18 އޭޕުރިލް 2019 | ބުރާސްފަތި | 11 އައްސިދަ
11 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:58
ފަތިސް 04:45

ރިޔާސީ އިންތިޚާބު 2018

ށ. އަތޮޅަށް އިބޫ ގިނަ ވައުދުތަކެއް ވެވަޑައިގެން، ރައްޔިތުން ހެއްވާލައިފި

  • ފޮނަދޫގައި އެއަރޕޯޓް އެޅުމުގެ މަސައްކަތް ކުރިއަަށްދާނެ
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 11 ސެޕްޓެންބަރ 2018 | އަންގާރަ 23:34 | |

މަގުބޫލް

  1. ރައީސްގެ ސްޕެޝަލް އެންވޯއިގެ މަގާމުން ޖާބިރު ވަކިކުރަނީ!
  2. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  3. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  4. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  5. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  6. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  7. ބްރޯޑްކޮމް މިހާރު ހުދުކާފޫރަށް ވީތޯ؟
  8. ބޮޑު ހިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް ނަގައިފި


ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި އިބޫ ވާހަކަފުޅު ދައްކަވަނީ: ށ. އަތޮޅަށް ގިނަ ވައުުދުތަކެއް ވެވަޑައިގެންނެވި -- ފޮޓޯ: ރާއްޖެ އެމްވީ

ށ. އަތޮޅުގެ ގިނަ ރަށްތަކަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ގިނަ ވައުދުތަކެއް ވެވަޑައިގެން، ރައްޔިތުންނަށް އާ އުއްމީދެއް ގެނެސް ދެއްވައިފި އެވެ.  

ށ. ފޯކައިދޫގައި އަންގާރަ ދުވަހުގެރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އިބޫ ވަނީ ކެމްޕެއިނަށް ވަޑައިނުގެންނެވުނު ރަށްތަކަށް ވެސް އެމަނިކުފާނުގެ ސަރުކާރުގައި ކޮށްދެއްވާނެ ކަންކަން ހާމަ ކުރައްވާފައި އެވެ. 

ފޯކައިދޫގެ ބަނދަރު ބޭނުން ކުރުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައި ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ ރަށުގެ ހެލްތު ސެންޓަރުން ރަނގަޅު ފެންވަރުގެ ޚިދުމަތެއް ނުލިބޭކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ހެލްތު ސެންޓަރަކީ 24 ގަޑިއިރު ޚިދުމަތް ލިބޭ ތަނަކަށް ހައްދަވާނެ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެރަށުގެ އިންޖީނުގެ ހުރިތަނުން އެހެން ތަނަކަށް ބަދަލުކޮށް، ކަރަންޓުގެ ހިދުމަތް ރަނގަޅު ކޮށްދެއްވާނެ ކަމަށެވެ. އަދި ސްކޫލް ބޮޑުކޮށް، ކިޔަވައިދިނުން އެއް ދަންފަޅިއަށް ބަދަލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނޫމަރާ އަށްވެސް އެމަނިނުފާނު ވެވަޑައިގެންނެވި އެއް ވައުދަކީ އެ ރަށުގެ ބަނދަރު ބޭނުން ކުރުމަށް ދިމާވެފައިވާ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމެވެ. އަދި ސިއްހީ މަރުކަޒު ފެންވަރު ރަނގަޅު ކޮށްދެއްވާނެ ކަމަށް ވައުދު ވެވަޑައިގެންނެވި އެވެ. 

އެމަނިކުފާނު ވިދާޅުވީ ބިލެތްފަހީގައި އެއަރޕޯޓް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވާހަކަ ދެކެވިފައި އެބަ އޮތް ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި އެކަން ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމަށެވެ. އަދި އެހެންމެ އެރަށުގެ ވެސް ބަނދަރު ބޭނުން ކުރުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ނަރުދޫ އަށް އެމަނިކުފާނު ވެވަޑައިގެންނެވި އެއް ވައުދަކީ އެ ރަށުގައި ހުރި ސިއްހީ މަރުކަޒު ބޮޑު ކުރުމެވެ. އަދި ހަމައެއާއިއެކު ސްކޫލް އެއް ދަންފަޅިއަށް ބަދަލުކޮށް، އެރަށުގައި ވެސް އިންޖީނުގެ ހުރި ތަން އެރަށުގެ ރައްޔިތުން ބޭނުންވާ ގޮތައް އެހެން ތަނަކަށް ބަދަލު ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މާއުނގޫދޫގައި ހުރި ސްކޫލުގައި މަލްޓިޕަރޕަސް ހޯލެއް އަޅައިދިނުމުގެ އިތުރުން އެރަށުގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަންގާރަ ދުވަހުގެރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގެ ތެރެއިން

އިބޫގެ ވެރިކަމެއްގައި މިހާރުވެސް ވެރިކަން ކުރަމުންދާ ރަށް ފޮނަދޫގައި ހުރި ބައެއް އިދާރާތައް އެހެން ތަންތަނަށް ބަދަލު ކުރައްވާނެ ކަމަށް ދައްކަމުންދާ ވާހަކައަށް އެމަނިކުފާނު ވަނީ އެ ޖަލްސާގައި ރައްދު ދެއްވާފައެވެ. މި ގޮތުން އަތޮޅު ކައުންސިލް އިދާރާ ވެސް އަދި އެހެން އިމާރާތެއް އެ ހުރިތަނުން އެހެން ރަށަކަށް ބަދަލު ނުކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އެހެންމެ އެރަށުގައި އަޅަން ނިންމާފައިވާ އެއަރޕޯޓްގެ މަސައްކަތް ވެސް އެމަނިކުފާނުގެ ވެރިކަމެއްގައި ބާރު ސްޕީޑްގައި ކޮށް ނިންމާލެވޭނެ ކަމަށާއި، އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތް ވެސް ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަން ފޮނަދޫއަށް ދެއްވި އެވެ. އޭގެ އިތުރުން އެރަށުގައި އަލަށް ހެދި ގެތަކަށް ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ށ. އަތޮޅުގައި ވެސް ޓޫރިޒަމް ފުޅާކުރުމަށްޓަކައި އެ އަތޮޅު ނަލަންދޫގައި ރިސޯޓު ހެދޭނެ ގޮތެއް އޮތްތޯ ބައްލަވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.  

ހާރިޖީ ސިޔާސަތަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ، ދުނިޔެއަކީ އެއް ބަޔަކު އަނެއް ބައެއްގެ މަޝްވަރާއާއި މަދަދު ލިބިގެން ކުރިއަށް ދެވޭނެ ތަނެއް ކަމަށާއި ކޮމަންވެލްތުން ވަކިވެ، ޔޫރަޕިއަން ޔޫނިއަންއަށް ފާޑު ކިޔައިގެން ހޯދޭނެ ތަރައްގީއެއް ނޯންނާނެ ކަމަށެވެ. އިބޫ ވިދާޅުވީ ތަރައްގީ މިނެކިރަނީ އަމާންކަމުގެ މައްޗަށް ކަމަށެވެ.   

"މިއަދު މި ރާއްޖޭގެ ހާލަތަކީ، އެއް ބަޔަކު ތިބީ ގޭގެ ކުލި ނުދެއްކި ހާސްކަމެއްގެ ތެރޭގައި. އަނެއް ބަޔަކު ބޭސް ފަރުވާ ނުލިބިގެން އެކަމުގެ ހާސްކަން މަތީ. މަސްވެރިންނާ އޮޑިވެރިން ތިބީ ލޯނު ނުދެއްކި ހާސްކަމެއްގެ ތެރޭގައި. މައިންބަފައިން ތިބީ މަސްތުވާތަކެތިން ދަރިން ސަލާމަތްނުވެގެން އެކަމުގެ ކަންބޮޑުވުންމަތީ، ވިޔަފާރިވެރިން ތިބީ މީރާއިން ކޮށްފާނެ ޖޫރިމަނާއަކާއި ހެދި ބިރުވެރިކަމެއްގެ ތެރޭގައި. ޒުވާނުން ތިބީ ވަޅިޖަހާފާނެތީ ބިރުން،" އިބޫ ވިދާޅުވިއެވެ.  

ދިވެހިން ތިބީ މި އަނިޔާވެރިކަމާ ހެދި ހާސްކަމެއްގެ ތެރޭގައި ކަމަށާއި ނަމަވެސް ރާއްޖެއަކީ އާމާން މާހައުލަކަށް ހައްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.  ފޯކައިދޫ އަކީ މާލެއިން އުތުރުގައި އޮތް އެންމެ ގިނަ މަސްވެރިން ތިބި ރަށްކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ސަރުކާރުން އެރަށަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މާރިޔާ

7 މަސް ކުރިން

މިޖަލްސާގައި 3 މިލިޔަނެއްހާ ދިވެހިންތިބޭނެ

0
0
ބޮޑޭ

7 މަސް ކުރިން

ށ.ކޮމަންޑޫ މި މެނިފެސްޓޯގަ ނުހިމެނޭތޯ.... އަދިވެސް ވޯޓުލާތި... ކޮމަންޑޫ މީހުން ބޭކާރު

1
1