24 ފެބުރުއަރީ 2019 | އާދީއްތަ | 11 ހިޔަވިހާ
19 ޖުމާދަލްއާޚިރާ 1440
ފަތިސް 05:05
އިރުއަރާ 06:17
މެންދުރު 12:23
އަސްރު 15:38
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ އިންތިހާބު 2018

އިބޫއަށް 170،000 ވޯޓު ކަށަވަރު ވެއްޖެ: މާރިޔާ

  • އެއީ އިބޫއަށް ވޯޓު ދެއްވާނެ ކަމަށް 100 ޕަސެންޓް ޔަގީންކަންދިން ފަރާތްތައް
މުހައްމަދު ފަޒީން | phaxyn

| 12 ސެޕްޓެންބަރ 2018 | ބުދަ 16:21 | |

މަގުބޫލް

  1. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  2. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  3. ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
  4. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
  5. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  6. ކޯޓު އަމުރު އެހެން އޮއްވާ ފުލުހުނަށް ރައީސް ޔާމިން ދޫކޮށެއް ނުލެވޭނެ: އަބްދުއްރަހީމް
  7. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  8. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި


ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ -- އާކައިވް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)އަށް 170،000 ވޯޓު ކަށަވަރު ވެއްޖެ ކަމަށް އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި މާރިޔާ ވިދާޅުވީ މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުގެ ތެރެއިން 170،000 މީހުން އިބޫ އަށް ވޯޓު ދެއްވާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. 

"މިއަދު ދަންނަވާލަން އޮތީ ވަރަށް އުފާވެރި ޚަބަރެއް. އަޅުގަނޑުމެން މިހާރު ދޮރުންދޮރަށް ހިނގައި، ރައްޔިތުންނާ ވާހަކަ ދައްކައި، ކޯލް ސެންޓަރުތަކުންނާއި އެނޫން ގޮތްގޮތުން އަޅުގަނޑުމެންނަށް، އަޅުގަނޑުމެން މި އިންތިހާބަށް ނިކުތްއިރު މަދުވެގެން ކަށަވަރު ކުރަން އުޅުނު 170،000 ވޯޓް، އެ އަދަދަށް އަޅުގަނޑުމެންނަށް އިރާދަ ކުރެއްވިއްޔާ ކަށަވަރު ވެއްޖެ. އެއީ އަޅުގަނޑުމެންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ރައްޔިތުންގެ ތެރެއިން ވޯޓު ދެއްވާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ދިން ފަރާތްތައް،" މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫގެ ފަރާތުން ވޯޓާސް ލިސްޓުގައި ސޮއިކޮށްފައިވާ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ސޮއި ކުރުމަށް ދިން ވޯޓާސްލިސްޓުގައި މާބޮޑެތި މައްސަލަތަކެއް ނެތް ކަމަށެވެ. ނަމަވެސް މާރިޔާ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވޯޓާސް ލިސްޓުގެ ހުރިހާ ގަނޑެއްގައި ސޮއި ކުރި ނަމަވެސް ޕީޕީއެމްގެ ފަރާތުން ސޮއި ކޮށްފައިވަނީ ވޯޓާސްލިސްޓްގެ އެންމެފަހު ގަނޑުގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކުރި ލިސްޓް ކެންޑިޑޭޓުންގެ މަންދޫބުންނަށާއި އިންތިހާބު އޮބްޒާވަރުންނަށް ދޫކޮށްފައި ނުވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. 

މާރިޔާ ވިދާޅުވީ ވޯޓުލާ ދުވަހު، ވޯޓްލާ މަރުކަޒުގައި އޮންނަނީ މަންދުބުން ސޮއިކުރި ލިސްޓްތޯވެސް ކަށަވަރު ކުރަންޖެހޭ ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް