
| 12 ސެޕްޓެންބަރ 2018 | ބުދަ 14:37 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ސިނަމާލެ ބްރިޖުގައި 40ރ. އަށް ވުރެ މަތީ އަގުތަކެއްގައި ދަތުރުކުރާ ކަމުގައިވާ ނަމަ އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުންދާނެ ކަމަށާއި އަދި އެފަދަ އަމަލުތައް ތަކުރާރު ކުރާ ކަމުގައިވާ ނަމަ އެ ޓެކްސީއެއްގެ ހުއްދަ ބާތިލް ކުރާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީގެ ކޯޑިނޭޓަރ މަހުމޫދު ޝަފީގު ވިދާޅުވީ، ދަތުރުތަކުގެ އަގުތައް ކަނޑައަޅާފައި ވަނީ ޓެކްސީ ސެންޓަރުތަކާ މަޝްވަރާ ކުރެވިގެން އެފަރާތްތަކުން ލަފާދީފައިވާ ގޮތަށް ކަމަށެވެ. އެހެން ނަމަވެސް ކަނޑައެޅިފައިވާ އަގުތަކާ ހިލާފަށް ބޮޑެތި އަގުތައް ޓެކްސީ ދަތުރުތައް ކުރުމުގައި ނަގަމުންދާ ކަމަށް ގިނަ އަދަދެއްގެ ޝަކުވާތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރު ކުރުމަށް ކަނޑައަޅާފައިވާ އަގުތަކަކީ އެދަތުރުތަކަށް އެންމެ އެކަށޭނަ އަގުތަކަށް ކަމަށް ގަބޫލުކުރާ ކަމަށާއި އެ އަގުތަކާ ހިލާފަށް ދަތުރުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހުޅުމާލެ އާއި މާލެއާ ދެމެދު ބްރިޖު ހުރަސްކޮށް ދަތުރުތައް ހުޅުވާލުމުން ޓެކްސީ ދަތުރުތަކަށް 100ރ. އިން ފެށިގެން 250ރ ދެމެދުގެ އަގުތަކަކަށް ދަތުރުތައް ކުރަން ފެށިއެވެ. އަދި މިހާރު ވެސް ދަތުރުކޮށްދެނީ އެ އަގުތަކުގައެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި މާލެއިން އެއާޕޯޓަށް އަދި އެއާޕޯޓުން މާލެއަށް، އެއާޕޯޓުން ހުޅުމާލެއަށް އަދި ހުޅުމާލެއިން އެއާޕޯޓަށް ކުރާ ޓެކްސީ ދަތުރުތަކުން އެންމެ ބޮޑު އަގުގެ ގޮތުގައި ނެގޭނީ، 35ރ. އެވެ. އަދި ހުޅުމާލެއިން މާލެއަށް ކުރާ ޓެކްސީ ދަތުރުތަކުން ނެގޭނީ 40ރ. ކަމަށް ވެސް އެއިއުލާނުގައިއެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުގައި ރޭގަނޑު 12:00 އިން ހެނދުނު 6:00 އާ ދެމެދު ކުރާ ދަތުރުތަކުން ދަތުރުފީގެ އިތުރަށް އިތުރު 5ރ. ނެގިދާނެއެވެ. އަދި ޑިކީއަށް އެއްޗެހި ލާ ނަމަ، ދަތުރުފީގެ އިތުރަށް 5ރ. ނެގޭނެ ކަމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖެއްސިއެވެ. އެ އަދަދުތަކަށް ވުރެ އިތުރަށް މީހުން އަތުން ފައިސާ ނެގުމަކީ މަނާކަމެއް ކަމަށް އެއޮތޯރިޓީން ވަނީ ބުނެފައެވެ.
ޓްރާންސްޕޯޓުން ވަކި އަގުތަކެއް ކަނޑައެޅި ނަމަވެސް ޓެކްސީ ޑްރައިވަރުން ބުނަމުން ދަނީ އެ އަގުތައް ކުޑަ ކަމަށާއި އެ އަގަށް ދަތުރު ނުކޮށްދޭނެ ކަމަށެވެ. ސެންޓަރުތަކުން ވެސް ބުނަމުން ދަނީ ޓްރާންސްޕޯޓުން ކަނޑައެޅި އަގަށް ދަތުރުކޮށްދޭނެ ޓެކްސީ ޑްރައިވަރެއް ނެތް ކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
5 މަސް ކުރިން
އެމްޓީސީސީހުޅުމާލެ ހުޅުލެދަތުރުކުރީ100ރުފިޔާއށްއޭރުޓްރާޕޯޓްއޮތީ ކޮންތާކުމީހަކުއަގުބޮޑުވެގެންވެސްނޫލޭއެއީސަރުކާރުވީމަކަންނޭގެ