21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ރިޔާސީ އިންތިހާބު 2018

މިއީ ތާރީހްގެ ތެރެއަށް ވަދެގެންދާނެ އިންތިހާބެއް، ބަދަލުގައި ހުރިހާ ރައްޔިތުން ވެސް ބައިވެރިވޭ: އިބޫ

  • ތާރީހާއި، ސަގާފަތަކީ ގައުމެއް ކުރިއަރައި ދިއުމަށް މުހިންމު ބައެއް، ތާރީހާއި ސަގާފަތް ހިމާޔަތްކޮށް ރައްކާތެރިކޮށްދޭނަން
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 12 ސެޕްޓެންބަރ 2018 | ބުދަ 14:07 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. އަލިދީގެ ތާއީދު އިބޫއަށް!
  7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  8. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ


މަރޮއްޓަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން އިބޫއަށް މަރުހަބާ ދަންނަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ތާރީހްގެ ތެރެއަށް ވަދެގެންދާނެ އިންތިހާބެއް ކަމަށާއި، އެ ބަދަލުގައި ހުރިހާ ރައްޔިތުން ވެސް ބައިވެރިވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގޮވާލައްވައިފިއެވެ.

ށ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން ށ. މަރޮއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުންނަށް ބަސް ބުނުމަށް ލިބޭ ފުރުސަތަކީ ތާރީގެ ތެރެއަށް ވަދެގެންދާނެ ފަދަ އިންތިހާބެއް ކަމަށެވެ. އެހެންކަމުން އެ ބަދަލުގައި ހުރިހާ ރައްޔިތުން ވެސް ބައިވެރިވާންޖެހޭނެ ކަމަށާއި، ގެނެވޭ ބަދަލުވެގެންދާނީ ވެސް ތާރީހީ ބޮޑު ބަދަލަކަށް ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ކުރިއަށް 23 ސެޕްޓެމްބަރަކީ އައު ތަސްވީރެއް ފެނިގެންދާނެ ދުވަހެއް ކަމަށާއި، އެ ތަސްވީރުގައި ހުރިހާ ކުލައެއް ވެސް ހިމެނޭ ކަމަށެވެ. އެގޮތުން އެ ތަސްވީރުގައި ރީނދޫ ކުލަ އާއި، ރަތް ކުލައިގެ އިތުރުން ފެހި ކުލަ އާއި، ފިޔާތޮށި ކުލަ ވެސް ހިމެނޭކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ އެ އުފާ ވެސް ތަސްވީރުގައި ކުލަޖެހުމުން އަންނަ މަންޒަރު ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް ފެންނަވަމުން އަންނަ ކަމަށެވެ. އެމަނިކުފާނު ވަނީ ރައްޔިތުން ދައްކާ ހިތްވަރާއި ސަބާހަށް ޝުކުރު އަދާކުރައްވާފައެވެ.

މަރޮށި ރައްޔިތުންނާ މުހާތަބުކޮށް އިބޫ ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

މަރޮއްޓަކީ ތާރީހީ ގޮތުން ފާހަގަކޮށްލެވޭ ރަށެއްކަން ފާހަގަކުރައްވައި ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވީ އެ ރަށުގައި ހުރި ފަދަ ތާރީހީ ތަންތަން ރައްކާތެރިކުރުމަށް އެމަނިކުފާނުގެ ސަރުކާރުގައި ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށެވެ. އަދި ތާރީހާއި، ސަގާފަތަކީ ގައުމެއް ކުރިއަރައި ދިއުމަށް މުހިންމު ބައެއް ކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މަރޮށި، ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި އެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އެރަށާ މެދު އެމަނިކުފާނު ގެންގުޅުއްވާ ތަސައްވަރު ވެސް ހިއްސާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމެއްގައި މަރޮށި ބަދަރު ހައްދަވައިދެއްވާނެ ކަމަށާއި، ސިއްހީ ނިޒާމްގެ ފެންވަރު ރަނގަޅުކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެގޮޮތަށް ފެންވަރު ރަނގަޅު ޑޮކްޓަރުންނާއި، ލލެބޯޓްރީގެ ހިދުމަތްވެސް ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މަރޮށީގައި ބޭއްވި ކެމްޕޭން ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

ށ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅު އެމަނިކުފާނު މިއަދު ނިންމަވާލައްވާއިރު، ށ. އަތޮޅުގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ. އިބޫ އާއި ކެމްޕޭން ޓީމް ވަޑައިގަންނަވާ ކޮންމެ ރަށަކުން ވެސް ހޫނު މަރުހަބާއެއް ދަންނަވާކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މެޑަމް އައިޝާ

1 ހަފްތާކުރިން

ކާފަރުން އެދޭ ގޮތާ މުސްޅިމުން އެދޭގޮތް

0
0