16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރިޔާސީ އިންތިޚާބު 2018

އިސްލާމީ ވެރިންނަކީ ހުސް އަނގަ ތަޅާ ބައެއް ނޫން: އަލީ ޒާހިރު

  • މި ގައުމުގައި މިހާރު ހުރި ވެރިމީހާގެ ފުށުން ފެންނަނީ މުޅިން ދިމާ އިދިކޮޅު ސިފަތަށް ކަމަށް ވިދާޅުވި
އާމިނަތު ނުޒުހާ | nuzu8121

| 11 ސެޕްޓެންބަރ 2018 | އަންގާރަ 23:26 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  6. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  7. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު -- ފޮޓޯ: ރާއްޖެ އެމްވީ

އިސްލާމީ ވެރިންނަކީ ހުސް އަނގަ ތަޅާ ބައެއް ނޫންކަމަށާއި، އަމަލީ ގޮތުން އެކަން ފެންނަން ޖެހޭކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ށ. ފޯކައިދޫގައި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބައިވެރިވަޑައިގެންނެވި ކެމްޕެއިން ޖަލްސާގައި އަންގާރަ ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ، އިސްލާމީ ތާރީހުގައި އަދުލުވެރި ވެރިންގެ ކިބައިން ފެނިގެން ގޮސްފައިވަނީ، އަމަނާތްތަކަށް ރައްކާތެރިވުމާއި، ތެދުވެރިކަން ކަމަށެވެ. އެހެންނަމަވެސް މި ގައުމުގައި މިހާރު ހުރި ވެރިމީހާގެ ފުށުން ފެންނަނީ މުޅިން ދިމާ އިދިކޮޅު ސިފަތަށް ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

"މި ރައީސްގެ ފަރަތުން ގޯހެއް ފެނުނީމައި އެވާހަކަ ދައްކާމީހަކަށް ނަމަ ޓެރެެރިޒަމްގެ ހުކުމްކޮށް ޖަލަށް ލަނީ. މީތޯ އިސްލާމް ދީނަކީ. މި އިސްލާމް ދީނުގެ ވާހަކަ ތޯ އަބަދު މި ދައްކަނީ،" އަލީ ޒާހިރު ވިދާޅުވިއެވެ.

އިސްލާމް ދީނޭ ކިޔައިގެން ސަރުކާރުން ވޯޓު ހޯދުމުގެ ބޭނުމުގައި މަކަރުވެރި ރޭވުމުގެ ދަށުން ދީން ހަތިޔާރަކަށް ބޭނުންކުރަމުން ގެންދާކަމަށް އޭނާ ވިދާޅުވިއެެވެ. އެފަދަ ވާހަކަތަކަށް ދިވެހި ރައްޔިތުން ނުހެއްލުމަށް އަލީ ޒާހިރު ގޮވާލެއްވިއެވެ. އޭނާ ވިދާޅުވީ އެއީ އޮޅުވާލުމެއް ކަމަށާއި، އެއީ "ދީނީ ކާޑު" ކުޅުމަށް ދައްކާ ވާހަކައެއްކަމަށެވެ.

ނިމިގެން މި ދިޔަ ފަސް އަހަރުގެ ތެރޭގައި އެއީ، ހަގީގަތެއް ނެތް ހޮޅި ވާހަކަތަކެއްކަން ސާފުވެގެން ހިނގައްޖެކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. ދީނުގައި އޮންނަނީ، މީހުންގެ މުދަލަށް ރައްކާތެރިވުމާއި، އަމާނާތްތަކަށް ރައްކާތެރިވުންކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު މުސާރައިގެ ދެބައިކުޅަ އެއްބައި ނަގަމުން އައި ބޭފުޅާ މިއަދު ފެނުނީ ބުރިބުރިއަށް ގެ ހިއްލާލި މަންޒަރުކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ކޮށް، ތިމަންނާއަށް ރައްޓެހިންނާއި ހެޔޮއެދޭ މީހުން އެހީދޭ ކަމަށް ވިދާޅު ނުވެވޭނެ ކަމަށާއި، އަދި އެ އެހީގައިވެސް މަގާމުގެ ގޮތުން ނުހިއްޕެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިހާރު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ރައީސް ޔާމީން ބިރު ދައްކަމުންދާ ކަމަށާއި، މޭގައި އަތްޖަހާ ނަޝީދަށާއި ގާސިމަށް ކުރިމަތި ނުލެވޭ ގޮތް ހެދީ ތިމަންނާ ކަމަށާއި، މެމްބަރުންގެ ގޮނޑި ގެއްލުވާލީ، ތިމަންނާއޭ ވިދާޅުވީ ބިރު ދައްކައިގެން ތިމަންނާއަކީ ބާރުއޮތް މީހެއްކަން ދައްކައި، ވޯޓު ހޯދުމުގެ ބޭނުމުގައި ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް