
| 12 ސެޕްޓެންބަރ 2018 | ބުދަ 15:07 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން ހަރަކާތްތަކަށް މިމަހުގެ 6 ދުވަހަކަށް އާޓިފިޝަލް ބީޗް ހޯދުމަށް އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރާޓީކް ޕާޓީ (އެމްޑީޕީ)އިން އެދެފިއެވެ.
އެމްޑީޕީން ހައުސިންގ މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މިމަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީ އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެންޑިޑެސީ ޖުލައި މަހުގެ 28 ވަނަ ދުވަހު ވަނީ އިލެކްޝަން ކޮމިޝަނުން ބަލައިގެންފައި ކަމަށެވެ.
އަދި ހުރިހާ ކެންޑިޑޭޓުންނަށްވެސް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ކެމްޕޭން އަދި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގެ ޔަގީންކަން ވަނީ ސަރުކާރުންނާ އިލެކްޝަންސް ކޮމިޝަނުން ދެއްވާފައި ކަމަށެވެ. އެހެންކަމުން މިމަހުގެ 13 އިން 15 އަށް އަދި 20 އިން 22 އަށް އާޓިފިޝަލް ބީޗް އެޕާޓީއަށް ދިނުމަށް އެދޭކަމަށް އެމްޑީޕީން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
އެމްޑީޕީން އެދިފައިވަނީ މި ހަދުވަހުގެ ހެދުނު 6 އިން މެންދަމު 12 އަށް އާޓިފިޝަލް ބީޗް ހޯދުމަށެވެ.
ވޭތުވެ ދިޔަ ތިން އަހަރަށްފަހު އިދިކޮޅު ފަރާތްތަކުން ޖަލްސާއެއް ބޭއްވުމަށް ކާނިވާ ސަރަހައްދު ދޫކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެރޭ ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާ ވެފައިވަނީ މިހާތަނަށް ކާނިވާ ސަރަހައްދަށް އެންމެ ގިނަ މީހުން ޖަމާވި ޖަލްސާއަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް