19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

އިދިކޮޅު ކޯލިޝަން

ރައީސް ޔާމީން ވަނީ ފުލުހުންނާއި ސިފައިންނާ ދޭތެރޭ އިހްމާލްވެފައި: އަމީތު

  • އިމާރާތް ކުރަން ފެށުނީ 700 ސްޓާފުންގެ މުސާރައިން އަގު ނަގައިގެން
ހައްވާ މުހައްމަދު | @hawwimd

| 12 ސެޕްޓެންބަރ 2018 | ބުދަ 12:23 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު -- އާކައިވް

ފުލުހުންނާއި ސިފައިންނާއި ދޭތެރޭ ރައީސް ޔާމީންގެ ވެރިކަމުގައި ވަރަށް ބޮޑަށް އިހްމާލުވެފައިވާ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން 11 ސެޕްޓެމްބަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެމްބަރު އަމީތު ވިދާޅުވީ ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމިގެންދާއިރު ފުލުހުންނާއި ސިފައިންނަށް ބޯހިޔާވަހިކަން ލިބޭނެ އެއްވެސް މަގެއް ހޯއްދަވައި ދެއްވާފައިނުވާ ކަމަށާއި، ފުލުހުންނާއި ސިފައިންގެ ފްލެޓްގެ މަސައްކަތް ވެސް މިހާރު ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

އަމީތު ވިދާޅުވީ އެ ފްލެޓްތަކަކީ ފުލުހުންނާއި ސިފައިންގެ 700 ސްޓާފުންގެ މުސާރައިން އަގު ދައްކައިގެން އިމާރާތް ކުރަން ފެށި ފްލެޓްތައް ކަމަށާއި، 2014 ވަނަ އަހަރު އެ ފްލެޓަކަށް ފުލުހުންނާއި ސިފައިން ޑައުންޕޭމަންޓްގެ ގޮތުގައި 91200 (ނުވަދިހަ އެއްހާސް ދުއިސައްތަ) ރުފިޔާ ދައްކާފައިވާ ކަމަށެވެ.

މީގެ އިތުރުން 2016 ވަނަ އަހަރު މަގާމަށް ވަޑައިގެން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް، އެ އަހަރު ނިމުމުގެ ކުރިން އެ ފްލެޓްތަކަށް ސިފައިން ވައްދައިދޭނެ ކަމަށް ވިދާޅުވެފައިވާއިރު، ފްލެޓްތައް އިމާރާތްކުރާ ފަރާތަށް ފައިސާ ނުދީގެން މިހާރު އިމާރާތްކުރުން ހުއްޓުމަކަށް އައިސްފައިވާ ކަމަށް އަމީތު ވިދާޅުވިއެވެ. އަމީތު ވިދާޅުވީ މިއީ މި ރިޔާސީ ދައުރުގައި ފުލުހުންނާއި ސިފައިންނާ ދޭތެރޭ އިހްމާލުވެފައިވާ މިންވަރު ކަމަށާއި، ނަމަވެސް ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެ ފްލެޓްތަކަށް ވަދެވޭނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. 

"ވެރިކަމުގެ ފުރަތަމަ އަހަރު ސިފައިންނާއި ފުލުހުންނަށް މި ފްލެޓްތަކަށް ވަދެވޭނެ ކަމަށް ޔަގީންކަން އެއޮތީ ދެއްވާފައި. އެހެންވީމަ އަޅުގަނޑު ފުލުހުންނާއި ސިފައިންނަށް މި ގޮވާލަނީ ފުލުހުންނާއި ސިފައިންގެ ތެރޭގައި ތިބި މަދު ބަޔަކު މިހިންގާ ސިޔާސީ ހަރަކާތްތަކަށް އެބޭފުޅުން ތާއީދުނުކޮށް ދެއްވުމަށް. ސިޔާސީ ހަރަކާތްތަކަށް ތާއީދްނުކޮށް ދެއްވުމަށް،" އަމީތު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް