15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

މޯލްޑިވްސް އިންލަންޑް ރެވެނިއު

މީރާ މެދުވެރިކޮށް ދައުލަތަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް

  • މިއީ މިއަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރި މިންވަރަށް ވުރެ 16.8 އިންސައްތަ އިތުރު
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 13 ސެޕްޓެންބަރ 2018 | ބުރާސްފަތި 08:11 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  8. ސީލައިފްއިން އޮޅުވާލައިގެން ފްލެޓް ވިއްކި 191 މީހެއްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި


މީރާ ހިންގާ އިމާރާތް. އެމެރިކާ ޑޮލަރުން ވަނީ 38.5 މިލިއަން ޑޮލަރު (593 މިލިއަން ރުފިޔާ)  ވަނީ ލިބިފައި -- ފޮޓޯ: މުހައްމަދު ޝަރުހާން

ނިމިދިޔަ އޮގަސްޓް މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މީރާ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮގަސްޓް މަހު ލިބުނު އެއް ބިލިއަން ރުފިޔާގެ ތެރެއިން އެމެރިކާ ޑޮލަރުން ވަނީ 38.5 މިލިއަން ޑޮލަރު (593 މިލިއަން ރުފިޔާ)  ވަނީ ލިބިފައެވެ. އަންދާޒާ ކުރި ވަރަށް ވުރެ ގިނަ އިން މިދިޔަ މަހު އާމްދަނީ ލިބިފައި ވަނީ، ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 10 ޕަސެންޓް މައްޗަށް ދިއުމާއި ޓެކްސްތަކުގެ ފީތައް އިތުރުވުމާއި، ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރި ތަންތަނުގެ ލީޒް މުއްދަތު އިތުރުކުރުމުގެ ފީ އިން ކަމަށް މީރާއިން ބުނެއެވެ. މިދިޔަ މަހު ލިބުނު އާމްދަނީއަކީ މިއަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރި މިން ވަރަށް ވުރެ 16.8 އިންސައްތަ އިތުރު އަދަދެއް ކަމަށް މީރާއިން ބުނެއެވެ.

މީރާ މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 52.3 އިންސައްތައަކީ ޖީއެސްޓީން ލިބުނު އާމްދަނީއެވެ. އެއީ 529 މިލިއަން ރުފިޔާއެވެ.

އާމްދަނީގެ ދެވަނަ އަށް އެންމެ ބޮޑު ޕަސެންޓެއް ހިއްސާ ކުރަނީ ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ) އިންނެވެ. ބީޕީޓީގެ ގޮތުގައި 121 މިލިއަން ރުފިޔާ ލިބުނެވެ. މީގެ އިތުރުން  ލީސް މުއްދަތު އިތުރު ކުރުމުގެ ފީގެ ގޮތުގައި 76 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 62 މިލިއަން ރުފިޔާ، އެއާޕޯޓް ޑެވެލޮޕްމެންޓް ފީގެ ގޮތުގައި 49 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހުގެ ފީގެ ގޮތުގައި، 172 މިލިއަން ރުފިޔާ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ފޭރެނީ

2 މަސް ކުރިން

ފޭރެނީ

0
0