21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

އަންގ ސަން ސޫކީ

ރޮއިޓާސްގެ ޖާނަލިސްޓުން ޖަލަށްލުން ސޫކީ ދިފާއު ކުރައްވައިފި

  • ޖާނަލިސްޓުންނަށް ވަނީ 7 އަހަރުގެ ޖަލު ހުކުމެެއް އިއްވާފައި
  • އެ ހުކުމް އިސްތިއުނާފު ކުރެވޭނެކަމަށް ސޫކީ ވިދާޅުވި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 13 ސެޕްޓެންބަރ 2018 | ބުރާސްފަތި 13:47 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. އަލިދީގެ ތާއީދު އިބޫއަށް!
  7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  8. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ


އަންގ ސަން ސޫކީ -- ސީ.އެން.އެން

ރޮއިޓާސްގެ ޖާނަލިސްޓުން ޖަލަށްލުން މިޔަންމާގެ ލީޑަރު އަންގ ސަން ސޫކީ ދިފާއު ކުރައްވައިފިއެވެ.

ސޫކީ ބުރާސްފަތި ދުވަހު ވިދާޅުވީ ރޮއިޓާސްގެ ޖާނަލިސްޓުންނަށް އިއްވާފައިވާ ހަތް އަހަރުގެ ޖަލު ހުކުމް އެމީހުންނަށް އިސްތިއުނާފު ކުރެވޭނެކަމަށާއި، ޖަލަށްލުމަކީ މައުލޫމާތު ފެތުރުމުގެ މިނިވަންކަން ހުއްޓުވުން ނޫންކަމަށެވެ.

އާސިއަން ގައުމުތަކުން ވިއެޓްނާމުގެ ވެރިރަށް ހަނޯއީގައި ބޭއްވި "ވޯލްޑް އިކޮނޮމިކް ފޯރަމް" ބައްދަލުވުމުގެ ތެރެއިން ޖާނަލިސްޓުން ޖަލަށް ލުމާ ގުޅޭގޮތުން ސޫކީ ދެކެވަޑައިގަންނަވާ ގޮތާ ގުޅޭ ގޮތުން ސުވާލުކުރުމުން އޭނާ ވިދާޅުވީ " ޖާނަލިސްޓުން ޖަލަށްލާފައި ވަނީ އެމީހުން ޖާނަލިސްޓުންނަށް ވީމައެއް ނޫން. ކޯޓުން ޖަލަށްލުމަށް ހުކުމް ކުރީ. އޮފީހުގެ ސިއްރުތައް ހާމަކުރުމުން" ކަމަށެވެ.

ރޮއިޓާސްގެ ދެ ނޫސްވެރިން ހަތް އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ކުރި އަނިޔާތަކާ ގުޅޭ މައުލޫމާތު ހޯދުމުގައި ސަރުކާރުގެ ސިއްރުތައް ހިފެހެއްޓުމުގެ ގާނޫނާ ޚިލާފުވެފައި ވާތީ ކަމަށް ބުނެއެވެ.

ޖަލަށްލާފައި ވަނީ ރޮއިޓާސްގެ ދެ ނޫސްވެރިން ކަމުގައިވާ ވަ ލޯން، 32، އާއި ކިޔޯ ސޮއެ އޫ، 27، އެވެ.  އެދެ ނޫސްވެރިން ހަތްއަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މިމަހުގެ ތިން ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް