| 30 ޖެނުއަރީ 2017 | ހޯމަ 23:05 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
2016 ވަނަ އަހަރުގެ ފަހު ކުއާޓަރއަށް ބަލާއިރު އާމްދަނީގެ ގޮތުގައި 643 މިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި 187 މިލިއަން ރުފިޔާ ދިރާގަށް ލިބިއްޖެ އެވެ. 2015 ވަނަ އަހަރުގެ ފަހު ކުއާޓަރ އާއި އަޅާ ބަލާއިރު ސާފު ފައިދާ މިވަނީ 15 ޕަސެންޓް އިތުރުވެފައެވެ.
2016 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް ބަލާއިރު 2016 ވަނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތަގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2015 ވަނަ އަހަރާއި އަޅާ ބަލާއިރު 10 ޕަސެންޓް ނުވަތަ 226 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.
2016 ވަނައަހަރު ސާފު ފައިދާގެ ގޮތުގައި 840 މިލިއަން ރުފިޔާ ލިބިފައިވެއެވެ. 2015 އާއި އަޅާ ބަލާއިރު މިއީ 16 ޕަސެންޓެގެ ކުރިއެރުމެކެވެ.
2016 ވަނަ އަހަރުގެ ތެރޭގައި ކުންފުންޏަށް ލިބުނު ރަނގަޅު ކާމިޔާބީގެ ފަހަތުގައި ވަނީ އަހަރުތެރޭގައި ކުންފުނީގެ ތްރީޖީ، ފޯޖީ އަދި ފައިބަރ ނެޓްވާރކް ހަރުދަނާ ކުރުމަށް ކުރެވުނު މުހިންމު އިންވެސްޓްމަންޓްތަކާއި ކަސްޓަމަރުންގެ ބޭނުންތަކާއި ގުޅޭގޮތަށް ފެކެޖްތައް ފަރުމާކުރުމަށް ކުރެވުނު މަސައްކަތްތަކެއް ކަމަށް ދިރާގުން ބުންޏެވެ.
ކަސްޓަމަރުން އެންމެ ބޭނުންވާ ހިދުމަތްތައް ކަމަށްވާ އިންޓަނެޓުގެ ހިދުމަތްތައް (3ޖީ އަދި 4ޖީގެ އިތުރުން) ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތްތައްވެސް މިވަނީ އެތައްގުނައަކަށް ފުޅާކޮށް ފުރިހަމަ ކުރެވިފައެވެ. އަދި މިހާރުވެސް ދިރާގުން ދަނީ ދިރާގުގެ ނެޓްވާކާއި އިތުރު ހިދުމަތްތައް ކުރިއެރުވުމުގެ މަސައްކަތައް ކެންޑިނޭޅި ކުރަމުން ކަމަށް އެކުންފުނިން ބުންޏެވެ.
ކުއަޓަރގެ ތެރޭގައި ކުރުވުނު މުހިންމު ސީ.އެސް.އާރް ހަރަކާތްތަކުގެ ތެރޭގައި ދިރާގު މޯލްޑިވްސް ރޯޑްރޭސް، ދިރާގު ސްޕެޝަލް ސްޕޯޓްސްމީޓް އަދި ކުޑަކުދިންނަށާއި ހާއްސާ އެހީއަށް ބޭނުންވާ އެކި ފަރާތްތަކަށް އެހީވުމުގެ ގޮތުން އެކި ޖަމިއްޔާތަކާއި އެކު މަސައްކަތްކުރުން ހިމެނެއެވެ. އަދި ޕާރލޭއާއި ބީމްއާއި ގުޅިގެން ޕްލާސްޓިކް ކޮތަޅާއި ފުޅި ބޭނުންކުރުން މަދުކުރުމުގެ އަޒުމުގައި ލޯންޗްކުރެވުނު "ފޮރ ދަ އޯޝަންސް" އަކީ އަހަރު ތެރޭގައި ލޯންޗްކުރެވުނު އެންމެ މުހިންމު އެއް ހަރަކާތެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް