24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

އެފްއޭއެމް

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

 • ހާއްސަ ކޮމެޓީގެ ބޭފުޅުން ވަނީ އެކުލަވާލެވިފައި
 • މިއަހަރަކީ ގައުމީ ޓީމަށް މުހިންމު އަހަރެއް
 • ބުރާސްފަތި ދުވަހު އެކްސްކޯގެ ބައްދަލުވުމެއް އޮންނާނެ
ނާފިއު ރަޝީދު | NaphiuR

| 31 ޖެނުއަރީ 2017 | އަންގާރަ 05:15 | |

މަގުބޫލް

 1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
 2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
 3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
 4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
 5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
 6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
 7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
 8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


ފުޓުބޯލް އެސޯސިއޭޝަން މޯލްޑިވްސްގެ އިދާރާ -- ވީނިއުސް

ގައުމީ ފުޓްބޯޅަ ޓީމުގެ ކަންކަން ބެލުމަށް ނެގި ހާއްސަ ކޮމެޓީގައި ތިއްބަވާ ބޭފުޅުންގެ ނަންތައް މިހާރު ވަނީ އެކުލަވާލެވިފައި ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.
ގައުމީ ޓީމަށް މިއަހަރަކީ މުހިންމު އަހަރަކަށް ވުމާއެކު ބައިނަލްއަގްވާމީ ގިނަ މެޗުތަކެއް މިއަހަރު ތެރޭގައި ކުޅެން ޖެހިފައި ވުމުން ގައުމީ ފުޓްބޯޅަ ޓީމް ދެން އޮންނަނީ ހާއްސަ ކޮމިޓީއެއްގެ ބެލުމުގެ ދަށުގަ އެވެ. އަދި އަންނަ ބުރާސްފަތި ދުވަހު އޮންނަ އެކްސްކޯ ބައްދަލުވުމަށްފަހު ގައުމީ ޓީމުގެ ކަންކަން ބެލުމަށް ނެގި ކޮމެޓީގައި ތިއްބަވާ ބޭފުޅުންގެ ނަންތައް އިއުލާން ކުރާނެ އެވެ.
އެފްއޭއެމުން ބުނީ ކުރިއަށް އޮތް ތަނުގައި ގައުމީ ޓީމަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ވަރަށް ފުރިހަމައަށް ދެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން އެފްއޭއެމުން ބުނީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ލައްވާލާފައި ވަނީ އޮމާނާއި ފަލަސްތީނާއި ބޫޓާނާ އެކު ނިސްބަތުން ފަސޭހަ ގްރޫޕެއްގައި ކަމަށާއި އެހެން ކަމުން ގްރޫޕުގެ ދެ ވަނަ ހޯދައި އެ މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ރާއްޖެ އަށް އޮތުމުން މިއަހަރު ގައުމީ ޓީމަށް ދޭންވާ އެއްބާރުލުން ވަރަށް ބޮޑުތަން އިތުރުވެގެންދާނެ ކަމަށެވެ.
ރާއްޖެ އިން އޭއެފްސީ އޭޝިއަން ކަޕަށް ކޮލިފައިވެފައިވާ އިރު، މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މާޗް މަހުގެ 28 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާލޭގަ އެވެ.
އޭޝިއަން ކަޕް ކޮލިފައިންގެ އިތުރުން މިއަހަރު ގައުމީ ޓީމަށް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ވެސް އެބަ އޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް