19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:06
އިޝާ 19:17

ގޮނޑި ގެއްލުނު މައްސަލަ

ރައީސް ޔާމީން 12 މެމްބަރުންގެ ގޮނޑި ގެއްލުވާލި މައްސަލަ ކޯޓަށް ހުށަހަޅަނީ

 • ރައީސް ޔާމީންގެ ޝަރުތުތައް ފުރިހަމަ ވޭތޯ ބަލަން ޖެހޭ
 • އެމަނިކުފާނު ހައްޔަރު ކުރުމަށް ފުލުހުންނާއި ސިފައިންނަށް ގޮވާލެއްވި
 • ޤާނޫން އަސާސީއާ ޚިލާފްވި ކަމަށް ވިދާޅުވެފައި ވަނީ އަމިއްލަފުޅަށް
އަހުމަދު މުހުސިނު | dhonbandaara

| 12 ސެޕްޓެންބަރ 2018 | ބުދަ 13:11 | |

މަގުބޫލް

 1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
 2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
 3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
 4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
 5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
 6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
 7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
 8. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!


ގޮނޑި ގެއްލުވާލި 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުން ނޫސްވެރިންނަށް މައުލުމާތު ދެއްވަނީ -- އާކައިވް

ރައްޔިތުންގެ މަޖިލީހުގެ 12 ގޮނޑި ގެއްލުވާލީ ރައީސް ޢަބްދުﷲ ޔާމީން ކަމަށް އެމަނިކުފާނު އަމިއްލަފުޅު އެއްބަސްވެވަޑައިގެންފައިވާތީ އެކަން ބަލައިދިނުމަށް ކޯޓަށް ހުށަހެޅުމަށް ނިންމައިފިއެވެ. 

ޖުމްހޫރީ ޕާޓީގެ މައި އޮފީސް މ ކުނޫޒްގައި 12 މެމްބަރުންގެ ފަރާތުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ޤާނޫނީ އެއްވެސް ބާރެއް ރައީސް ޔާމީނަށް ލިބިވަޑައެއް ނުގަންނަވާ ކަމަށާއި މިއީ މުއައްސަސާތަކަށް ނުފޫޒް ފޯރުވައިގެން ހިންގެވި ޖަރީމާތަކެއް ކަމަށެވެ. އަދި އެކަން ފުލުހުންނާ ސިފައިން ބެލުމަށް ގޮވާލައްވާ ކަމަށެވެ.

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ އެމްޑީޕީ އާއި ޖޭޕީން ހޮވުނު މެންބަރުން ޕީޕީއެމަށް ވަޑައިގެންނެވިއިރު އެއްވެސް މައްސަލައެއް ނެތް ކަމަށާއި މިހާރު ވެސް ބައެއް މެމްބަރުން ޕީޕީއެމްގައި ތިއްބެވިއިރު ވެސް އެއީ މައްސަލައަކަށް ނުވާ ކަމަށެވެ. އަދި ރައީސް ޔާމީން ގެންގުޅުއްވަނީ ކަނޑުގެ ޤާނޫނު ނުވަތަ ޖަންގަލީގެ ޤާނޫނު ކަމަށާއި ބާރު ގަދަ މީހާ ބާރުގައި ކަންކުރާ އުސޫލު ކަމަށެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާގެ ކިބައިގާ ހުންނަންޖެހޭ ޝަރުތު ރައީސް ޔާމީންގެ ފުރިހަމަވޭތޯ ބަލަން ޖެހޭ ކަމަށާއި ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ އިންތައް ފަހަނައަޅާފައިވާކަން އަމިއްލަފުޅަށް އިއުތިރާފްވެ ވަޑައިގަންނަވާފައިވާތީ ފުލުހުންނާއި ސިފައިން އެކަން ބަލަން ޖެހޭ ކަމަށެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރ ވައްޑެ) ވިދާޅުވީ ކޯޓުގެ އެއްވެސް ކަމަކާ ބެހިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ތިނަދޫގައި ދެއްކެވި ވާހަކަފުޅުން އެނގިގެން ދަނީ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ ޚިލާފަށް ހާލަތުއް ޟަރޫރޫރާއޭ ވިދާޅުވެ ކަންކަން ކުރައްވާފައިވާކަން ކަމަށެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ވިދާޅުވީ މަޖިލިސް މެންބަރުން ހުވާކުރައްވަނީ ރައްޔިތުންނަށާއި ދިވެހި ޤައުމަށް އިޚްލާސްތެރިވުމަށް ކަމަށާއި ރައީސުލް ޖުމްހޫރިއްޔާ އަންގަވާހާ ގޮތަށް ކަންކުރަން ނޫން ކަމަށެވެ. ޕީޕީއެމް ދޫކުރައްވައި މެމްބަރުން ނުކުންނެވީ ޤާނޫނު އަސާސީއާ ޚިލާފްވެ ކުރައްވާ ކަންކަމުގެ ސަސަބަބުން ރައްޔިތުންގެ ޚިދުމަތްތަކުގެ އަގުބޮޑުވެ މުޅި މަޖިލިސް ފާލުން ނެއްޓުމުން ކަމަށެވެ. އަދި ރައްޔިތުންގެ ޙައްޤުގައި ކުރެއްވި ކަންކަމުގެ ސަސަބުން ޤާނޫނު އަސާސީ އާއި ޤާނޫނާ ޚިލާފަށް ގޮނޑި ގެއްލުވާ ނުލެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއް ލަތީފް ވިދާޅުވީ ހުރިހާ ކަމަކަށް ވެސް ރައީސް ޔާމީން އިއުތިރާފްވަމުން ދަނީ އަމިއްލަފުޅަށް ކަމަށާއި ސަލާމަތީ ޚިދުމަތްތަކުން މިހާރު ރައީސް ޔާމީން ހައްޔަރު ކުރަން ޖެހޭނެ ކަމަށެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ވިދާޅުވީ ރައީސް ޔާމީންގެ ބުއްދި ސަލާމަތުން ހުރިތޯ ބަލަން ޖެހޭ ކަމަށާއި އެއްވެސް މުއައްސަސާއަކުން އެކަން ނުކުރެވޭ ކަމަށް ވަންޏާ ރައްޔިތުން ނުކުމެ ކުރަން ޖެހޭ ކަމަށެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ ރައީސް ޔާމީނަކީ މިހާރު ބުއްދި ފަސްވެފައި ހުރި މީހެއް ކަމަށާއި އެފަދަ ވާހަކަތައް ދައްކަވަނީ އެހެންވެގެން ކަމަށެވެ. މުސްތަފާ ވެސް ވަނީ ފުލުހުންނާއި ސިފައިން ނުކުމެ އެމަނިކުފާނު ހައްޔަރު ކުރެއްވުމަށް ގޮވާލައްވާފައެވެ.

ޕްރެސް ނިންމަވާލައްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތު ވިދާޅުވީ މައްސަލަ ވެއްދުމަށްޓަކައި ޤާނޫނީ ވަކީލުންނާ އެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ 12 މެމްބަރުންގެ ފަރާތުން 8 މެމްބަރަކު މިގޮތަށް ވިދާޅުވެފައި މިވަނީ އެ 12 މެމްބަރުންގެ ގޮނޑި ގެއްލުވާލީ ރައީސް ޔާމީން ކަމަށް ގދ. ތިނަދޫގައި އެމަނިކުފާނު އަމިއްލަފުޅަށް ވިދާޅުވުމާ ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހ މ ޒ

7 ދުވަަސް ކުރިން

މާފުށީ ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީ މެންބަރުންނެވެ.

0
0