22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ރިޔާސީ ރޭސް 2018

އިބޫއަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބިފައި ހުރި ރަންގަޑެއް: އަލީ ވަހީދު

  • އިބޫއަކީ މަޑުމައިތިރި އަދި ރިވެތި އަޚްލާގުގެ ވެރިޔެއް
  • އިބޫއާ ވާދަކުރައްވާ ކެންޑިޑޭޓުގެ ސިފަތަކާއި އިބޫ ހާސް ބައި ތަފާތު
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 14 ސެޕްޓެންބަރ 2018 | ހުކުރު 02:28 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް -- ސޯޝަލް މީޑިއާ

އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބިފައި ހުރި ރަންގަޑެއް ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އދ. މާމިލިގިލީގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އިބޫ ސޯލިހް ރައްޔިތުން މަޖްލީސް މެދުވެރިކޮށް ކޮށްދެއްވި 25 އަހަރުގެ ޚިދުމަތަށް ބަލާއިރު، ފެންނަނީ މީހުންނާ ގުޅިގެން މަސައްކަތް ކުރައްވާ ތަން ކަމަށާއި ބަސްމަގުގައި ހުންނަ މަޑުމައިތިރިކަން ކަމަށެވެ. އަދި ކުރައްވާ ކޮންމެ ކަމެއް ވެސް ކުރައްވަނީ ހިކުމަތްތެރިކަމާ އެކު ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ނަމަވެސް އިބޫއާ ވާދަކުރައްވާ ކެންޑިޑޭޓް ރައީސް ޔާމީން ފަސް އަހަރު ދުވަހު ވެރިކަން ކުރެއްވުމުން ފެނިގެން ދިޔައީ ކުރިން ދެންނެވި ސިފަތަކާ މުޅިން އިދިކޮޅު ސިފަތަކެއް ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ އިބޫއަކީ ގުޅިފައިވާ ޕާޓީތަކަށް ލިބިފައި ހުރި ރަންގަޑެއް ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ މިއަދު އަޅުގަނޑުމެންގެ ސިޔާސީ ޕާޓީތަކަށް ލިބިފައި ހުރި ނަސީބެކޭ، ޖަވާހިރެކޭ، ރަންގަޑެކޭ އިބްރާހީމް މުހައްމަދު ސޯލިހްއަކީ. އެއީ ހުރިހާ ލީޑަރުންނަށް ވެސް އެއް ބުރުން އެއް ފަހަރުން އިއްތިފާގު ވެވުނު ކެންޑިޑޭޓަކީ އަޅުގަނޑުމެންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް،"

އިބޫއަކީ ދެން ރައީސް ކަމަށް އަންނާނެ ބޭފުޅާ ކަމަށާއި އެއް ސަބަބަކީ މާމިލިގިލީ ރައްޔިތުން ގުޅިފައިވާ ޕާޓީތަކާ އެކުގައި ތިބުން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ 2008 އަދި 2014 ގެ އިންތިޚާބު ވެސް މޮޅުވީ މާމިލިގިލީ ރައްޔިތުން ތިބިފަޅިއަށް ކަމަށާއި މި ފަހަރު ވެސް އިރާދަކުރެއްވިއްޔާ ވާނީ ހަމަ އެހެން ކަމަށެވެ.

އަލީ ވަހީދު އެހެން ވިދާޅުވި އިރު ރިޔާސީ އިންތިޚާބު ބާއްވާ ތާރީޚް ވަނީ ނުވަ ދުވަހަށް ވެފައެވެ. އެއާ އެކު ރައީސް ކަމަށް ކުރިމަތިލާފައިވާ ދެ ކެންޑިޑޭޓުން ވެސް ދަނީ ފޯރިއާ އެކު ކެމްޕެއިން ކުރަމުންނެވެ. ނަމަވެސް ފާހަގަވާ އެއް މަންޒަރަކީ އެއް ކެންޑިޑޭޓަކު ވަޑައިގަންނަވާ ރަށަކަށް ނުވަތަ ޖަލްސާއަކަށް ރައްޔިތުން ހިނިތުންވުމާ އެކު ދާތަން ފެންނައިރު އަނެއް ކެންޑިޑޭޓް ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާއަށް މީހުން ގެންދަނީ މަޖްބޫރުކޮށްގެން ބިރު ދައްކައިގެން ކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް