21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ރިޔާސީ އިންތިހާބު 2018

ތ. އަތޮޅަށް ފައިސަލް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމާލެއްވުމަށް ފުރާވަޑައިގެންފި

  • މި ދަތުރުގައި ފައިސަލް ވަނީ ޖުމްލަ 13 ރަށަކަށް ވަޑައިގެންފައި
  • ކިނބިދޫ އާއި ވިލުފުށީގައި ބޮޑު ޖަލްސާއެއް ވަނީ ބާއްވާފައި
މުހަންމަދު ވިސާމް | sampathmasiw

| 12 ސެޕްޓެންބަރ 2018 | ބުދަ 09:57 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!


ފައިސަލް ވިލިފުށިން ފުރާވަޑައިގަތުމުގެ ކުރިން ވިލުފުށީގެ ބައެއް ރައްޔިތުންނާ އެކުގައި -- ފޮޓޯ: ރާއްޖެ އެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގ މޭޓް ފައިސަލް ނަސީމް ތ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތ. އަތޮޅުގައި ޖަލްސާ ބޭއްވުމަށް ފަހު، ބުދަ ދުވަހު އެމަނިކުފާނު މާލެ ފުރާވަޑައިގެންނެވީ ވިލުފުށިންނެވެ. ފައިސަލް ވަނީ ދެ ދުވަހުގެ ތެރޭގައި ތ. އަތޮޅުގެ 13 ރަށަކަށް ވަޑައިގަންނަވާފައެވެ.

ފައިސަލް ތ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ހޯމަ ދުވަހު އެމަނިކުފާނު ވަނީ ކަނޑޫދޫއަށާއި، ހިރިލަންދޫ، ވަންދޫ، އޮމަދޫ، ވޭމަންޑޫގެ އިތުރުން ކިނބިދޫއަށް ވަޑައިގެންފައެވެ. ހޯމަ ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޖަލްސާ ބާއްވާފައި ވަނީ ކިނބިދޫގައެވެ. އެ އަށް ފަހު އަންގާރަ ދުވަހު ފައިސަލް ވަނީ ތިމަރަފުއްޓަށާއި، ގާދިއްފުށި، ގުރައިދޫ، ދިޔަމިގިލި އަދި މަޑިފުއްޓަށާއި ބުރުނިއަށް ވަޑައިގެންފައެވެ.

މިއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަން ތ. އަތޮޅަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ކުރާ ދެ ވަނަ ކެމްޕެއިން ދަތުރެވެ. ފައިސަލް ތ. އަތޮޅުގެ ހުރިހާ ރަށަކަށް މި ދަތުރުފުޅުގައި ވަޑައިގެންނެވިއިރު، އިބޫ ވަނީ ނިމިދިޔަ މަހުގެ ތެރޭގައި ތ. އަތޮޅު ރަށްތަކަށް ކެމްޕެއިން ކުރެއްވުމަށް ވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް