގްރޭޝަން ސިޔާސަތަށް ފްރާންސް، ތުރުކީ، އޮސްޓްރޭލިއާ، ކެނެޑާ، ޕާކިސްތާން އަދި ސައުދީ އަރަބިއްޔާ އިން ވަނީ ފާޑުކިޔާފަ އެވެ. ނަމަވެސް، ކަނާތު ފިޔައިގެ ވިސްނުންތަކަށް ތާއީދުކުރާ ގިނަ ފަރާތްތަކުން ވަނީ މި ގަރާރަށް މަރުހަބާ ކިޔާފަ އެވެ. ޓްރަމްޕްގެ ނިންމެވުމަކީ އެމެރިކާގެ ސަލާމަތަށް އެޅި ފިޔަވަޅެއް ކަމަށާއި ތަރައްގީވެފައިވާ ދުނިޔެއެއްގައި އިސްލާމީ ގައުމުތަކުން ހިޖުރަކުރާ މީހުންނަށް ޖާގައެއް ނެތް ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް