23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސީ އިންތިޚާބު 2018

ކޯލިޝަންގެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދޭނަން: އިބޫ

  • ދޫކުރެވިފައި ހުރި ގޯތިތައް ނުހެދި އޮތުމަކީ މުޅިރާއްޖޭއަށް ދިމާވެފައިވާ މައްސަލައެއް
  • ގެދޮރު ހެދުމަށް އެންމެ ކުޑަ އިންޓަރެސްޓާއެކު ލޯނު ދޫކުރާނަން
އަމްނާ އިމާދު | @amnabinthimad

| 14 ސެޕްޓެންބަރ 2018 | ހުކުރު 17:27 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


މަހިބަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ އިބޫ ވާހަކަ ދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި، ކޯލިޝަންގެ ސަރުކާރުގައި މިކަމަށް ހައްލު ހޯދައިދޭނެ ކަމަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) ވިދާޅުވެއްޖެއެވެ.

އަތޮޅުތެރޭގެ ރަށްރަށަށް އިބޫ ކުރައްވާ ދަތުރުފުޅުގެ ތެރެއިން އދ. މަހިބަދޫއަށް ވަޑައިގަންނަވާ އިބޫ ވިދާޅުވީ މަހިބަދޫ ޒުވާނުންނަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަން ކަމަށާއި، ޒުވާނުން ދިރިއުޅުން ބިނާ ކުރާނެ ގެދޮރެއް ނެތް ކަމަށެވެ.

މަހިބަދޫގައި ބިން ނެތުމުގެ ސަބަބުން މިހާރު ގޯތި ބޭނުންވާ ފަރާތްތަކަށް ގޯތި ދޫނުކުރެވޭ މައްސަލަ އަކީ މިހާރު ވެސް ހައްލު ކުރަންޖެހިފައި އޮތް ބޮޑު މައްސަލައެއް ކަމަށް އިބޫ ފާހަގަކުރެއްވިއެވެ. އިބޫ ވިދާޅުވީ ދޫކުރެވިފައި ހުރި ގޯތިތައް ނުހެދި އޮތުމަކީ މުޅިރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ކަމަށާއި، ކޯލިޝަންގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގެދޮރު ހެދުމަށް ލޯނު ދޫނުރާނެ ކަމަށެވެ.

"ބޭނުންވާ ފައިސާ ކުޑަ އިންޓަރެސްޓެއްގައި ދިގު މުއްދަތުގައި ދައްކާ ގޮތަށް ހަމަޖެހިގެންދާނެ. 6 ޕަސެންޓަށްވުރެ ބޮޑުނުވާ އިންޓަރެސްޓެއް ގޮތުގައި މަހަކު 5000 ރުފިޔާ ލޯނު ރިކަވާރ ކުރުމަށް ދައްކާ ގޮތަށް އެނިޒާމް ގާއިމް ކުރެވިގެންދާނެ." އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ކޯލިޝަންގެ ސަރުކާރުގައި މަހިބަދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކޮށްދޭނެ ކަމަށެވެ. އެރަށުގެ ކައިރީގައި އޮތް ފަޅު ހިއްކައިގެން ތަރައްގީ ކުރުމަށް ކައުންސިލުން ހުށަހަޅާފައިވާ ކަމަށާއި، ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އެއީ އެންމެ ރަނގަޅު ގޮތް ކަމުގައިވާ ނަމަ އެކަން ވެސް ކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން އިބޫ ވިދާޅުވީ މަހިބަދޫގައި ސްކޫލުގައި 12 ކުލާސްރޫމް އަޅައި، އެއްދަންފަޅިއަށް ކިޔަވައިދޭނެ ގޮތަށް ސްކޫލު ބަދަލުކޮށްދޭނެ ކަމަށެވެ. އަދި އެރަށުގެ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

އެއަތޮޅުގެ ހަންޏާމީދޫއާއި ކުނބުރުދޫއަށް އިޝާރަތް ކުރައްވައި އިބޫ ވިދާޅުވީ ހަންޏާމީދޫގައި ފެނުގެ ނިޒާމް ގާއިމް ކުރެވި، ސިއްހީ މަރުކަޒުގެ ފެންވަރުގެ ރަނގަޅުކޮށް ލެބޯޓަރީއެއް ގާއިމް ކުރާނެ ކަމަށެވެ. އަދި ކުނބުރުދޫގައި ވެސް ފެނާއި ނަރުދަމާގެ ނިޒާމް ވެސް ގާއިމް ކުރާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް