26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:02
އިޝާ 19:13

ނަވާޒު ޝަރީފުގެ އަނބިކަނބަލުން

ކުލްސޫމްގެ ޖަނާޒާއަށް ނަވާޒު ޝަރީފާއި ދަރިކަނބަލުން ޖަލުން ނެރެނީ

  • ކުލްސޫމް އަވަހާރަވީ 68 އަހަރުފުޅުގައި
  • އަވަހަރަވީ ކެންސަރު ބައްޔަށް ކޯމާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 12 ސެޕްޓެންބަރ 2018 | ބުދަ 11:37 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާ އިން ބޭރުގެ އޮބްޒަރވަރުން ހައިރާންކުރުވައިފި
  4. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް
  5. ކަސްޓަމްސްގެ އިސް މުވައްޒަފުންތަކެއް އިންތިޚާބީ ރައީސް އިބޫއާ ބައްދަލުކޮށްފި
  6. މުލިއާގެއިން ނެރުނީ ކޯންޗެއް ހެއްޔެވެ؟
  7. ދައުލަތުގެ ލިޔެކިޔުންތައް ނައްތާލާ، ޝްރެޑް ކުރަމުންދާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
  8. އަޅުގަނޑަށް އޮތީ 19 އަހަރުގެ ހުކުމެއް ކުރަން ތައްޔާރުކޮށްފައި: އިލްހާމް


ނަވާޒު ޝަރީފާއި ދަރިކަލުން މަރިޔަމް -- ދި ނިއުސް

އަންގާރަ ދުވަހު ނިޔާވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ކުލްސޫމް ނަވާޒުގެގެ ޖަނާޒާއަށް ފިރިކަލުން ނަވާޒު ޝަރީފާއި ދަރިކަނބަލުން ޖަލުން ނެރުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ކޮރަޕްޝަނުގެ މައްސަލައެއް ސާބިތުވެ 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ނަވާޒް ޝަރީފްގެ އަނބިކަނބަލުން ކުލްސޫމް ނަވާޒް އަވަހާރަވެފައި ވަނީ ކެންސަރު ބައްޔަށް ކޯމާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ލަންޑަންގައެވެ.

އެކަމަނާ އަވަހާރަވި އިރު ފިރިކަލުންގެ އިތުރުން ދަރިކަނބަލުން މަރިޔަމް ދަނީ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ. 

ރޮއިޓާސް އިން ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު ފަވާދު ޗައުދްރީއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ކުލްސޫމް އަވަހާރަވުމާ ގުޅިގެން ނަވާޒާއި ދަރިކަނބަލުން 12 ގަޑިއިރަށް ކުލްސޫމްގެ ޖަނާޒާއަށް ޖަލުން ނެރުއްވާނެއެވެ. 

"ނަވާޒުގެ އާއިލާ އިން ވަނީ ޖަނާޒާއަށް އެމަނިކުފާނާއި ދަރިކަލުން ބައިވެރިކުރުމަށް އެދިލައްވާފައި، އެހެންކަމުން އެ ހުއްދަ ވަނީ ދީފައި،" އިންފޮމޭޝަން މިނިސްޓަރު ފަވާދު ޗައުދްރީ ވިދާޅުވިއެވެ. 

ނަވާޒްގެ އަނބިކަނބަލުން ކުލްސޫމް

ނަވާޒް ޝަރީފްއާ ކުލްސޫމް ކައިވެނި ބައްލަވައިގެންފައިވަނީ 1971 ވަނަ އަހަރުއެވެ. އެ ކައިވެންޏަށް ވަނީ ހަތަރު ބޭފުޅުން ލިބިވަޑައިގެންފައެވެ. އެއީ ހަސަން، ހުސައިން، މަރިޔަމް އަދި އަސްމާއެވެ.

އޭގެ ތެރެއިން މަރިޔަމް ދަނީ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ. އުމުރުފުޅުން 68 އަހަރުގެ ނަވާޒް ޝަރީފާއި 44 އަހަރުގެ ދަރިކަނބަލުން މަރްޔަމް ނަވާޒް ޝަރީފް، ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ލަންޑަނުން ހަތަރުގެ ބައްލަވައިގަތުމުގައި ކުރައްވާފައިވާ ޚަރަދުތަކާއި އާމްދަނީއާ ނުބައްދަލު ކަމަށް ކޯޓުގައި ސާބިތުވުމާ ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް