20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރިޔާސީ އިންތިހާބު 2018

ވާދަވެރިން ވޯޓު އޮޅުވާލުމަށް މަސައްކަތްކުރާނެ، ހަމަނުޖެހުން ހިންގަންވެސް މަސައްކަތްކުރާނެ، އެ ފުރުސަތު ނުދޭތި: އިބޫ

  • ރައްޔިތުން ތިބި ގޮތް ސާފު، އުފާވެރި ދުވަސްތަކެއް ހޯދައިދޭނަން، އުއްމީދުތައް ހަޤީޤަތަކަށް ހަދައިދޭނަން
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 12 ސެޕްޓެންބަރ 2018 | ބުދަ 19:13 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


އިބްރާހިމް މުހައްމަދު ސޯލިހް ކޮމަންޑޫޫގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ސަރުކާރުން ވޯޓު އޮޅުވާލުމަށް މަސައްކަތްކުރާނެ ކަމަށާއި، ހަމަނުޖެހުން ހިންގަންވެސް މަސައްކަތްކޮށްފާނެ ކަމަށް ވިދާޅުވެ، އެފަދަ ކަންކަމަށް ރައްޔިތުން ސަމާލުވެ ތިއްބެވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގޮވާލައްވައިފި އެވެ.

ށ. ޅައިމަގު ރައްޔިތުންނާއި މުހާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވީ ވޯޓު އޮޅުވާލުމުގެ ކަންތައްތަކެއް ކޮށްފާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި ހަމަނުޖެހުންހިންގަންވެސް އުޅެފާނެ ކަމަށާއި، އަދި އެފަދަ ކަންތައްތައް ވާދަވެރިން ރާވައިފައިވާ ކަމަށް މައުލޫމާތުވެސް ލިބިވަޑައިގެންފައިވާކަމަށް އިބޫ ވިދާޅުވި އެވެ.

"ކުރިމަތިވެދާނެ ކަމަކަށް އަބަދުވެސް ތައްޔާރަށް ތިއްބަވަން ވާނީ. އެނގިވަޑައިގަންނަވާނެ މި ސަރުުކާރުގެ އަމަލުތައް ހުރި ގޮތް. ކަންތައްތަކުގައި ހީނުކުރާހާ ކަންތައްތައް، ޤާނޫނާއި ހިލާފަށް އެބަކުރޭ. ޤާނޫނު އޮތްތަނުގައި ބާއްވާފައި. އެހެންކަމުން އެ ކަންތައްތަކަށް ތައްޔަރުވެގެން އެ ދުވަހަށް ރަނގަޅަށް ތައްޔާރުވެވަޑައިގެން ތިއްބަވަން ވާނީ."

އިބޫ ވިދާޅުވީ ހެނދުނު ހެނދުނާއި ނުކުމެ ވޯޓު ލައްވަންޖެހޭނެ ކަމަށާއި، އަދި މެންދުރުވާން ވާއިރަށް ވޯޓުލާ ނިންމަވާނެ ކަމަށެވެ. އެއަށްފަހު ވޯޓު ފޮށި ރަނގަޅަށް ބަލަހައްޓަންޖެހޭނެކަން ފާހަގަކުރައްވާ ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވީ ވޯޓު ގުނާ ނިމުމާއެކު އެތަނުން ނަތީޖާ އިއުލާންކުރާކަން ކަށަވަރުކުރަންޖެހޭނެ ކަމަށެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވީ 23 ސެޕްޓެމްބަރަކީ ރައްޔިތުންގެ އުއްމީދުތައް ހަޤީޤަތަކަށްވާނެ ދުވަސްކަމަށެވެ. އަދި މުޅި ރާއްޖެ އޮތްގޮތް އެނގިވަޑައިގެންފައިވާކަމަށާއި، ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ހޯއްދަވައިދެއްވާނެކަމަށް އިބޫ ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ފެނިގެންދަނީ ވަރަށް އުފާވެރި މަންޒަރެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް