16 ޖެނުއަރީ 2019 | ބުދަ | 12 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:16
ފަތިސް 05:01

ސްޕެނިޝް ލަލީގާ

ލަލީގާގެ މެޗެއް އެމެރިކާގައި ކުޅުމުގެ ހުއްދައަށް އެދިއްޖެ

  • މި މެޗް އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 26 ގައި
މިއުވާން މުހައްމަދު | Miuvaan

| 12 ސެޕްޓެންބަރ 2018 | ބުދަ 01:48 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ބާސާ އާއި ގިރޯނާގެ މެޗެއް -- ގެޓީ އިމޭޖާސް

ސްޕެނިޝް ލަލީގާގައި ބާސެލޯނާ އާއި ގިރޯނާ ކުޅުމަށް ހަމަޖެހިފައިވާ މެޗެއް އެމެރިކާގައި ކުޅުމުގެ ހުއްދައަށް އެ ދެ ކްލަބާއި، ލަލީގާއިން ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަނުގެ ކިބައިން އެދިއްޖެއެވެ. 

މިއީ މީޑިއާ ކުންފުންޏެއް ކަމަށްވާ ރިލެވެންޓްއާ އެކު ސްޕެނިޝް ލަލީގާއިން ހަދާފައިވާ 15 އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުން އަހަރަކު އެއް މެޗު އެމެރިކާގައި ކުޅުމަށް އެއްބަސްވެފައި ވާތީ ކުޅެން ޖެހޭ މެޗެކެވެ. ލަލީގާ އިން އެދިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެެމެރިކާގެ މަޔާމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި މި މެޗު ބޭއްވުމަށެވެ. މިއީ ގިރޯނާގެ ހޯމް މެޗެކެވެ. 

މި މެޗު ކުޅުމަށް އެމެރިކާގެ ފުޓުބޯޅަ ފެޑެރޭޝަނާއި ޔޫރަޕްގެ ފުޓުބޯޅައިގެ މައި އިދާރާ ޔުއޭފާގެ އިތުރުން އެމެރިކާ ސަރަހައްދުގެ ފުޓުބޯޅައިގެ މައި އިދާރާ ކޮންކަކާފްގެ ހުއްދަ ބޭނުންވާނެއެވެ. މީގެ ކުރިން އެމެރިކާގެ ފުޓުބޯޅަ އިދާރާގެ ވެރިން މިމެޗު އެމެރިކާގައި ކުޅުމާ ދެކޮޅަށް ވާހަކަ ދައްކާފައި ވެއެވެ.

ސްޕެއިންގެ ފުޓުބޯޅަ ކުޅުންތެރިންގެ ޖަމްއިއްޔާ އިން ވެސް ވަނީ މެޗު ސްޕެއިން އިން ބޭރުގައި ކުޅޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެން ނަމަވެސް އެޖަމްއިއްޔާ އިން ބުނީ މެޗާ މެދު ފަހުގެ ބަސް ބުނާނީ ދެ ޓީމުގެ ކުޅުންތެރިން ކަމަށެވެ.

އެމެރިކާގައި ކުޅެން މަސައްކަތްކުރާ މެޗަކީ ގިރޯނާގެ ހޯމް މެޗެއް ކަމުން އެޓީމުގެ ސަޕޯޓަރުންނަށް ފަސޭހަ ގޮތްތަކެއް ހަދައިދިނުމަށް ކްލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސީޒަން ޓިކެޓް ނަގާފައިވާ ފަރާތްތަކަށް 1500 ޓިކެޓް މަޔާމީއަށް ދިޔުމަށް ހިލޭ ދިނުމަށް ނިންމާފައިވާއިރު، މެޗު ނިންމާފައި އަނބުރާ އަންނަ ގޮތަށް ނުވަތަ ހަފްތާ ބަންދު މަޔާމީގައި މަޑުކޮށްފައި އަންނަ ގޮތަށް ވެސް ޕެކޭޖް ނެގޭނެއެވެ. އެމެރިކާއަށް މެޗު ބަލަން ދެވެން ނެތް މީހުންނަށް އަންނަ ސެޕްޓެމްބަރު 23 ގައި ބާސެލޯނާގެ ކޭމްޕް ނޫގައި ކުޅޭ އަވޭ މެޗަށް 5000 ޓިކެޓް ހިލޭ ދިނުމަށް ނިންމާފައިވާއިރު، ސީޒަން ޓިކެޓުން 20 އިންސައްތަ ޑިސްކައުންޓް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް