16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

ރިޔާސީ އިންތިހާބު 2018

އައިޑީކާޑު ގަންނަ މީހުން ހެއްކާއެކު ފަޅައިއަރުވާލާ، ރާއްޖެޓީވީން ހާއްސަ އިނާމެއް!

  • މި މަހުގެ 23ގެ ނިޔަލަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ
ޙުސައިން ޙަސަން | hucenhassan

| 14 ސެޕްޓެންބަރ 2018 | ހުކުރު 07:00 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


އައިޑީ ކާޑުތަކެއް: އައިޑީކާޑު ގަންނަ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި -- ފޮޓޯ: ރާއްޖެ އެމްވީ

ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އައިޑީކާޑު ގަންނަ މީހުންނަކީ ކޮބައިކަން އެނގޭނެ ގޮތަށް ސައްހަ މައުލޫމާތާއި ހެކި ހުށަހަޅާ ފަރާތްތަކަށް ހާއްސަ އިނާމެއް ދިނުމަށް ރާއްޖެޓީވީން ނިންމައިފިއެވެ.

ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ހުސައިން ފިޔާޒު މޫސާ ވިދާޅުވީ މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އައިޑީކާޑާއި ލައިސެންސް ކާޑާއި ޕާސްޕޯޓް ފަދަ ދަތަކެތި ގަންނަ މީހުންގެ ވަނަވަރާއި ސާފު ހެކި ހުށަހަޅާ ފަރާތްތަކަށް ހާއްސަ އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ފިޔާޒު ވިދާޅުވީ އައިޑީކާޑު ގަންނަ މީހުންގެ ވަނަވަރާއި ސާފު ހެކި މި މަހުގެ 23ގެ ނިޔަލަށް ރާޢްޖެޓީވީއަށް ހުށަހެޅުމަށް އެދޭ ކަމަށާއި އެފަދަ މައުލޫމާތެއް ލިބިއްޖެނަމަ، އެކަމުގައި މައުލޫމާތު ރާއްޖެ ޓީވީގެ ހޮޓްލައިން ނަންބަރު 9110099 އަށް ގުޅައިގެން ހިއްސާ ކުރެއްވުމަށެވެ. ނުވަތަ ރާއްޖެ ޓީވީގެ އީމެއިލް ކުރެއްވުމަށް ފިޔާޒު އެދިވަޑައިގެންނެވި އެވެ. 

އައިޑީކާޑު ގަންނަ މީހުންގެ މައުލޫމާތާއި ހެކި ރާއްޖެޓީވީއަށް ހުށަހެޅި ކޮންމެ ފަރާތަކަށް، ހާއްސަ އިނާމެއް ދިނުމަށް ރާއްޖެޓީވީން ނިންމާފައި ވަނީ އިންތިހާބާ ދިމާކޮށް އައިޑީކާޑު ގަންނަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައި ވާތީ އެވެ. 

އައިޑީކާޑު ގަންނަ މީހުންގެ މައުލޫމާތު ރާއްޖެޓީވީއާ ހިއްސާ ކުރަން، ހުޅުވާލި ސަބަބާ ގުޅޭ ގޮތުން ފިޔާޒު ވިދާޅުވީ ވޯޓުލުމުގެ ހައްގުން ރައްޔިތުން މަހުރޫމް ކުރުމަށް އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދުމަކީ މީޑިއާގެ ދައުރު އޮތް ކަމެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި ވިދާޅުވީ ފަސް އަހަރުން އެއް ފަހަރު ރައްޔިތުންނަށް ލިބޭ ހައްގުގެ ބޭނުން ކުރުމުގެ ފުރުސަތު ފަހިކޮށް ދީ، ވޯޓުލުމަށް ހުރި ހުރަސްތައް ނައްތާލުމަކީ ރާއްޖޭގެ ޑިމްކޮރަސީ ހަރުދަނާ ކުރުމަށް ކޮންމެހެން ކުރަންޖެހޭނެ ކަމެއް އޭނާ ވިދާޅުވި އެވެ. 

"މިފަދަ ކަންކަން ހުއްޓުވަންޖެހޭ، އެހެން ނޫނީ ކުރިއަށް އޮތްތަނުގައި މީޑިއާގެ މިނިވަން ކަމެއް ވެސް މިހާރު މި އޮންނަ ވަރަށް ވެސް ނޯންނާނެ،" ފިޔާޒު ވިދާޅުވި އެވެ. 

އައިޑީ ކާޑު ގަތުމުގައި ހަރަކާތްތެރިވާ މީހުންގެ މައުލޫމާތު ހިއްސާ ކުރާ ފަރާތްތައް ހާމަނުކުރާނެ ކަމަށް ވެސް ފިޔާޒު ވިދާޅުވި އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Vahkamaa dhekolhu

2 މަސް ކުރިން

Bodu vagei gaumuhingan hure rayyithun dharivarukuranee

0
0
މޮޔަ

2 މަސް ކުރިން

ކިހާ ވަރެއް ލިބޭނެ

1
0