20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 01 އަތަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ކޮލަމާފުށީގެ ހަމަނުޖެހުން

ކޮލަމާފުށިން ހައްޔަރުކުރި 18 މީހުންގެ ދިފާއުގައި 19 ވަކީލުންގެ ޓީމެއް މާދަމާ ވިލިނގިއްޔަށް!

  • އެމްޑީޕީއާއި ޕީޕީއެމްގެ ސަޕޯޓަރުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއް
  • ހައްޔަރުކުރީ ހަމައެކަނި އެމްޑީޕީގެ ސަޕޯޓަރުން
  • ޓެރަރިޒަމުގެ ތުހުމަތު، ބަންދުގެ މުއްދަތު ހަމަވަނީ މާދަމާ
އަޒުމޫން އަހުމަދު | azmoon_ahmed

| 12 ސެޕްޓެންބަރ 2018 | ބުދަ 17:11 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ


ކޮލަމާފުށިން ހައްޔަރުކުރި މީހުން ގއ. ވިލިނގިއްޔަށް ގެންދަނީ -- ފޭސްބުކް

ޕީޕީއެމްގެ ޖަގަހަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި އެމްޑީޕީ އެކްޓިވިސްޓުންގެ ދިފާއުގައި 19 ވަކީލުންގެ ޓީމެއް ބުރާސްފަތި ދުވަހު އެ ރަށަށް ދާން ނިންމައިފި އެވެ.

ދިދަ ދެމުމުގައި ދިމާވި މައްސަލައަކާ ގުޅިގެން ޕީޕީއެމްގެ ދިދަތަކަކާއި ޖަގަހައަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި އެމްޑީޕީގެ 18 އެކްޓިވިސްޓަކު ކޮލަމާފުށިން ވަނީ ހައްޔަރުކޮށްފައެވެ. އެ އެންމެންގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު އެމީހުންގެ މައްޗަށް ކުރަނީ ޓެރަރިޒަމުގެ ތުހުމަތެވެ.

އެ މީހުންގެ ބަންދަށް ޖަހާފައިވާ 15 ދުވަހުގެ މުއްދަތު ހަމަވަނީ ބުރާސްފަތި ދުވަހު އެވެ. އެހެންކަމުން އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ބުރާސްފަތި ދުވަހު ގއ. ވިލިނގިލީ ކޯޓަށް ހާޒިރުކުރާނެ އެވެ.

ހައްޔަރުކުރި ކޮންމެ މީހަކަށް ވަކީލެއް ހަމަޖައްސާފައިވާއިރު، މީގެ ކުރިން އެރަށަށް ދާން ނިންމާފައިވަނީ 18 ވަކީލުންގެ ޓީމެކެވެ. އެހެންނަމަވެސް އިތުރު ވަކީލަކު ގުޅިވަޑައިގަތުމުން ވަކީލުންގެ ޓީމުގެ އަދަދު ވަނީ އިތުރުވެފައެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ކޮންމެ މީހަކަށް ވަކި ވަކީލެއް އައްޔަންކޮށްފައިވަނީ، އެއް ތުހުމަތެއްގައި ހިމެނޭ ދެ މީހަކަށް، އެއް ވަކީލެއް އައްޔަން ނުކުރެވޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާތީއެވެ.

ވަކީލުންގެ ޓީމު ގއ. ވިލިނގިއްޔަށް ދާނީ ބުރާސްފަތި ދުވަހުގެ މެންދުރު އެވެ.

ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ:

  1. މަހުފޫޒް ސައީދު
  2. އަހުމަދު ނާޒިމް އަބްދުއްސައްތާރު
  3. އަލީ އަބްދުލް ލަތީފް
  4. ހުސައިން ޝަމީމް
  5. ސައްޔާހު ޚަލީލު
  6. އާދަމް ޒާލިފް
  7. މޫސާ ސިރާޖު
  8. އިބްރާހިމް ޝިޔާމް
  9. މަސްތޫރު ހުސްނީ
  10. ތޯހާ މުހައްމަދު
  11. އައިޝަތު ޝީނާ މުހައްމަދު
  12. ހުސްނުއް ސުއޫދު
  13. އަބްދުއްސަލާމް އާރިފް
  14. އަފްސަލް އަބްދުﷲ ޒުހައިރު
  15. ސަފާ ޝަރީފް
  16. މުހައްމަދު ފައިސަލް
  17. އަހުމަދު ތާލިބު
  18. ނަދީމް އިބްރާހިމް
  19. ހަސަން ވަހީދު

ކޮލަމާފުށީގައި އެމްޑީޕީއާއި ޕީޕީއެމްގެ ސަޕޯޓަރުންގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހަމައެކަނި އެމްޑީޕީގެ ސަޕޯޓަރުން ހައްޔަރުކޮށްފައިވާތީ އެޕާޓީއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް