23 ސެޕްޓެންބަރ 2018 | އާދީއްތަ | 04 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ގދ ތިނަދޫ

ކަފުންކޮށްފައި އޮތް ސިހުރު ކަމަށް ބެލެވޭ އެއްޗެއް ތިނަދޫ ޖެޓީ ސަރަހައްދުން ފެނިއްޖެ

  • ފެނުނީ އަންގާރަ ދުވަހުގެ ރޭ
  • އޭގައި ރައީސް ޔާމީންގެ ފޮޓޯފުޅެއް އޮތް
  • ފުލުހުން ދަނީ ތަހުގީގް ކުރަމުން
އަހުމަދު މުހުސިނު | dhonbandaara

| 12 ސެޕްޓެންބަރ 2018 | ބުދަ 10:13 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ގދ. ތިނަދޫއިން ފެނުނު ސިހުރު ކަމަށް ބެލެވޭ އެތި -- އާކައިވް

ކަފުންކޮށް, ބަނދެފައި އޮތް ސިހުރެއް ކަމަށް ބެލެވޭ އެއްޗެއް ގދ. ތިނަދޫ ޖެޓީ ސަރަހައްދުން ފެނިއްޖެއެވެ.

ތިނަދޫން ރާއްޖެ އެމްވީއާ ވާހަކަ ދެއްކި މީހަކު ބުނީ އޭތި ފެނިފައި ވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި ފުލުހުން އެ ސަރަހައްދުގައި ޓޭޕް ދަމައިގެން ޗެކްކުރި ކަމަށެވެ.

އޭނާ ބުނީ ކަފުންކޮށް އައްސާފައިވާ އޭތީގެ މެދަށް ރައީސް ޔާމީންގެ ފޮޓޯފުޅެއް ލާފައިވާ ކަމަށާއި އެއީ އެހާ ދުވަސްވީ އެއްޗެއް ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ. އަދި މިހާރު ފުލުހުން ވަނީ އެ ފެނުނު ސިހުރު ކަމަށް ބެލެވޭ އެތި ގެންގޮސްފައި ކަމަށް ވެސް އޭނާ ބުންޏެވެ.

ސިހުރުކަމަށް ބެލެވޭ އެއްޗެއް ފެނިފައި މި ވަނީ ރައީސް ޔާމީން ގދ. ތިނަދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެރަށުން ފުރާވަޑައިގެންނެވި ފަހުންނެވެ.

މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ގދ. ތިނަދޫން ސިހުރު ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިގެން އެކަމުގެ ތަހުގީގް ކުރަމުންދާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ތަސީސް

2 ހަފްތާކުރިން

މިއީ ރައްޔިތުންގެ ހަމްދަރުދީ ހޯދުމަށް ޔާމީން އަމިއްލަ އަށް ކުރި ކަމެއް. މިކަމުގައި ބަންދުކުރާނީ ވެސް އެމްޑީޕީ މީހުން. ހަނދާންވޭތޯ އަފުރާސީމު އަވަހާރަކޮށްލި . މައްސަލާގައި ހައްޔަރުކުރީ އެމްޑީޕީގެ އެކްޓިވިސްޓުން ތަކެއް.

2
0
ފަޑަގުރާމު

2 ހަފްތާކުރިން

ސިހުރު ނުހަދާ ވަރެއްނޫނޭ!!

1
0