19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ޝައިޚް ކަމާލް ކަޕް

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

  • ބަންގްލަދޭޝްގެ އެންމެ ވަރުގަދަ ކްލަބުތައް ހިމެނޭ
  • އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ކްލަބުތަކުން ބައިވެރިވާނެ ކަމަށް ބެލެވޭ
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 31 ޖެނުއަރީ 2017 | އަންގާރަ 05:31 | |

މަގުބޫލް

  1. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  2. ފަސް މެމްބަރަކަށް މަޖިލީހަށް ވަދާކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  3. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  6. މިހާރުގެ 7 މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި
  7. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  8. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި


ފުރަތަމަ މުބާރާތުގެ ތައްޓާއެކު ޗިއްޓަގޮން އަބާނީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ -- ގޫގުލް

ވޭތުވެދިޔަ އަހަރު އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ދެ ވަނަ ހޯދި ޓީސީ ސްޕޯޓްސް ކްލަބުން ބައިވެރިވާން ނިންމާފައިވާ، ބަންގްލަދޭޝްގައި އޮންނަ ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ އެގައުމުގެ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އަބާނީ ލިމިޓެޑާއި ވަރުގަދަ އިތުރު ކުލަބުތައް ބައިވެރިވާނެ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފިއެވެ.

ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ މިއަހަރުގެ މުބާރާތުގައި ބައިވެރިވާ ކްލަބުތަކުގެ ތެރޭގައި މިދިޔަ އަހަރު ބަނގްލަދޭޝްގެ ޕްރިމިއާ ލީގް ކާމިޔާބުކުރި އަބާނީ ލިމިޓެޑާއި ޗިއްޓަގޮން އަބާނީ ހިމެނެއެވެ. އަބާނީ ލިމިޓެޑަކީ މިދިޔަ އަހަރުގެ އިތުރުން ބަންގްލަދޭޝް ލީގު ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ކްލަބެކެވެ. އަދި  ޗިއްޓަގޮން އަބާނީއަކީ ބަނގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންއިން 2015 ތައާރަފްކުރި މިމުބާރާތުގެ ޗެމްޕިއަން ޓީމެވެ.

މިއީ ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ދެވަނަ މުބާރާތެވެ. ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ 2015 ވަނަ އަހަރުއެވެ. އެފަހަރު  ޗިއްޓަގޮން އަބާނީ މުބާރާތުގެ ތަށި އުފުލާލީ ފައިނަލްގައި އިންޑިޔާގެ އީސްޓް ބެންގާލް ބަލިކޮށްގެންނެވެ.

ބަންގްލަދޭޝްގެ އެންމެ ކާމިޔާބު އެއް ކްލަބު ކަމުގައިވާ އަބާނީ ލިމިޓެޑްގެ ބާނީ ޝައިޚް ކަމާލްގެ ނަމުގައި ބާއްވާ މި މުބާރާތުގެ ފުރަތަމަ އަހަރުގައި ބަނގްލަދޭޝްގެ އިތުރުން ޕާކިސްތާން އާއި ސްރީ ލަންކާގެ އިތުރުން އަފްޣާނިސްތާން އަދި އިންޑިޔާގެ ކްލަބްތައް ބައިވެރިވެފައިވެއެވެ.

މިފަހަރުގެ މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމަށް މިސަރަހައްދުގެ އިތުރުން އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ކްލަބުތައް ބައިވެރިކުރުމުގެ މަސައްކަތް ބަންގްލަދޭޝްއިން އަންނަނީ ކުރަމުނެވެ.

މިއަހަރުގެ މުބާރާތުގައި އަބާނީ ލިމިޓެޑާއި  ޗިއްޓަގޮން އަބާނީ އާއި ބަންގްލަދޭޝްގެ މުޙައްމަދޭން ކްލަބު ހިމެނެއެވެ. ނަމަވެސް މުޙައްމަދޭން ކްލަބު ބައިވެރިވާނީ ހޮވާލެވޭ  ކުޅުންތެރިންގެ ޓީމަކާއެކުއެއެވެ. އެގޮތުން ބަނގްލަދޭޝް ލީގުގައި ކުޅޭ 8 ޓީމެއްގެ ކުޅުންތެރިން މުޙައްމަދޭން ކްލަބުގައި ހިމެނޭނެއެވެ.

މު ކްލަބުތަކުގެ އިތުރުން ދެން މުބާރާތުގައި ބައިވެރިވާނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބެވެ. އަދި ސިންގަޕޫރާއި ނޭޕާލުގެ ކުލަބެއް ބައިވެރިވާނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ.

މުބާރާތުގައި ބައިވެރިވުމަށް ތައިލެންޑް، މެލޭޝިޔާ، އިންޑިޔާ އަދި އިންޑޮނޭޝިޔާއާއި މިޔަންމާގެ ކްލަބުތަކަށް ދައުވަތު ވަނީ ދީފައެވެ. ބަނގްލަދޭޝްގެ ތިން ކުލަބުގެ އިތުރުން މި މުބާރާތުން ޖާގަދެނީ އެހެން ގައުމުތަކުގެ ފަސް ކްލަބަކަށެވެ.

ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ޗެމްޕިއަން ޓީމަށް 20 ހާސް އެމެރިކާ ޑޮލަރު ދޭއިރު ރަނައަޕް ޓީމަށް 10 ހާސް ޑޮލަރު ދެއެވެ. އަދި ކޮންމެ މެޗަކުން މޮޅުވާ ޓީމަކަށް 1000 ޑޮލަރު ދޭއިރު ކޮންމެ މެޗަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމްހޯދާ ކުޅުންތެރިއަކަށް 500 ޑޮލަރު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް