22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސީ އިންތިހާބު 2018

ބިރު ދެއްކިޔަސް ފަހަތަކަށް ނުޖެހޭނަން: އިބޫ

  • ފުލުހުން ބުނަނީ އިބޫގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް
މުހައްމަދު ފަޒީން | phaxyn

| 12 ސެޕްޓެންބަރ 2018 | ބުދަ 14:04 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


އިބޫ: ކެމްޕެއިންގައި ށ. ފީވަކުގައި -- ފޮޓޯ: ރާއްޖެ އެމްވީ

ބިރު ދެއްކި ނަމަވެސް ކުރަން ނިކުމެ ހުންނެވި މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި ރިޔާސީ އިންތިހާބު ކާމިޔާބު ހޯއްދަވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ. 

ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި ބުދަ ދުވަހު އެ އަތޮޅު ފީވަކަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އިބޫ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިންމަން ރާއްޖޭގެ ގިނަ ރައްޔިތުން މިއަދު ބޭނުންވާ ކަމަށާއި އެހެންކަމުން އެ މަސައްކަތުގައި ފަަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. 

ބިރު ދެއްކި ނަމަވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަަމަށް އިބޫ އެ އިޝަރާތް ކުރައްވަނީ އެމަނިކުފާނުގެ ކެމްޕޭން މި ދަތުރުފުޅުގައި ނ. އަތޮޅު ހެނބަދޫގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އެމައްސަލަ ބަލާނެ ކަމަށް ފުލުހުން ބުނެފައިވާތީ ކަމަށް ބެލެވެއެވެ.

އިބޫ ވިދާޅުވީ މިސަރުކާރުގެ އަނިޔާވެރިކަން އިތުރަށް ތަޖުރިބާކުރަން ރައްޔިތުން ބޭނުން ނުވާ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޮޑު ތަނުން ކާމިޔާބުކުރާނެ ކަމަށެވެ. އިންތިހާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އޮތް ނަމަވެސް ވޯޓުލާ ދުވަހު ވޯޓުގެ ނަތީޖާ ނުލިބެނީސް ރައްޔިތުން ގެއަށް ނުދިއުމަށްވެސް އިބޫ ވަނީ އެދިވަޑައިގެންފަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް