13 ޑިސެންބަރު 2018 | ބުރާސްފަތި | 04 މުލަ
06 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:45

ރިޔާސީ އިންތިޚާބު 2018

ހިޔަލީ ރަޝީދުގެ ތައީދު އިބޫ ސޯލިހަށް!

 • ރައީސް ޔާމީންގެ ވަރަށް ގާތް ބޭފުޅެއް
 • ރައީސް ޔާމީނާއެކު ޕީއޭގައި ގިނަ ދުވަސްތަކެއް މަސައްކަތްކުރެއްވި
 • ސިޔާސީ ދާއިރާއާ ދުރުގާ އުޅުއްވާތާ 2 އަހަރުވެއްޖެ
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 14 ސެޕްޓެންބަރ 2018 | ހުކުރު 17:32 | |

މަގުބޫލް

 1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
 2. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
 3. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
 4. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
 5. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
 6. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
 7. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން
 8. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި


ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ރައީސްގެ އަތްޕުޅުން، ހިޔަލީ ލިބިވަޑައިގަންނަވަނީ -- ޓްވިޓަރ

ރައީސް އަބްދުﷲ ޔާމީނާއި ގާތް ގުޅުމެއް އޮންނަ އަދި ސިޔާސީ ގޮތުންވެސް ގިނަ މަސައްކަތްތަކެއް އެކުގައި ކުރެއްވި ހިޔަލީ މުހައްމަދު ރަޝީދު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާޢީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ.

ރައީސް ޔާމީނުގެ އަރިހުގައި ޕީޕަލްސް އެލަޔަންސް ޕާޓީގެ އިސްމަޤާމުތަކެއްގައި މަސައްކަތް ކުރެއްވި ހިޔަލީ ރަޝީދު، އިބޫއަށް ތާއީދު ކުރައްވަން ނިންމަވާފައިވާ އިރު، އޭނާ ރައީސް ނަޝީދާ ބައްދަލުކުރައްވަނިކޮށް ނަގާފައިވާ ފޮޓޯތަކެއްވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ.

 

ރައީސް ނަޝީދާއި ހިޔަލީ ބައްދަލުކޮށްލައްވަނީ

ޕީއޭގެ ރަޖިސްޓްރާގެ މަޤާމުގެ އިތުރުން ޑީއާރުޕީއާ ޕީޕީއެމްގައިވެސް ރައީސް ޔާމީނު އަރިހުގައި ހިޔަލީ ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ސިޔާސީ ދާއިރާގެ މަސައްކަތްތަކުން ހިޔަލީ ނުފެންނަތާ މިހާރު 2 އަހަރު ދުވަސް ވެދާނެއެވެ.

ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ހިޔަލީ ރަޝީދު އީބޫއަށް ތާޢީދު ކުރައްވަން ނިންމެވި ސަބަބު ސާފުވެފައެއް ނުވެއެވެ. އަދި އޭނާވެސް އެކަމާއިމެދު ރަސްމީކޮށް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ހިޔަލީ އިބޫ ސޯލިހާއެކު

އިބޫއަށް ތާޢީދު ކުރައްވަން ހިޔަލީ ނިންމެވީ އިބޫއާވެސް ބައްދަލު ކުރެއްވުމަށްފަހުގައި ކަން ރާއްޖެއެމްވީއަށް ވަނީ ކަށަވަރުވެފައެވެ.

ރާއްޖެއެމްވީއާ މައުލޫމާތު ހިއްސާކުރެއްވި ހިޔަލީގެ ވަރަށް ގާތް ބޭފުޅަކު ވިދާޅުވި ގޮތުގައި، އިބޫއަށް ތާއީދުކުރައްވަން ހިޔަލީ ނިންމެވީ، އޭނާގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުންނެވެ.

ހިޔަލީ ވަނީ ނިމިގެންދިޔަ ރައްޔިތުންގެ މަޖްލީހުގެ ހިތަދޫ މެދު ދާއިރާއަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރައްވާފައެވެ. އެދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އާއި ޕްރައިމަރީގައި ވާދަކޮށް ހިޔަލީ ޓިކެޓް ހޯއްދެވީ 363 ވޯޓާއެކުއެވެ.

ހިޔަލީ ރަޝީދަށް ވަނީ 2014 ވަނަ ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ޚިދްމަތް ކުރުމުގެ ރޮނގުން ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ފިރުޓޭ

3 މަސް ކުރިން

ބަުނަން މީނަ ވެދާނެ ހަމަ ޔާމީނަށް އިންޓެލިޖަންސް ހޯދަން އެތަނަށް ވެއްދި މީހަކަށްވެސް އިނގޭ! ކިހިނެެތް އެނގޭނީ މި މީސްމީހުން އުޅޭ ވައްތަރުން! އިތުބާރެއް ނުކުރެވޭ!

0
0
ޟަވެސް

3 މަސް ކުރިން

Stelco chairman ves dhon kollaohen eba huri thibkamaa

0
0