16 ޖެނުއަރީ 2019 | ބުދަ | 12 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:16
ފަތިސް 05:01

ޗައިނާގެ މުސްލިމުން

ޗައިނާގެ ކަންކަމާ ނުބެހުމަށް އދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ ވެރިޔާއަށް އިންޒާރު ދީފި

  • ޗައިނާ އިން ގެންދަނީ މިލިއަނެއްހާ މުސްލިމުން ހައްޔަރުކޮށްގެން އެ މީހުންގެ ދީން ބަދަލުކުރުވުމަށް މަސައްކަތްކުރަމުން
މިއުވާން މުހައްމަދު | Miuvaan

| 12 ސެޕްޓެންބަރ 2018 | ބުދަ 03:43 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ޗައިނާ ސަރުކާރުން ގެންދަނީ ފުލުހުން ބޭނުންކޮށްގެން މުސްލިމުންނަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާކުރަމުން -- ރޮއިޓަރސް

ޗައިނާގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް އެޤައުމުން ސަރުކާރުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ އެންމެ އިސްވެރިޔާ ވިދާޅުވެފައި ވަނިކޮށް، ޗައިނާގެ ދާޚިލީ ކަންކަމާ ނުބެހުމަށް އޭނާއަށް ޗައިނާ އިން އިންޒާރު ދީފިއެވެ.

އދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ އެންމެ އިސްވެރިޔާގެ މަޤާމާ އަލަށް ހަވާލުވެވަޑައިގެންނެވި މިޝޭލް މިޝޭލް ބެޝެލޭ އެންމެ ފުރަތަމަ ކުރެއްވި އެއްކަމަކީ ޗައިނާއިން އެޤައުމުގެ މުސްލިމް އާބާދީ ކޭމްޕްތަކުގައި ބަންދުކޮށްގެން ދެމުންދާ އަނިޔާއާ ދެކޮޅަށް ވާހަކަ ދެއްކެވުމެވެ. ޗައިނާގެ ކޭމްޕްތަކުގައި މިލިއަނެއްހާ މުސްލިމުން ބަންދުކޮށްގެން އެ މީހުންނަށް އަދަބު ދެމުންދާކަން އދ. ގެ ހައްޤުތަކާ ބެހޭ ޕެނަލަކުން ވަނީ މިދިޔަ މަހު ހާމަކޮށްފައެވެ. 

ޗިލޭގައި 2 ދައުރު ވެރިކަން ކުރެއްވި ބެޝެލޭ ވަނީ ބައިނަލްއަޤްވާމީ މޮނީޓަރުންނަށް ޗައިނާއަށް ގޮސް، ޙާލަތު ވަޒަންކުރުމަށް ފުރުސަތު ދިނުމަށް ވެސް ބެއިޖިންގ އަށް ގޮވާލައްވާފައެވެ. 

އެހެން ނަމަވެސް ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ގެންގް ޝުއާންގް ވިދާޅުވީ ބެޝެލޭ އެކަމަނާގެ މެންޑޭޓާއި، އދ. ގެ ޗާޓަރަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭ ކަމަށެވެ. އަދި ޗައިނާގެ ސިޔާދަތާއި މިނިވަންކަމާއި ބެހިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

ޗައިނާއިން ގެންދަނީ މުސްލިމުންނާ މެދު އެޤައުމުން އަމަލުކުރަމުންދާ ގޮތާ ބެހޭ ގޮތުން ބައިނަލްއަޤްވާމީ މުޖްމަތަމައުން ދައްކާ ވާހަކަތައް ދޮގުކުރަމުންނެވެ. އެހެން ނަމަވެސް މުސްލިމުން ބަންދުކޮށްގެން އުޅޭ ކަމަށް ދާދި ފަހުން އެޤައުމުން ވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް ޗައިނާ އިން ބުނަނީ އެކަން ކުރަނީ އެޤައުމުގެ ޤައުމީ ސަލާމަތަށް ނުރައްކާ ވާތީ ކަމަށެވެ. 8 މިލިއަން މުސްލިމުންގެ އާބާދީއެއް އޮންނަ ޝިންޖިއާންގައި މުސްލިމުންނަށް ޗައިނާ ސަރުކާރުން ގެންދަނީ އެކި ގޮތްގޮތުން ދަތިކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އދ ގެ ޖަނަވާރުތަކާބެހޭ އިސްވެރ

4 މަސް ކުރިން

ކަލޭމެން މިދުވަސް ކޮޅު ޖަނަވާރުތަކުގެ ހައްގުގެ ވާހަކަ އެއްފަރާތް ކޮށް އަބަދު އިންސާނުންގެ ހައްގުގެ ވާހަކަ ދައްކަންޔާ ބޮޑު އެއް ފިޔަވަޅު އަޅަންޖެހިދާނެ!

0
0