19 ސެޕްޓެންބަރ 2018 | ބުދަ | 14 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ރިޔާސީ އިންތިޚާބް 2018

ބޮޑުފުޅަދޫގައި ރައްޔިތުން ބޭނުންވާ ފެންވަރުގެ ސިއްހީ ނިޒާމެއް ގާއިމްކޮށްދޭނެ: އިބޫ

  • ބޮޑުފުޅަދޫގައި ލެބޯޓަރީއެއް ގާއިމްކޮށްދޭނެ
  • ސްކޫލު ބޮޑު ކުރެވި ހަތަރު ކްލާސް ރޫމް އަޅައިދޭނަން
  • މިސަރުކާރުން ވަނީ ބޮޑުފުޅަދޫގެ ތަރައްގީއަށް އިހުމާލުވެފައި
އަމްނާ އިމާދު | @amnabinthimad

| 14 ސެޕްޓެންބަރ 2018 | ހުކުރު 16:03 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި
  8. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި


ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ބޮޑުފުޅަދޫގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ކޯލިޝަންގެ ސަރުކާރުގައި އއ. ބޮޑުފުޅަދޫގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުން ބޭނުންވާ ފެންވަރުގެ ސިއްހީ ނިޒާމެއް ގާއިމްކޮށްދޭނެ ކަމަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދުވެވަޑައިގެންފިއެވެ.

އަތޮޅުތެރޭގެ ރަށްރަށަށް އިބޫ ކުރައްވާ ދަތުރުފުޅުގެ ތެރެއިން އއ. ބޮޑުފުޅަދޫއަށް ވަޑައިގަންނަވައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި އިބޫ ވިދާޅުވީ ބޮޑުފުޅަދޫގެ ރައްޔިތުން އެތައް ޚިދުމަތެއް ބޭނުންވާ ކަމަށާއި، ނަމަވެސް މިސަރުކާރުން އެރަށުގެ ތަރައްގީއަށް އިހުމާލުވެފައިވާ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ވެސް ނުލިބޭ ކަމަށް އިބޫ ވިދާޅުވިއެވެ. 

އިބޫ ވިދާޅުވީ ކޯލިޝަންގެ ސަރުކާރުގައި ބޮޑުފުޅަދޫގެ ސިއްހީ ނިޒާމު ހަރުދަނާ ކުރެވި ލެބޯޓަރީއެއް ގާއިމް ކުރާނެ ކަމަށެވެ. ރަނގަޅު ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ވާސީލަތްތައް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އިބޫ ދެއްވިއެވެ.

ތައުލީމީ ނިޒާމަށް އަލިއަޅުއްވާލައްވަމުން އިބޫ ވިދާޅުވީ ބޮޑުފުޅަދޫގެ ސްކޫލު ބޮޑު ކުރެވި އެއްދަންފަޅިއަށް ކިޔެވޭ ގޮތަށް ހަތަރު ކްލާސް ރޫމް އަޅައިދޭނެ ކަމަށާއި، ތައުލީމީ ނިޒާމު ވެސް ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުކޮށްދޭނެ ކަމަށެވެ.

"މިރަށުގައި ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ. ސްކޫލާއި ސިއްހީ މަރުކަޒުގެ އިތުރުން ރަގަޅު ބޮޑު މިސްކިތެއް މިރަށަށް ބޭނުންވޭ. އެހެންވީމަ މިރަށުގައި ވެސް ޒަމާނީ މިސްކިތެއް އެޅިގެންދާނެ. މިކަންކަން ކުރެވޭނީ އިންތިޚާބު ކާމިޔާބު ކުރެވިގެން." އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ދައުލަތަށް ފައިސާ ވަންނަ ކަމަށާއި، އަތޮޅުތެރޭގެ ރަށްރަށް ތަރައްގީ ކުރަން މަސައްކަތް ކުރި ނަމަ އެކަން ކާމިޔާބު ވާނެ ކަމަށެވެ. ނަމަވެސް މިސަރުކާރުގެ ސިޔާސަތު ކަނޑައެޅިފައި އޮތް ގޮތުން ފައިސާ ބޭކާރުކުރީ ކަމަށް އިބޫ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް