19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ޓްރަމްޕްގެ ގާނޫނީ ކޯޅުންގަނޑު

ޓްރަމްޕަށް ފާޑުވިދާޅުވި އޭޖީ މަގާމުން ދުރުކުރައްވައިފި

  • ޓްރަމްޕްގެ އިމިގްރޭޝަން ގާނޫނު ތަންފީޒުކުރުމަށް ޔޭޓްސް ދެކޮޅު ހެއްދެވި
  • ޔޭޓްސް އަކީ "އޮބާމާގެ އޭޖީ އެއް" ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވި
ރުޝްދާ ރަޝީދު | rushdhar

| 31 ޖެނުއަރީ 2017 | އަންގާރަ 13:42 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ޓްރަމްޕާ ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން -- ގޫގުލް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިމިގްރޭޝަން ގަރާރު ތަންފީޒުކުރުމަކީ ގާނޫނާއި ހިލާފުކަމެއް ކަމަށް ވިދާޅުވި އެމެރިކާގެ އިންތިގާލީ ބަންޑާރަ ނައިބު ސެލީ ޔޭޓްސް މަގާމުން ދުރުކުރައްވައިފި އެވެ.

 

މިއަދު ހެނދުނުގެ ވަގުތެއްގައި ޔޭޓްސް މަގާމުން ދުރުކުރެވިފައިވާ ކަމަށް ވައިޓްހައުސް އިން ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.

 

ކުރީގެ ރައީސް ބަރަކް އޮބާމާގެ ރިޔާސީ ދައުރުގައި މަގާމަށް އައްޔަން ކުރެވުނު ޔޭޓްސް މަގާމުގައި ހުންނެވީ އެ މަގާމަށް ޓްރަމްޕް އައްޔަންކުރެއްވުމަށް ނިންމަވާފައިވާ ޖެފް ސެޝަންސް އަށް މަޖިލިހުގެ ރުހުން ލިބެންދެނެވެ. ޔޭޓްސް މަގާމުން ދުރުކުރެއްވުމާ ގުޅިގެން މިހާރު އެ މަގާމަށް ޑޭނާ ބޮއެންޓޭ ވަނީ އިސްކުރައްވާފަ އެވެ.

 

ވައިޓްހައުސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޔޭޓްސް ޖަސްޓިސް ޑިޕާޓްމަންޓްގެ ރޫހާ ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ.

 

ޔޭޓްސް ވަނީ ޓްރަމްޕްގެ އިމިގްރޭޝަން ގަރާރު ތަންފީޒުނުކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓްގެ ވަކީލުންނަށް އަންގާފަ އެވެ. އޭނާ ވިދާޅުވީ ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަކީ ގާނޫނާ އެއްގޮތަށް އެކުލަވާލާފައިވާ ގަރާރެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެޓާނީ ޖެނެރަލްގެ ހައިސިއްޔަތުން އޭނާ އަށް ގާނޫނު ހިމާޔަތް ކުރުމުގެ ޒިންމާ އެޅިފައިވާ ކަމަށާއި ގާނޫނު އަސާސީގެ ރޫހާ ތައާރުޒުވާ ފަދަ ނިންމުމެއް ތަންފީޒުކުރުމަށް އެއްވެސް ވަރަކަށް ހިތްވަރު ނުދެވޭނެ ކަމަށް ވެސް ޔޭޓްސް ވިދާޅުވިއެވެ.

 

ޔޭޓްސްގެ ނިންމުމާ ދެކޮޅަށް ޓްރަމްޕް ވަނީ އާދައިގެ މަތިން ޓްވީޓް ކުރައްވާފަ އެވެ. ޓްރަމްޕް ވިދާޅުވީ މިހާރު އެމެރިކާގައި ހުންނެވީ ގައުމުގެ އޭޖީއެއް ނޫން ކަމަށާއި ޔޭޓްސްއަކީ އޮބާމާގެ އޭޖީއެއް ކަމަށެވެ. އަދި، ސެޝަންސްގެ ނަމަށް ރުހުން ދިނުން ގާނޫނީ މަޖިލިހުން ސިޔާސީ ބޭނުންތަކަށްޓަކައި ލަސްކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

 

ހަތް ގައުމަކުން އެމެރިކާއަށް އަންނަ މީހުންނަށް ވިސާ ދިނުން ހުއްޓާލުމުގެ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވާފައި ވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. ގަރާރުގައި ސޮއި ކުރެއްވުމާ ގުޅިގެން، އިމިގްރޭޝަން ޑިޕާޓްމަންޓްގެ މުއައްޒަފުން ވަނީ ގަރާރު ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފަ އެވެ. މިކަމާ ގުޅިގެން އެމެރިކާގެ މައި އެއާޕޯޓްތަކަށް ގިނަ ބަޔަކު އެއްވެ މުޒާހަރާކޮށްފައި ވެއެވެ.

 

މުޒާހަރާގެ ބައިވެރިން ބުނީ އެމެރިކާއަކީ ހިޖުރަކޮށްފައިވާ މީހުންގެ ބުރަ މަސައްކަތުން ތަރައްގީވެފައިވާ ގައުމެއް ކަމަށެވެ. އަދި، މިފަދަ ގަރާރުތަކަކީ އެމެރިކާގެ ރޫހާ ހިލާފު ގަރާރެއް ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފަ އެވެ. އިމިގްރޭޝަން އޮފިޝަލުން ވަނީ އެކި އެއާޕޯޓުން 109 މީހަކު ހިފައްޓާފަ އެވެ. ޓްރަމްޕްގެ ގަރާރާއި ދެކޮޅު ގިނަ ގާނޫނީ ވަކީލުން ވަނީ ހިލޭ ސާބަހަށް މި ފަރާތްތައް ތަމްސީލު ކޮށްދީފަ އެވެ.

 

ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓުން ހުއްޓުވުމުގެ ނަމުގައި ފާސްކުރި މި ގަރާރުގައިވާ ގޮތުން ސީރިޔާ، އިރާގު، އިރާން، ލީބިޔާ، ސޯމާލިޔާ، ސޫދާން އަދި ޔަމަނުން އެމެރިކާއަށް އަންނަ އެއްވެސް މީހަކަށް އެމެރިކާއިން ވިސާއެއް ނުދޭނެ އެވެ.

 

އެމެރިކަން ސިވިލް ލިބަރޓީޒް ޔޫނިއަން (އޭސީއެލްޔޫ) އިން ވަނީ މި ގަރާރުގެ މައްސަލަ ނިއުޔޯކް ސްޓޭޓްގެ ކޯޓަށް ވައްދައި، ގަރާރު ތަންފީޒުކުރުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދިފަ އެވެ. ކޯޓުން ވަނީ މައްސަލަ އޭސީއެލްޔޫ އިން އެދިފައިވާ ގޮތަށް ނިންމާފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް