17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ޕޮއިސް

ޕޮއިސްގެ ނަން މުޅި ރާއްޖޭގައި

  • ދުނިޔޭގެ ތަފާތު މަޝްހޫރު ދިހައަކަށް ވުރެ ގިނަ ބްރޭންޑުގެ ސެންޓު ލިބޭ
ރިޒުނާ ޒަރީރު | RiznaZareer

| 30 ޖެނުއަރީ 2017 | ހޯމަ 23:00 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. ރައީސްގެ ނިންމެވުމަށް ތައުރީފު
  8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


ޕޮއިސް -- ރާއްޖެއެމްވީ

މީރުވަސްދުވާ އަތަރާއި ހުވަނދު ލުމަކީ ދިވެހިންގެ ތެރޭގައި އެވޭލާ ޒަމާނުއްސުރެ އަށަގެންފައިވާ ރިވެތި އާދައެއްކަން މާޒީގެ ސޮފްޙާތަކުން އެނގެއެވެ. ޒަމާން ތަރައްޤީވެ މިއަދު މިކަމުގައި ވެސް މިވަނީ ޒަމާނީ ކުލަޖެހި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކެކޭ އެއްގޮތަށް މިކަން ވެސް ތަރައްޤީވެފައެވެ. ރީތި ފުޅި ފުޅީގައި ހުންނަ އެކި ބާވަތުގެ ސެންޓްގެ ބާވަތްތަކަށް އަޅުގަނޑުމެންގެ ހިތްތަކުން މިވަނީ މިއަދު ވަރަށް ބޮޑު ޖާގައެއް ދެވިފައެވެ. ސެންޓެއް ގަތުމަށް ސެންޓް ވިއްކާ ފިހާރައަކަށް ވަދެ އެންމެ ފުރަތަމަ ވެސް ބަލާލެވެނީ އެއީ އޮރިޖިނަލް ސެންޓެއްތޯ އާއި އެއީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ޖެހިލުމެއް ނުވެ ގަނެލެވޭނެ ފަދަ އަގެއްގައި ވިއްކާ ސެންޓެއްތޯ އެވެ. މީގެ އިތުރުން އެ ފުޅިއެއްގައި މީރު ވަހެއް އެކުލެވޭ ނަމަ އަވަހަށް ހަރުގަނޑުން ނަގައި ކޮތަޅަށް ލާންވީއެވެ. ސެންޓް ވިއްކާ ފިހާރަތައް މާލޭގައި ވަރަށް ގިނައެވެ. ނަމަވެސް މި ހުރިހާ ސިފަތަކެއް އެއްތާކުން ފެންނަ ހުރި އެންމެ ރަނގަޅު ފިހާރައެއްގެ ގޮތުގައި މި ވަގުތު ފާހަގަކުރެވެނީ "ޕޮއިސް" އެވެ.

 

މީރުވަސް ދުވާ ސެންޓުގެ އެކި ބާވަތްތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ޕާރިފިއުމްފޯ އެވްރީވަން މި އަޒުމާ އެކީ ޕޮއިސްގެ ނަމުގައި ސެޕްޓެމްބަރ، 9، 2009 ގައި މާލޭ ރަށްދެބައި މަގުގައި ހުޅުވުނު ފުރަތަމަ ފިހާރައަކީ ދިވެހިން އެންމެ ގަޔާވާ މީރުވަސްދުވާ ސެންޓްގެ ވިޔަފާރި ރީޓެއިލްކޮށް ވިއްކުމާއި ހޯލްސޭލް ކުރުމަށް ހުޅުވި ފިހާރައެކެވެ. ސެންޓުގެ ވިޔަފާރީގެ ކުރިބޯއްޓަށް ވާސިލްވުމަށް އެދުވަހު ޕޮއިސް އިން ފެށި ދަތުރު ނިޔާމަކަމާ އެކު ފައްސިއްޔަގައި ދަތުރުކުރަމުން ގޮސް މިއަދު މިވަނީ ހާހަކަށް ވުރެ ގިނަ ކުދި ވިޔަފާރިތަކަށް ސެންޓުގެ ސްޓޮކް ސަޕްލައިކޮށްދެވޭވަރުގެ ޤާބިލްކަން ހޯދާފައެވެ. ސެންޓުގެ ފެންވަރު ރަނގަޅު ބްރޭންޑްތައް އިތުބާރާ އެކު އަބަދުވެސް ލިބެން ހުންނަތަކަށް ޕޮއިސް މިވަނި ވެފައެވެ.

ޕޮއިސްގެ އަމާޒަކީ އިތުބާރާއި ޔަޤީން ކަމާ އެކު ދިވެހި ރައްޔިތުންނަށް ހެޔޮ އަގުގައި މީރު ވަސް ދުވާ ސެންޓުގެ ބްރޭންޑްތައް ފެންވަރު ރަނަގޅު ގޮތެއްގައި ފޯރުކޮށްދިނުމެއެވެ.


ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރީޓެއިލް ކަސްޓަމަރުން މެދުވެރިކޮށްގެން ކޮންމެ އަހަރަކު ވެސް ތަފާތު ޕްރޮމޯޝަންތައް ކުރިއަށްގެން ދެއެވެ. ގިނަ ހަދިޔާތަކަކާ އެކު ކުރިއަށްގެންދެވޭ މިފަދަ ޕްރޮމޯޝަންތަކަކީ ޕޮއިސްގެ ކަސްޓަމަރުން އުފަލާ އެކު ބަލައިގެންފައިވާ ޕްރޮމޯޝަންތަކެވެ. ޕޮއިސްއަކީ ދިވެހި މުޖުތަމައުގެ ހުރިހާ އުމުރުފުރާއަކަށް ޚާއްސަ ބްރޭންޑްތަކުގެ ސެންޓް ލިބެން ހުންނަ ތަނެކެވެ. ކުޑަކުދިންނާއި ޒުވާނުން އަދި އުމުރުން ދުވަސްވީ މީހުންނަށް ކަމުދާނެ ފަދަ ވަސްތައް ދެޖިންސެގެ މީހުންނަށް ވެސް މިދަނީ ފޯރުކޮށްދެމުންނެއެވެ.

 

ބޭރު ދުނިޔޭގެ މަޝްހޫރު އޮރިޖިނަލް ސެންޓް މިހާރު ޕޮއިސް އިން ލިބެން ހުރެއެވެ. އެގޮތުން ދުނިޔޭގެ ތަފާތު މަޝްހޫރު ދިހައަކަށް ވުރެ ގިނަ ބްރޭންޑުގެ ސެންޓުތަކަށް ޕޮއިސްގެ ހަރުގަނޑުތަކުން ވަނީ ޖާގަ ދެވިފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު ފެރިސްވެލީ، ލޮވީޒާ، ހޮޓް އައިސް، ފޮގް، ލުއިކާޑިން، އެރިސް، ވޯރލްޑްވަން ފަދަ ބްރޭންޑްތައް ހިމެނެއެވެ. މިސެންޓްތަކުގެ އިތުރުން ބޮޑީ ސްޕްރޭއަށް ވެސް ރާއްޖޭގައި ވަނީ ބޮޑު މަޤްބޫލުކަމެއް ލިބިފައެވެ. މީގެ 6 އަހަރު ކުރިން ފެށުނު މި ވިޔަފާރި އާންމުނާ ބައްދަލުކުރީ ރަތްދެބައި މަގުގައި ހުޅުވުނު އެންމެ ރީޓެއިލް ފިހާރައަކުން ނަމަވެސް މިއަދު އުފަލާ އެކު ފާހަގަކޮށްލަން ޖެހެނީ ޕޮއިސްގެ އިތުރު ޝޯޥް ރޫމެއް މާލޭގައި ހުޅުވިގެންދިޔަ ކަމެއެވެ.

އެގޮތުން މަޖީދީ މަގުގައި ހުޅުވި މިޝޯވްރޫމަކީ ކަސްޓަމަރުންނަށް ހިތް ފަސޭހަކަމާ އެކު ވިޔަފާރި ކޮށްލެވޭނެ ހިތް ފަސޭހަ ތަނެކެވެ. އަދި މާލެ އާއި މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅަކުން ވެސް ޕޮއިސް އިން ވިއްކާ ސެންޓާއި ބޮޑީ ސްޕްރޭގެ ބާވަތްތައް ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމީ އުފާ ކުރާ ކަމެކެވެ. އެހެންކަމުން މިއަދު ހއ. އިން ފެށިގެން ގޮސް އައްޑޫ އަތޮޅާ ހަމައަށް ވެސް ވަސްތައް ޕޮއިސް އިން ފަތުރާލަދީއެވެ. ޕޮއިސްގެ އެންމެ މުހިއްމު އެއް އަމާޒަކީ "ޕާފިއުމް ފޯ އެވްރީ ވަން: މީރު ވަސް އެންމެނަށް" ކަމަށް ވާތީ މިއަދު ފަޚްރުވެރިކަމާ އެކީ ދެންނެވޭނީ ޕޮއިސްގެ މީރުވަސް ނުވަންނަ ގޭބިސީއެއް މިއަދު ނެތް ކަމެވެ. ހެޔޮ އަގުގައި ލިބެން ހުންނާތީ އާއި ހުރިހާ އުމުރަކާ ގުޅޭ ސެންޓް ލިބެން ހުންނާތީ މިއަދު ޕޮއިސްއިން ވިއްކާ ސެންޓުގެ ހުރިހާ ބްރޭންޑްތަކަކީ މުޅި ރާއްޖޭގައި މަޤްބޫލު ބްރޭންޑްތަކަކަށް ވަނީ ވެފައެވެ. ޕޮއިސް އިން ކުރި މަގުގައި ވެސް މަސައްކަތްކުރާނީ ދިވެހިން ގަޔާވާ ފަދަ އާ ބްރޭންޑްތަކުގެ ސެންޓް ރާއްޖެ އެތެރެކޮށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް