18 ފެބުރުއަރީ 2019 | ހޯމަ | 06 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ވޯޓު ވިއްކުން

ވޯޓު ގަނެ ވިއްކުން ކޮންފަދަ ނުބައި އަމަލެއް!

 • ވޯޓަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ސިފަ
 • ވޯޓު ގަނެ ވިއްކުމަކީ ސިޔާސީ މަގާމުތަކަށް ކަރަޕްޓް މީހުން އިންތިޚާބުވުމަށް ހުޅުވޭ ދޮރެއް
 • ވޯޓު ވިއްކުމަކީ ރިޝްވަތުގެ ގޮތުގައި ބެލެވޭ ހުތުރުކަން ބޮޑު އަމަލެއް
ރާއްޖެ އެމްވީ | raajjemv

| 12 ސެޕްޓެންބަރ 2018 | ބުދަ 14:37 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
 3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
 4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
 5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
 6. ޕްރިޔަންކާ އިނީ ބަލިވެ؟
 7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
 8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ވޯޓަށް ނުފޫޒް ފޯރުވުމަށް ބޮޑެތި އަގުތަކުގައި އައިޑީ ކާޑު ދަނީ ގަންނަމުން -- ރާއްޖެއެމްވީ

ވޯޓަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ސިފައެވެ. ވޯޓު ލުމުގެ ހައްގަކީ އެ ގައުމެއްގެ ރައްޔިތަކަށްވީތީ ލިބޭ އެންމެ ޝަރަފްވެރި އެއް ހައްގެވެ. ގައުމުގެ އެންމެ މަތީ ވެރިޔާ ހޮވުން ފަދަ މުހިންމު ކަންކަމުގައި މިނިވަން ކަމާ އެކު އެމީހަކަށް ފެންނަ އެންމެ ރަނގަޅު ގޮތް ބުނުމުގެ ހައްގު ވޯޓުގެ ޒަރީއާއިން ލިބިގެން ދިއުމަކީ، ގައުމުގައި ބޮޑެތި ކަންކަން ނިންމާ އިރު އެ ގައުމުގެ ރައްޔިތަކަށް ވީތީ އަދާ ކުރަން ޖެހޭ ގައުމީ ޒިންމާ އެކެވެ. އެންމެ ރަނގަޅު ގޮތުގައި ވޯޓު ލުމުގެ ހައްގުގެ ބޭނުން ހިފުމަކީ ގައުމީ ވާޖިބެކެވެ.

ކަން މިހެން އޮތް ނަމަވެސް، އެކަމާ މެދު ވިސްނުމެއް ފިކުރެއް ނެތި، މަދު ފައިސާކޮޅަކަށް ވޯޓު ގަނެ ވިއްކާ މީހުން ރާއްޖޭގައި އުޅެމުންދާކަމީ އެންމެން ދަންނަ ހަގީގަތެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދުވަސް ބޯމަތިވަމުން އަންނަ އިރު ލަދެއް ނެތި، މީހުންގެ ގާތައް ގޮސް ވޯޓު ގަންނަ ޓީމުތައް ރަށްރަށުގައި ހަރަކާތްތެރިވާން ފަށައިފިއެވެ. ހަމަ އެހެންމެ، ތިމަންނާގެ ވޯޓު ދޭނީ ތިމަންނާ އަށް މިވެނި ކަމެއް ކޮށްދޭ ނުވަތަ ނުވަތަ މިވެނި އަދަދަކަށް ފައިސާދޭ މީހަކަށް ކަމަށްބުނެ އުޅޭ މީހުންވެސް ފެންނަން ފަށައިފިއެވެ.

ވޯޓު ގަނެ ވިއްކުމުގެ އަމަލަކީ ފަގީރު ކަމާއި، ފުދުންތެރިކަން ކުޑަ ގައުމުތަކުގައި އަދި ވަކިން ޚާއްސަކޮށް ފަގީރު ގައުމުތަކުގެ ފަގީރު ހިސާބުތަކުގައި ހިނގަމުން އަންނަ ކަމެއް ކަމަށް ދިރާސާ ރިޕޯޓުތަކުން ހާމަވެފައިވެއެވެ. މިގޮތުން ފަގީރު ނިކަމެތިންނަށް ޓާގެޓްކޮށް ވޯޓު ގަންނަ މީހުން ފައިސާ އާއި، ތަކެއްޗާއި، އެކިއެކި ކަންކަން ކޮށްދިނުމަށް ވައުދުވެ، އެމީހެއްގެ ވޯޓު ފޭރިގަންނަކަން ދިރާސާތަކުން ހާމަވެފައިވެއެވެ. ސިޔާސީ މަންފާ އަށް ދަނޑިވަޅުގެ ބޭނުން ހިފައިގެން، ނިކަމެތި ކަމުގައި ރައްޔިތަކު ބައިތިއްބައިގެން ކޮންމެ ފަހަރަކު ވޯޓާ ކައިރި ވުމުން އެމީހުންގެ ފަގީރު ކަމުގެ ނާޖާއިޒު ފައިދާ ނަގާ ވޯޓުގަނެގެން ނަތީޖާ އަށް ނުފޫޒް ފޯރުވުމަށް މަސައްކަތް ކުރަނީ އެއްވެސް ލަދެއް ނެތިއެވެ.

ވޯޓު ގަނެވިއްކުމާބެހޭ ގޮތުން އޯޕަން ޑިމޮކްރަސީން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ، ނިކަމެތި ކަމާއި ފަގީރު ކަމުގެ ސަބަބުން، ވޯޓު ވިއްކާ މީހުންނަށް މުހިންމުވަނީ، ކުއްލި ފައިދާ އެއް ހާސިލް ކުރަން ކަމަށާއި، ވޯޓު ގަނެ ވިއްކުމުގައި ބައިވެރިވުމުގެ ސަބަބުން އޭގެ ނުރައްކާ ފަގީރު ނިކަމެތިންނަށް ގިނަ ފަހަރު ވިސްނިފައި ނޯންނަ ކަމަށެވެ. ވޯޓު ވިއްކުމުގެ ސަބަބުން، ކަރަޕްޝަން އާއްމު ވުމާއި، ޑިމޮކްރަސީ ބަލިކަށި ވުމާއި، ގައުމުގެ ހަމަޖެހުމާއި، ސިޔާސީ މަގާމްތަކަށް ހޮވޭ މީހުން ޒިންމާދާރު ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް އެއީ އެފަދަ މީހުންގެ ވިސްނުމުގައި ހުންނަ ކަންކަމަށް ގިނަފަހަރު ނުވެއެވެ.

ވޯޓު ގަނެ ވިއްކުމަކީ ސިޔާސީ މަގާމުތަކަށް ކަރަޕްޓް މީހުން އިންތިޚާބުވުމަށް ހުޅުވޭ ދޮރެކެވެ. ވޯޓު ގަނެގެން އިންތިޚާބުވާ މީހާ މަގާމަށް އެ އަންނަނީ ރިޝްވަތުގެ ނުފޫޒުންނެވެ. އެފަދަ މީހަކު ތެދުވެރިކަމާ އިޚްލާސްތެރިކަމާ އެކު މަގާމުގެ ޒިންމާތައް އަދާކުރާނެ ކަމަށް ދެކޭނީ ކިހިނަކުން ހެއްޔެވެ؟ ފެށިއިރު ބިންގާ އެއެޅީ ކައްޗަށެވެ. ދެން ކެއްޗާ ހަމައަށް ނެގިއަސް އެ އިމާރާތް އޮންނާނީ ކައްޗަށެވެ.

ދީނީ އިލްމްވެރިންގެ ނަޒަރުގައި ފައިސާ އަށް ވޯޓު ވިއްކުމުގެ ގޮތުން، އައިޑީކާޑު އެހެން މީހަކަށް ވިއްކުމަކީ، ނުވަތަ ވަކިކޮޅަކަށް ވޯޓު ދޭނެ ކަމަށް ވައުދުވެ ފައިސާ ނުވަތަ ތަކެތީގައި ހިފުމަކީ ހުއްދަވާނެ ކަމެއް ނޫނެވެ. ދީނީ އިލްމްވެރިން ސިފަކުރައްވާ ގޮތުގައި، ވޯޓު ވިއްކުމަކީ ރިޝްވަތުގެ ގޮތުގައި ބެލެވޭ ހުތުރުކަން ބޮޑު އަމަލެކެވެ. އެއީ ބޮޑުވެގެންވާ ލައުނަތް ހުރި ހަރާމް ކަމެވެ. ރިޝްވަތު ހިފުމަކީ ހަޑިމުޑުދާރު އަމަލެކެވެ. ރިޝްވަތުން ލިބޭ ފައިސާ އަކީ ދީނީ އިލްމްވެރިން ވިދާޅުވާ ގޮތުގައި، ބަރަކާތެއް ނެތް އެއްޗެކެވެ. އެއީ އަލިފާނެވެ. ރިޝްވަތު ކެއުމަކީ ބަނޑަށް އަލިފާން އެޅުމެވެ.

ގައުމީ މުހިންމު ވާޖިބެއް އަދާކުރުމުގެ ޒިންމާ އަދާކުރަން ޖެހޭ މުހިންމު ދަނޑިވަޅެއްގައި ފައިސާ ކޮޅަކަށް ތިމާގެ ޒިންމާ ވިއްކާލާ ގައުމަށް ވާނެ އެއްޗެއް ވާން ދޫކޮށްލާއިރު، ގައުމަށް އެ ވެވެނީ ކޮންފަދަ ބޮޑު ޚިޔާނާތެއް ތޯއެވެ. މުސްލިމުންގެ ގޮތުގައި ތިބެ އިސްލާމް ދީން ދެކެ ލޯބިވެއޭ ކިޔަމުން މި ކުރަނީ ކޮންފަދަ ބޮޑު ފާފައެއް ތޯއެވެ. ގައުމެއްގެ ހާލަތު އެ ގައުމެއްގެ ރައްޔިތުން ބަދަލު ކުރުމަށް މަސައްކަތް ނުކުރާހާ ހިނދު ކަލާނގެ ސަފުން އެ ހާލަތު ބަދަލު ނުވާނެ ކަން އެނގިތިބެ، ގައުމުގެ ހާލަތު ބަދަލު ކުރުމަށް ލިބޭ ފުރުސަތުގައި ތިމާގެ ވޯޓު ވިއްކާލާ ގައުމަށް ވާނެ އެއްޗެއްވާން ދޫކޮށްލަން ކެރޭނީ ކޮންފަދަ ގައުމީ ލޯތްބެއް ހިތުގައި އޮވެގެން ބާވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް