14 ނޮވެންބަރު 2018 | ބުދަ | 02 ނޮރަ
06 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:51
ފަތިސް 04:36

ރިޔާސީ އިންތިހާބު 2018

އިބޫއަށް ރަސްދޫ ތައްޔާރުކޮށްލި ގޮތް ވަރަށް ފުރިހަމަ!

  • ތަން ތައްޔާރުކުރަން ނެގީ ދެގަޑިއިރެއްހާއިރު
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 13 ސެޕްޓެންބަރ 2018 | ބުރާސްފަތި 15:11 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  5. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  6. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  7. ވެލެޒިނީ ހައްޔަރު ކޮށްފި
  8. ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!


ރަސްދޫގައި އިބޫ އާންމުންނާ ބައްދަލު ކުރުމަށް ހަމަ ޖެހިފައިވާތަން:-މިތަން ތައްޔާރު ކުރަން ނެގީ ކުޑަ ވަގުތު ކޮޅެއްް -- ފޮޓޯ: ރާއްޖެ އެމްވީ

ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އއ. ރަސްދޫއަށް ވަޑައިގަންނަވާކަން އެރަށުގެ ރައްޔިތުންނަށް ޔަގީންވީ ބުދަ ދުވަހުގެ ރޭ ދަންވެފައި ހުއްޓަ އެވެ. ނަމަވެސް ބުރާސްފަތި ދުވަހު އެރަށަށް އިބޫ ވަޑައިގެންނެވިއިރު، މަރުޚަބާ ކުރަން ތައްޔާރުކޮށްފައިވާލެއް ފުރިހަމަކަމުން އެއީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޮށްފައިވާ ކަމެއް ކަމަށް ގަބޫލެއް ނުކުރާނެ އެވެ.

ބުދަ ދުވަހުގެ ރޭ ދަންވަރު ނުކުމެ ގިޑިގެ ނިންމި އެވެ.

ރަށުތެރެ ޒީނަތްތެރިކުރުމަށް ހޭދަވީ މަދު ވަގުތުކޮޅެއް

އިބޫ ރައްޔިތުންނާ ބައްދަލުކުރަން ހަމަޖެހިފައިވާ ތަން ތައްޔާރުކޮށް ނިންމީ ބުރާސްފަތި ދުވަހު ހެނދުނު އެވެ. އެތަން ތައްޔާރުކުރުމަށް ހޭދަވީ ދެ ގަޑިއިރެ އެވެ. ނަމަވެސް ބަލާ ބެލުމަށް ހީވަނީ ހަފްތާއެއްގެ މަސައްކަތް ހެނެވެ. ކޯލިޝަނަށް ތާއިދުކުރާ ފަރާތްތަކާ ބައްދަލު ކުރުމަށް ހަމަ ޖެހިފައިވާތަން އޮތީ ދޮންވެލިލައި ވަރަށް ފުރިހަމައަށް ތައްޔާރު ކޮށްފަ އެވެ.

އިބޫގެ ސަޕޯޓަރުންތަކެއް:-ރަސްދޫ ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައި

މިއީ ކެމްޕެއިންގެ ފޯރި އަދި އިބޫއަށް ކުރާ ތާއީދު ދައްކައިދޭ ފުރިހަމަ މިސާލެކެވެ. ޒުވާނުންނާއި ހަރު މީހުން ނުކުމެ ޒީނަތްތެރިކުރިލެއް ފުރިހަމަ އެވެ. ދެން އެ ރަށުން އެމަނިކުފާނަށް މަރުހަބާ ކިޔަން ނިކުން މީހުންގެ އަދަދު ފެނުންމުން އަދި މާ ބޮޑަށް އެކަން ޔަގީންވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް