16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

އަދީބުގެ ބަޔާން

ކާނަލް ނާޒިމް ފްރޭމް ކުރީ ސިފައިންގެ ޝޫޓިން ގެލަރީގައި އަޅުގަނޑު ބޭނުުން ކުރި ފިސްތޯލައިން: އަދީބު

  • ނާޒިމް ފްރޭމް ކުރީ ރައީސާއި ޝިޔާމް ރާވައިގެން ކަމަށް ތުހުމަތުކޮށްފައިވޭ
  • ޝިޔާމު ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުކޮށްފައިވޭ
މުހައްމަދު ފަޒީން | phaxyn

| 12 ސެޕްޓެންބަރ 2018 | ބުދަ 10:16 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  6. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  7. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


2014 ވަނަ އަހަރުގެ މެއި މަހު އެމްއެންޑީއެފްގެ ޝޫޓިން ގެލަރީ ހުޅުވި ރަސްމިއްޔާތުގައި އަދީބު -- ޓްވިޓަރ

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް ފްރޭމް ކުރީ ސިފައިންގެ ޝޫޓިންގ ގެލަރީއެއް ހުޅުވައިދީ އެތަނުގައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ބޭނުން ކުރެއްވި ފިސްތޯލައިން ކަމަށް އޭނާ އަމިއްލަފުޅަށް ވިދާޅުވެއްޖެއެވެ.

ސިފައިންގެ ޝޫޓިންގ ގެލަރީ ހުޅުވާފައި ވަނީ 2014 ވަނަ އަހަރުއެވެ. އެތަން ހުޅުވައި ދެއްވުމަށްފަހު، އަދީބު ވަނީ ފިސްތޯލައެއް ބޭނުން ކުރައްވައިގެން، އެތަނުގައި ޝޫޓު ކުރައްވާފައެވެ. ކާނަލް ނާޒިމްގެ ގެކޮޅުން ފެނުނު ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނުނު ކަމަށް ބުނެފައިވާއިރު، ސިފައިންގެ ޝޫޓިން ގެލަރީގައި ބޭނުން ކުރި ފިސްތޯލަ އެތަނުން ބޭރުވި ގޮތެއް އަދީބު ބުދަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައެއް ނުވެއެވެ.

އަދީބުގެ ފަރާތުން ގާނޫނީ ވަކީލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ނާޒިމް ފްރޭމްކޮށްފައި ވަނީ އަސްކަރިއްޔާގެ ހިންގަވަން ހުންނެވި އިސްބޭފުޅަކާއި ދައުލަތުގެ އިސް ބޭފުޅެއް ރާވައިގެން ހިންގާފައިވާ ޖަރީމާއެއްގެ ތެރެއިން ކަމަށެވެ. އެ ބަޔާނުގައި އެބޭފުޅުންގެ ނަންތައް ހިމަނާފައި ވިޔަސް، އަބުރުގެ ގާނޫނުގެ ދަށުން، އެއިން ބޭފުޅެއްގެ ބަހެއް ނެތި، އެ މީހުންގެ ނަންތައް ހާމައެއް ނުކުރެވެއެވެ.

ކާނަލް ނާޒިމް ފްރޭމްކޮށްފައި ވަނީ ސިފައިންގެ ޖެނަރަލަކު ސިފައިންގެ ތެރެއިން ކުރަން ބޭނުންވާ ވިޔަފާރީގެ "ޑީލް"ތަކާއި ކަންކަން ކުރުމަށް ފަސޭހަކުރުމުގެ ގޮތުން ކަމަށް އަދީބުގެ ބަޔާނުގައިވެއެވެ. ނަމަވެސް ޑިފެންސް މިނިސްޓަރުކަމުގެ މަގާމުގައި ނާޒިމް ހުންނަވައި، މާލެއިން ފެނުގެ ހިދްމަތް ކެނޑުނު ދުވަސްވަރު އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ ނާޒިމް ކަމަށް ވެފައި އަދި ނާޒިމަކީ ސިފައިންނާއި ރައްޔިތުންގެ މެދުގައި މަގްބޫލް ބޭފުޅަށް ވަމުންދާތީ އެކަމާ ސިފައިންގެ އިސް ޖެނަރަލަކާއި ދައުލަތުގެ އެންމެ އިސް ބޭފުޅަކު މަޝްވަރާ ކުރެއްވި ކަމަށް ވެސް އަދީބުގެ ބަޔާނުގައި ވެއެވެ.

އަދީބުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުން ނާޒިމް ވަކިކުރެއްވި ނަމަވެސް އަދީބު ފްރޭމް ކުރުމަށް އިސް މަސައްކަތްތަކެއް ކުރެއްވި ޖެނަރަލަކަށް މަގާމުގެ ކުރިއެރުން ލިބިވަޑައިނުގެންނެވި ކަމަށެވެ. އޭނާއަށް މަގާމުގެ ކުރިއެރުން ނުލިބުނީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދީދީގެ ފަޅިން، މޫސާ އަލީ ޖަލީލު ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމުން ކަމަށެވެ. 

އަދީބުގެ ބަޔާނާއި ގުޅިގެން ރައީސް އޮފީހުގެ ބަހެއް ހޯދުމަށް ތަރުޖަމާނު އިބްރާހީމް މުއާޒު އަލީއަށް ގުޅުން ކޮމެންޓެއް ކުރައްވަން ބޭނުން ނުވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އަދީބުގެ ބަޔާނުގައި އެމްއެންޑީއެފަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން، އެމްއެންއެފްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް