19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ސިވިލް ސަރވިސް މުވައްޒަފުން

ސިވިލް ސަރވިސް މުވައްޒަފުންނަށް ދޫކުރާ ފްލެޓް: އޭޕްރީލް މަހަށް ލިޔުން ހަވާލު ކުރުމަށް ބުނި ނަމަވެސް ހަވާލެއް ނުކުރޭ

  • 1000 ފްލެޓް ދޫކުރުމަށް އިއުލާނު ކުރެވުނު
  • ޖެނުއަރީ 15 ވަނަ ދުވަހާ ހަމައަށް ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލި
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 12 ސެޕްޓެންބަރ 2018 | ބުދަ 12:59 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ސިވިލް ސަރވިސް މުވައްޒަފުން ވެލޭނާ ބިލްޑިންގ ކައިރީގައި -- ފޮޓޯ: މުހައްމަދު ޝަރުހާން

ސިވިލް ސަރވިސް މުވައްޒަފުންނަށް ދޫކުރުމަށް ހުޅުވާލި ފްލެޓްތަކުގެ ލިޔުން ހަވާލުކުރުމަށް ކަނޑައެޅި ތާރީހު ފަހަނައަޅައި ގޮސްފައިވާއިރު އަދިވެސް ފްލެޓްތަކުގެ ލިޔުން ހަވާލު ނުކުރާކަން ހާމަވެއްޖެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 12 ވަނަ ދުވަހު ހައުސިންގ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ހުޅުމާލޭގައި އިމާރާތް ކުރުމަށް ސަރުކާރުން ކުރިން އިއުލާނުކޮށްފައިވާ 7،000 ފްލެޓްގެ ތެރެއިން 1،000 ފްލެޓް ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކުރެވިފައިވާ ކަމަށެވެ.

މި ފްލެޓްތަކަށް ހުޅުވާލާފައި ވަނީ ތިން ކެޓަގަރީއަށް ބަހާލައިގެންނެވެ. މުއިއްޒު ވިދާޅުވީ، މި ނިންމުމަކީ ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތިން ނިންމި ނިންމުމެއް ކަމަށާއި މި ފްލެޓްތަކުގެ ސަބަބުންވެސް މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލުތަކެއް ލިބިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެގޮތުން ސަރުކާރު މުވައްޒަފުންގެ 26 ޕަސެންޓަށް ބޯހިޔާވަހިކަން ކަށަވަރު ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ފްލެޓްތައް ދިނުމުގައި ތައުލީމީ ފެންވަރާއި ވަޒީފާގައި ދެމިހުރި މުއްދަތަކަށް ބަލާނެ ކަމަށާއި އަންނަ ނޮވެމްބަރު މަހުގެ 01 ފެށިގެން މުވައްޒަފުންނަށް ފްލެޓަށް ކުރިމަތިލެވޭނެ ކަމަށެވެ.

މި ފްލެޓްތަކަށް މިއަހަރުގެ 15 ޖެނުއަރީއާ ހަމައަށް ފުރުސަތު ހުޅުވާލެވުނެވެ.

ފްލެޓްތައް ދިނުމުގައި ދިރިއުޅުމުގެ ހާލަތަށް ބަލައި ގެދޮރުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތަކަށް ފްލެޓް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ފްލެޓްތައް ދޫކުރަނީ ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން ވަކި ލެވެލްއެއްގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ.

ސަރުކާރުން 1000 ފްލެޓް ސިވިލް ސަރވިސް މުވައްޒަފުންނަށް ހުޅުވާލާފައިވާ އިރު ފަންނީ އަދި މެނޭޖްމެންޓް ލެވެލްގެ މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް 300 ފްލެޓް ދެވޭ އިރު، އިދާރީ މަސައްކަތް ކުރާ ސްޓާފުންނަށް 300 ފްލެޓް ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ސަޕޯޓް ސާވިސް މަސައްކަތްކުރާ ސްޓާފުންނަށް 400 ފްލެޓް ލިބިގެންދާނެއެވެ.

މިދިޔަ އަހަރު އިއުލާނުކުރި 7000 ފްލެޓްގެ އިތުރަށް މިއަހަރު ވެސް 8000 ފްލެޓް އެޅުމަށް ކަނޑައަޅާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފައި ވެއެވެ. އެގޮތުން އަތޮޅުތަކުގައި ވެސް ފްލެޓް އިމާރާތްކުރާނެ ކަމަށް މިނިސްޓަރ މުއިއްޒު ވިދަޅުވިއެވެ.

ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހާއްސަކޮށްފައިވާ ފްލެޓްތަކަށް ބައެއް މުވައްޒަފުން ފޯމް ހުށަހަޅާފައިވާއިރު، ސިވިލް ސާވިސްގެ މުވައްޒަފުންނަށް މިހާތަނަށް ފްލެޓް ހަވާލު ކުރެވިފައިނުވަނީ ކީއްވެގެން ކަމެއް ހައުސިންގ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. މިކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ހައުސިންގ މިނިސްޓަރަށް ގުޅާ ލުމުން ފޯނަށް ޖަވާބުދެއްވާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް