21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސީ އިންތިހާބު 2018

ވިޔަފާރިވެރިންނަށް އޮތް ހުރަސްތައް ނައްތާލާނަން: ފައިސަލް

 • ތ އަތޮޅުގައި ރިސޯޓް ތަރައްގީކޮށް ފަތުރުވެރިކަން ކުރިއަރުވާނަން
 • ވިލިފުށީގައި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ގާއިމްކުރާނަން
 • ވިލިފުށީގައި ބޭއްވި ޖަލްސާގައި ގިނަ ބަޔަކު ބައިވެރިކަން ފާހަގަކޮށްލެވޭ
މުހަންމަދު ވިސާމް | sampathmasiw

| 11 ސެޕްޓެންބަރ 2018 | އަންގާރަ 22:38 | |

މަގުބޫލް

 1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
 2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
 3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
 4. އަލިދީގެ ތާއީދު އިބޫއަށް!
 5. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
 6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
 7. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް
 8. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!


ވިލުފުށީގައި ބޭއްވި ޖަލްސާގައި ފައިސަލް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީޓަކުގެ ވެރިކަމުގައި ވިޔަފާރިވެރިންނަން އޮތް ހުރަސްތައް ނައްތާލެކަމަށް ކޯލިޝަން ކެންޑިޑޭޓްގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތ އަތޮޅު ވިލުފުށީގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ މިއަދު ގިނަ ވިޔަފާރިވެރިންގެ ކަންބޮޑުވުމަކީ ހިދުމަތް ލިބިގަތުމަށް ދަތިތަކާއި ކުރިމަތިވުން ކަމުގައި ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ހިދުމަތް ހޯދުމަށް ސިޓީ ފޮނުވާ އެތަކެއް ދުވަސް ވުމުން ވެސް، ޖަވާބު ނުލިބޭކަމަށް ވިޔަފާރިވެރިން ބުނާކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ލިބޭގޮތަށް މަގު ފަހިކުރައްވާނެ ކަމަށެވެ.

ތ އަތޮޅުގެ ގިނަ ރަށްތައް މީގެ ކުރިން ރިސޯޓު ތަރައްގީކުރުމަށް ދޫކޮށްފައިވާ ކަމަށާއި، އެހެންނަމަވެސް އެރަށްތަކުގެ ރިސޯޓް ތަރައްގީ ނުކުރާކަމަށް ފައިސަލް ވިދާޅުވިއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި ތ އަތޮޅުގައި ރިސޯޓް ގާއިމްކޮށް ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް ކުރާނެ ކަމަށާއި އެކަމުގެ ސަބަބުން ޒުވާނުންނަށް ގިނަ ވަޒީފާގެ ފުރުސަތު ލިބިގެންދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ވިލުފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި ވިލުފުށީ ޒުވާނުންނަށް ގޯތި ދޫކުރާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. ތ އަތޮޅުގެ ގިނަ ރަށްތަކުގެ ސުކޫލުތަކުގައި ތައުލީމީ ދިނުމަށް އެންމެ އެދެވޭ ވަސީލަތްތައް ނެތްކަމަށާއި، ވިލުފުށީ ސުކޫލްގައި ޕްރިންސިޕަލް އެއް ނެތްކަން ފައިސަލް ފާހަގަކުރެއްވިއެވެ.

ވިލުފުށީގައި ބޭއްވި ޖަލްސާގެ ތެރެއިން 

މީގެ އިތުރުން ފައިސަލް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި ވިލުފުށީގައި ޒަމާނީ ފެންވަރުގެ ބޮޑު ފުޓްބޯޅަ ދަނޑެއް ގާއިމްކޮށްދޭނެ ކަމަށެވެ. އަދި ތ އަތޮޅަށް އެމަނިކުފާން ކުރެއްވި ދަތުރުފުޅުން ރައްޔިތުން ބަދަލަކަށް ބޭނުންވެފައިވާކަން އެ ރައްޔިތުންގެ މޫނުމަތިން ހާމަވާކަމަށް ފައިސަލް ވިދާޅުވިއެވެ.

ވިލުފުށީގައި ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިއިރު، އެރަށަށް ފައިސަލް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ދަންވާފަވެއެވެ.

ފައިސަލް ތ އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ހޯމަ ދުވަހު އެމަނިކުފާން ވަނީ ކަނޑޫދޫއަށާއި، ހިރިލަންދޫ، ވަންދޫ، އޮމަދޫ، ވޭމަންޑޫގެ އިތުރުން ކިނބިދޫއަށް ވަޑައިގެންފައެވެ. ހޯމަ ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޖަލްސާ ބާއްވާފައި ވަނީ ކިނބިދޫގައެވެ. އެއަށްފަހު އަންގާރަ ދުވަހު ފައިސަލް ވަނީ ތިމަރަފުއްޓަށާއި، ގާދިއްފުށި، ގުރައިދޫ، ދިޔަމިގިލި އަދި މަޑިފުއްޓަށާއި ބުރުނީއަށް ވަޑައިގެންފައެވެ.

ދެ ދުވަހުގެ ތެރޭގައި ފައިސަލް ޖުމްލަ 13 ރަށަކަށް ވަޑައިގެންނެވިރު، މިއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތ. އަތޮޅަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ކުރާ ދެ ވަނަ ކެމްޕެއިން ދަތުރެވެ. ފައިސަލް ތ. އަތޮޅުގެ ހުރިހާ ރަށަކަށް މި ދަތުރުފުޅުގައި ވަޑައިގެންނެވިއިރު، އިބޫ ވަނީ ނިމިދިޔަ މަހުގެ ތެރޭގައި ތ. އަތޮޅު ރަށްތަކަށް ކެމްޕެއިން ކުރެއްވުމަށް ވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް