18 ނޮވެންބަރު 2018 | އާދީއްތަ | 06 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ވެސްޓްހަމް ޔުނައިޓެޑް

ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި

  • ސަޕޯޓަރުން ކުރި އިހުތިރާމް ޕަޔެޓް ނުކުރާ ކަމަށް ބުނި
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 31 ޖެނުއަރީ 2017 | އަންގާރަ 04:54 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ޕަޔެޓް ދިޔުމުން ވެސްޓްހަމް އިން ވަނީ ފާޑުކިޔާފައި:_ފޮޓޯ ބީބީސީ -- ގޫގުލް

އިނގިރޭސި ޕްރެމިއަރ ލީގުގެ ވެސްޓްހަމް ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިމިޓްރީ ޕަޔެޓް އެގައުމުގެ ލީގު ކުލަބެއް ކަމަށްވާ އޮލިމްޕިކް މާސޭއަށް 25 މިލިއަން ޔޫރޯގެ ފީއަކަށް ސޮއިކުރުން ވެސްޓްހަމް ޔުނައިޓެޑްގެ މެނޭޖްމަންޓުން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ވެސްޓްހަމް އިން ބުނާގޮތުގައި މާސޭއާ އަލުން ގުޅުމަށް ޕަޔެޓް ނިންމުމަކީ އެކުލަބަށް އެއްވެސް ވަރަކަށް އަހައްމިއްޔަތުކަން ނުދިނުމާއި އިހުތިރާމް ނުކުރުން ކަމަށެވެ.

އެކުލަބުން ބުނާގޮތުގައި ޕަޔެޓް ވިއްކާލަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަދި ވެސްޓްހަމްގެ ޖޮއިންޓް ޗެއާމަން ޑޭވިޑް ސުލިވިއަން ބުނެފައިވަނީ އޭނާ ބޭނުންވީ ޕަޔެޓް އެކުލަބުގައި މަޑުކޮށް ނަމޫނާ ކުޅުންތެރިއެކަށް ވުމަށް ކަމަށެވެ.

ޑޭވިޑް އިތުރަށް ބުނި ގޮތުގައި، ޕަޔެޓް ވިއްކާލަން އެއްބަސްވީ ކުލަބުގެ އެކުވެރިކަން ހިފެހެއްޓުމުގެ ގޮތުން މަނޭޖަރ ސްލެވަން ބިލިޗް އެގޮތަށް ނިންމުމުންނެވެ.

ޕަޔެޓް މާސޭއަށް ސޮއިކޮށްފައިވަނީ ހަތަރު އަހަރާއި ހަމަސް ދުވަހުގެ މުއްދަތަކަށެވެ. އަދި އެ ނިންމުމަކީ އަމިއްލަ ނިންމުމެއް ކަމަށާއި ފަހަކަށް އައިސް ވެސްޓްހަމްގައި ކުޅެނީ އެހާ ހިތްހަމަޖެހިގެން ނޫން ކަމަށް ޕަޔެޓް ބުނެފައިވެއެވެ.

ނަވާވީސް އަހަރުގެ ޕަޔެޓް ބުނިގޮތުގައި އިނގިރޭސި ލީގުގައި އެނާ ހޭދަކުރި ދުވަސްތަކަކީ އުފާވެރި ދުވަސްތަކެކެވެ. އަދި ކުލަބުގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް ޕަޔެޓް ބުނެއެވެ.

ޕަޔެޓް އެހެން ބުނިނަމަވެސް، ސަޕޯޓަރުން ޕަޔެޓަށް ކުރިވަރުގެ އިހްތިރާމެއް އޭނާގެ ފަރާތުން ފެނިފައިނުވާ ކަމަށްބުނެ އެކަމާއިމެދު މެނޭޖްމަންޓުން ހިތްހަމަ ނުޖެހޭ ކަމަށް ވެސްޓްހަމް އިން ބުނެފައިވެއެވެ.

ފައިސާ ބޭނުންވެގެން ޕަޔެޓް ވިއްކާލަން ޖެހޭވަރުގެ އެއްވެސް ކަމެއް ނެތް ކަމަށް ކުލަބުން ބުނެއެވެ. އަދި އެގޮތަށް ނިންމީ މެނޭޖަރު ބޭނުންވާތީއާ ކުލަބުގެ ކުޅުންތެރިން މެދުގައި އޮތް ރޫހު ހީނަރުވިޔަ ނުދިނުމަށް ކަމަށްވެސް ވެސްޓްހަމް އިން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް