19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރިޔާސީ އިންތިހާބު 2018

ކުލަގަދަ މަރުހަބާއަކާ އެކު، އިބޫގެ އުފަން ރަށުން ތަފާތު ދައްކަން ކެތްމަދުވެފައި

  • ބޮޑު ޖަލްސާ ރަށުގެ ހިއްކި ބިމުގައި
  • އާ މޫނުތަކެއް ފެނިގެންދާނެ
  • ހިންނަވަރަށް އައިސްފައި ވަނީ ތާރީހީ ބޮޑު އީދެއް
ޙުސައިން ޙަސަން | hucenhassan

| 14 ސެޕްޓެންބަރ 2018 | ހުކުރު 13:42 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ހިންނަވަރު: ރަށް ވަނީ ޒީނަތްތެރިކޮށްފައި -- ފޮޓޯ: ރާއްޖެ އެމްވީ

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ އުފަން ރަށް، ޅ. ހިންނަވަރުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވުމަށާއި، ތާރީހުގައި އާ ސަފުހާއެއް ލިޔެލުމަށް މުޅި ރަށް އެކީ އެކަށް ތައްޔާރުވެއްޖެއެވެ.

ހުކުރު ދުވަހުގެ ހަވީރު އިބޫ ހިންނަވަރަށް ވަޑައިގަތުމަށް ދަތުރުފުޅު ފައްޓަވާފައިވާއިރު، ރަށުގެ ކުދި ބޮޑު އެންމެން ދަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކާ ރަށް ޒީނަތްތެރި ކުރުމަށް އަވަދި ނެތި މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލެ އާއި އެހެން ރަށްރަށުގައި ދިރިއުޅެމުން އަންނަ ހިންނަވަރުގެ ގިނަ އަދަދެއްގެ ބަޔަކު މިހާރު ވަނީ ރަށަށް ޖަމާވެ، މަރުހަބާ ދެންނެވުމުގެ ހަރަކާތްތަކުގައި ދަނީ އަވަދި ނެތި މަސައްކަތް ކުރަމުންނެވެ.

ހިންނަވަރުގައި ހުރި ރާއްޖެޓީވީގެ ނިއުސް ޑިރެކްޓަރު ހުޝާން މުހައްމަދު (ހިރިގާ ހުޝާމް) ވިދާޅުވީ މީގެ ކުރިން ދުވަހަކު ވެސް ހިންނަވަރުގައި ނުބާއްވާވަރުގެ ބޮޑު ޖަލްސާއެއް އެ ރަށުގައި ބޭއްވުމަށް ގުޅިފައިވާ ޕާޓީތަކުން ތައްޔާރުވަމުން ދާ ކަމަށެވެ. އެގޮތުން ރަށުގެ ހުޅަނގު ފަރާތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހިއްކާފައިވާ ބިމުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައްވެ، ނިމިފައިވާ ކަމަށާއި އިބޫއަށް އުފަން ރަށުން ތަފާތު ދެއްކުމަށް ރައްޔިތުން ކެތްމަދުވެފައިވާ ކަމަށް ހުޝާމް ވިދާޅުވިއެވެ.

"ތާއިދު އޮތް ކަމުގެ ތަފާތު މި ރަށުން ފެނިގެން މި ދަނީ. ވޯޓުން ވެސް އެ ނަތީޖާ ދައްކާނެ ކަމަށް މި ރަށުގެ ރައްޔިތުން ބުނަމުން މި ދަނީ. މިއީ މިހާތަނަށް މި ރަށުގެ ތާރީހުގައި ވެސް ނުފެންނަ ވަރުގެ ބޮޑު އީދެއް މި ރަށަށް އައިސްފައި މި އޮތީ،" ހިންނަވަރަށް ނިސްބަތްވެވަޑައިގަންނަވާ ހުޝާމް ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އެކުގައި ކުރަން ފެށި މަސައްކަތުގައި މިހާތަނަށް ނުފެންނަ އާ މޫނުތަކެއް އިބޫ އެ ރަށަށް ވަޑައިގަތުމާއެކު ފެނިގެންދާނެ ކަމަށާއި ރަށުން އިބޫއަށް ދަންނަވާ މަރުހަބާގެ އައިޓަމްތައް ތަފްސީލު ކުރުމުގެ ބަދަލުގައި އެކަން ސިއްރެއްގެ ގޮތުގައި ބޭއްވުމަކީ ރަށުގެ ރައްޔިތުން އެދޭ އެދުމެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް