21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ކ. މާފުށި

މާފުށިން ގޯތި ދޫކުރަން ދެކޮޅު ހަދާފައެއް ނުވާނެ، ސަރުކާރުން އެހަދަނީ ދޮގު: ކައުންސިލް

 • ރަށުގެ އެއްފަރާތުގެ ބީޗު ހާއްސަ ކޮށްފައިވަނީ ގެސްޓުންނަށް
 • އަނެއް ފަރާތުގެ ބީޗް ރައްޔިތުން ހިތްހަމަ ޖައްސާލައި، މޫދަން އެރިލަން އޮތް ސަރަހައްދުން 24 ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައި
 • އިސްލާހިއްޔާގައި 17 މުވައްޒަފުންނާއި މުދާތައް އަދިވެސް އެބަހުރި
މުހައްމަދު ފަޒީން | phaxyn

| 12 ސެޕްޓެންބަރ 2018 | ބުދަ 17:38 | |

މަގުބޫލް

 1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
 2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
 3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
 4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
 5. އަލިދީގެ ތާއީދު އިބޫއަށް!
 6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
 7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
 8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ކ. މާފުށި -- ގޫގުލް

ކ. މާފުށީގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ރަށު ކައުންސިލުން އެއްވެސް އިރެއްގައި ދެކޮޅު ހަދާފައިނުވާނެ ކަމަށާއި ގޯތި ދޫކުރުމަށް ކައުންސިލުން ދެކޮޅު ހެދި ކަމަށް ސަރުކާރުން ބުނާ ވާހަކައަށް މާފުށި ކައުންސިލުން ރައްދު ދީފި އެވެ.

މާފުށި ކައުންސިލްގެ ނާއިބު ރައީސް ނަޝީދާ އާދަމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ މާފުށިގައި ހުންނަ ތައުލީމާއި މަސައްކަތް އުގަންނައިދޭ ކުޑަކުދިންގެ މަރުކަޒު (އިސްލާހިއްޔާ) ނެގުމަށްފަހު އެ ބިމުން މާފުށި ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ރަށު ކައުންސިލުން އެކަމާ ދެކޮޅު ހަމަދުންދާ ކަމަށް ސަރުކާރުން ބުނާބުނުމަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ.

ނަޝީދާ ވިދާޅުވީ އިސްލާހިއްޔާ ހުރި ބިމުގައި އަދި ވެސް އެތަނުގެ މުދަލާއި މުވައްޒަފުން އެބައުޅޭ ކަމަށާއި އަދި އިސްލާހިއްޔާ އުވާލާފައިވެސް ނުވާތީ އެކަންކަން ފުރިހަމަ ކޮށްދިނުމަށް ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ. 

އިސްލާހިއްޔާ ހުރި ބިމުން ގޯތި ދިނުމަށް ސަރުކާރުން ނިންމާ ލޭންޑް ޔޫސް ޕްލޭން ހައުސިންގ މިނިސްޓްރީން ފޮނުވިއިރު އިސްލާހިއްޔާ ހުރި ބިމުގެ އިތުރުން ރަށުގެ ރައްޔިތުން ހިތްމަޖައްސާލާ މޫދަން އެރެން އޮތް ބީޗު ސަރަހައްދުންވެސް 24 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށް ނަޝީދާ ވިދާޅުވި އެވެ.

ނަޝީދާ ވިދާޅުވީ މާފުށިން 1400 އަކަފޫޓްގެ 100 ގޯތި ދޫކުރުމުގެ ޖާގަ އިސްލާހިއްޔާ ހުރި ބިމުގައި ނެތުމުން ބީޗް ސަރަހައްދުން 24 ގޯތި ދޫކުރަން މިނިސްޓްރީން ނިންމާފައިވާތީ، އެ 24 ގޯތި ރަށުގެ އެހެން ސަރަހައްދުތަކުން ދޫކުރެވެން އޮތުމާއެކު އެކަން ފާހަގަކޮށް، އެކަން އެގޮތަށް ހަމަޖައްސާ ދެއްވުމަށް މިނިސްޓްރީއަށް ސިޓީއެއް ފޮނުވި ކަމަށެވެ.

ނަމަވެސް އެސިޓީގެ ޖަވާބުގައި މިނިސްޓްރީން ފޮނުވާފައިވާ ސިޓީގައި މިނިސްޓްރީ މިހާރު ނިންމާފައިވާ ނިންމުން ބަދަލު ނުކުރެވޭނެ ކަމަށް ބުނެފައިވާ ކަމަށް ނަޝީދާ ވިދާޅުވި އެވެ.

ނަޝީދާ ވިދާޅުވީ މާފުއްޓަކީ 2000 އެއްހާ މީހުންގެ އާބާދީއެއް އޮތް ރަށެއް ނަމަވެސް އެރަށުގައި 5000އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކަމަށާއި ގެސްޓް ހައުސް ވިޔަފާރިއަކީ ރަށުގެ އެންމެބޮޑު އާމްދަނީ ކަމަށެވެ. އެހެންކަމުން ރަށުގެ އެއްފަރާތުގެ ބީޗު، ގެސްޓުންނަށް ހާއްސަކޮށްފައިވާއިރު، ރައްޔިތުންނަށް ރަށުގެ އަނެއް ފަރާތުގެ ބީޗު ހާއްސަކޮށްދިނުމަށް އެދުނުނަމަވެސް އެކަން މިނިސްޓްރީން ދެކޮޅު ހަދަމުންދާ ކަމަށެވެ. 

ނަޝީދާ ވިދާޅުވީ ރަށުގެ އެހެން ސަރަހައްދުތަކުން 24 ގޯތި ދެވެން އޮތްއިރު، އެކަން އެގޮތަށް ހަމަޖައްސާ ދެއްވުމަށް ބުދަ ދުވަހު އެރަށަށް ވަޑައިގެންނެވި މިނިސްޓްރީގެ އޮފިޝަލުުންގެ އަރިހުގައި ވެސް ދެންނެވި ކަމަށެވެ. ނަމަވެސް ނަޝީދާ ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ގޯތި ދޫ ކުރުމުގައި މިނިސްޓްރީއަށް އެއްބާރުލުން ދޭން ކައުންސިލް އޮތީ ތައްޔާރަށް ކަމަށެވެ.

ނަޝީދާ ވިދާޅުވީ އިސްލާހިއްޔާ ހުރި ބިމުން ގޯތި ދޭން ނިންމިއިރު، މިއަދާ ހަމައަށް އެތަނުގެ ރެޖިސްޓްރީ ބާތިލު ކުރިކަމެއް އެނގިފައިނުވާ ކަމަށާއި އަދި އެތަނުގައި 17 މުވައްޒަފުން އުޅޭ އިރު މުދާތައްވެސް އަދިވެސް އެތަނުގައި އެބަހުރި ކަމަށެވެ. 

މާފުށި ކައުންސިލްގަައި ހިމެނޭ ތިން ކައުންސިލަރުންނަކީ ސަރުކާރު ހިންގާ ޕީޕީއެމަށް ނިސްބަތްވާ ކައުންސިލަރަކާއި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރަކާއި އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ ކައުންސިލަރެކެވެ. ކައުންސިލްގެ ނާއިބު ރައީސް ނަޝީދާއަކީ އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ ކައުންސިލަރެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް