14 ޑިސެންބަރު 2018 | ހުކުރު | 05 މުލަ
07 ރަބީޢުލްއާޚިރު 1440
ފަތިސް 04:45
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:16

ރިޔާސީ އިންތިހާބު 2018

ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއި ނިންމާލައިފި

  • ވޯޓާސް ލިސްޓުގައި ސޮއި ކުރީ ފަސް ދުވަހުން
ޙުސައިން ޙަސަން | hucenhassan

| 12 ސެޕްޓެންބަރ 2018 | ބުދަ 15:52 | |

މަގުބޫލް

  1. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  4. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  5. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި
  6. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
  7. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  8. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން


އިންތިހާބުގައި މީހަކު ވޯޓުލަނީ: މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުގެންވާ މީހުންގެ އަދަދު 262،000 އަށް އަރާ -- ފޮޓޯ: ރާއްޖެ އެމްވީ

ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކޮށް ނިމިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކޮށް ނިންމާލާފައި ވަނީ ފަސް ދުވަހުގެ ތެރޭގައެވެ. ވޯޓާސް ލިސްޓުގައި ސޮއި ކުރަން އިލެކްޝަންސް ކޮމިޝަނުން ދިނީ ވެސް ފަސް ދުވަހުގެ މުއްދަތެކެވެ. އެއީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓާސް ލިސްޓުގައި ސޮއިކޮށް ނިންމާލީ ކޮންމެ ދުވަހަކު 24 ގަޑިއިރު، އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމަށްފަހުގައި ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ފަރާތުން، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައި ސޮއި ކުރަން ޖެހެނީ 2013 ވަނަ އަހަރު ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެންނެވެ. އެގޮތުން ކެންޑިޑޭޓުންގެ މަންދޫބުންގެ ފަރާތުން ވޯޓާސް ލިސްޓުގައި ސޮއި ކުރަން އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަޒުމޫން އަހުމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް