17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ިރިޔާސީ އިންތިޚާބު 2018

ރައީސް ޔާމީން ކުރައްވާފައިވާ ކުށްތަކަށް އިންސާފުވެރި ޝަރީއަތެއް ހިންގާނަން: ހިސާން

  • ސިހުރު ހާހޫރާއި ކޮރަޕްޝަން އޯކޭއެއް ނޫން
ހައްވާ މުހައްމަދު | @hawwimd

| 11 ސެޕްޓެންބަރ 2018 | އަންގާރަ 23:38 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


އެމްޑީޕީގެ ލީގަލް ޑައިރެކްޓަރ ހިސާން ހުސެއިން -- މޯލްޑިވްސް އަޕްރައިޒިންގް

ރައީސް ޔާމީން ކުރައްވާފައިވާ ކުށްތަކަށް އިންސާފުވެރި ޝަރީއަތެއް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ސަރުކާރެއްގައި ހިންގަވާނެ ކަމަށް އެމްޑީޕީގެ ލީގަލް ޑައިރެކްޓަރ އަލްއުސްތާޛް ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ށ. ފޯކައިދޫގައި އަންގާރަ ދުވަހުގެރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ހިސާން ހުސެއިން ވިދާޅުވީ އެމަނިކުފާނު ކުރައްވާފައިވާ ގިނަ ކުށްތަކަށް އަމިއްލައަށް އިއުތިރާފް ވެވަޑައިގަންނަވަމުން އެބަގެންދަވާ ކަމަށެވެ.

ހިސާން ވިދާޅުވީ އެ މަނިކުފާނު ކުރައްވާފައިވާ ކުށްތަކުގެ ޝަރީއަތް ހިންގުމަށް އެންމެ ބޮޑަށް ބޭނުންވަނީ އަމިއްލައަށް އެކަމަށް އިއުތިރާފްވުން ކަމަށާއި، އެކަން މިހާރު ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައްޔިތުންނަށް ވައްކަމާއި ކޮރަޕްޝަން އޯކޭ އެއް ނޫން ކަމަށާއި، އެމީހުން މިއަދު ބޭނުންވަނީ އެމީހުންގެ ހައްގުތައް ހޯދައިދޭނެ ވެރިއެއް ކަމަށް ހިސާން ވިދާޅުވިއެވެ. އެކަން ރައްޔިތުންނަށް ކޮށްދެއްވާނީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށާއި، އެ މަނިކުފާނަށް ރައްޔިތުންގެ އުދާސްތައް ވަރަށް ރަނގަޅަށް އެގިވަޑައިގަންނަވާނެ ކަމަށް ހިސާން ވިދާޅުވިއެވެ. ދިވެހި ރައްޔިތުންނަށް ސިހުރު ހާހޫރު އޯކޭ އެއް ނޫން ކަމަށާއި، ނުހައްގުން މީހުން ޖަލަށް ލާންވެސް އޯކޭ ނޫން ކަމަށް ހިސާން ވިދާޅުވިއެވެ.

"ރައްޔިތުން ބޭނުންވާ ގިނަ ވައުދުތަށް ނުފުއްދި ހުރިތަން މި ފެންނަނީ ރަށްރަށަށް އައީމަ. ރައްޔިތުންގެ އުދާސްތަށް އިނގޭ. އެހެންވީމަ ފެނާއި، ނަރުދަމާ ދެއްވާނެ ކަމަށް އަޅުގަނޑުމެންގެ ކެންޑިޑޭޓް އެ ވިދާޅުވަނީ. ފެނާއި ނަރުދަމާ އަކީ އަސާސީ ހައްގެއް. އެއީ ހެޔޮ ކަމުން ކޮށްދޭން ޖެހޭ ކަމެއް ނޫން. އެއީ ރައްޔިތުންނަށް ލިބެންޖެހޭ އެއްޗެއް،" ހިސާން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް