18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ކުށުގެ ތަފާސް ހިސާބު

މާރާމާރީ އާއި ވައްކަން އާންމުވެ، ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

 • ކުށުގެ މައްސަލަތައް 10 ޕަސެންޓަށް ވަނީ އިތުވެފައި
 • މިދިޔަ މަހު މާރާމާރީގެ 75 މައްސަލަ ބަލަން ފެށި
 • މިދިޔަ މަހުގެ ވައްކަމުގެ މައްސަލަތައް 293އަށް އަރާ
ޙުސައިން ޙަސަން | hucenhassan

| 11 ސެޕްޓެންބަރ 2018 | އަންގާރަ 21:07 | |

މަގުބޫލް

 1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
 2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
 3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
 4. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
 5. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
 6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
 7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
 8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


މާލެތެރެ ބެލެހެއްޓުމުގައި ފުލުހުން: މާރާމާރީގައި ވައްކަމުގެ މައްސަލަތައް ވަނީ އިތުރުވެފައި -- ފޮޓޯ: މުހައްމަދު ޝަރުހާން

މާރާމާރީ އާއި ވައްކަން އާންމުވެ، ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް 10 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކާއި އަމިއްލަ އިސްނެގުމަށް ބަލަން ފެށި މައްސަލަތަކުގެ އަދަދު 1121 އަރައެވެ. އޭގެ ތެރޭގައި ވައްކަމުން 293 މައްސަލަ އާއި މާރާމާރީ 75 މައްސަލަ ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފައެވެ.

ވައްކަމުގެ މައްސަލަތައް އިތުރުވެފައިވާ މިންވަރަށް ބަލާއިރު، އޮގަސްޓު މަހުގެ ވައްކަން އިތުރުވެފައި ވަނީ ޖުލައި މަހާ އަޅާ ބަލާއިރު، ފަސް ޕަސެންޓަށެވެ. މިއަހަރުގެ ޖުލައި މަހު ފުލުހުން ތަހުގީގު ކުރަން ފެށި ވައްކަމުގެ މައްސަލަތަކުގެ އަދަދު 277އަށް އަރައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މާރާމާރީތައް މިދިޔަ މަހު ވަނީ 28 ޕަސެންޓަށް އިތުރުވެފައިވެއެވެ. މިދިޔަ އޮގަސްޓްމަހު މާރާމާރީގެ 75 މައްސަލަ ފުލުހުން ބަލަން ފަށާފައިވާއިރު، ޖުލައި މަހު ބަލަން ފެށި މާރާމާރީގެ މައްސަލަތައް 54އަށް އަރައެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ވެސް މިދިޔަ މަހު ވަނީ 34 ޕަސެންޓަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު އެކަނި ވެސް ފުލުހުން ބަލަން ފެށި މަސްތުވާތަކެތީގެ މައްސަލަތަކުގެ އަދަދު 246އަށް އަރައެވެ. އޭގެ ކުރީ މަހު، ޖުލައި މަހު ފުލުހުން ތަހުގީގު ކުރި މަސްތުވާތަކެތީގެ މައްސަލަތަކުގެ އަދަދަކީ 163 އެވެ.

މިދިޔަ މަހުގެ ނިޔަލަށް ފުލުހުންނަށް ހުށަހެޅުނު ހިޔާނާތުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ލޫޓުވުމާއި ގެވެށި އަނިޔާތަކުގެ މައްސަލަތަކާއެކު ފުލުހުން ތަހުގީގު ކުރަން ފެށި މައްސަލަތަކުގެ އަދަދު 8000 ވުރެ ގިނައެވެ.

މާރާމާރީ އާއި ވައްކަން އާންމުވެފައި ވަނީ ރިޔާސީ އިންތިހާބާ ދިމާކޮށް، ސަރުކާރުން ވަނީ 295 ގައިދީއަކު މިނިވަންކޮށްފައެވެ. އެ ގައިދީން މިނިވަންކޮށްފައި ވަނިކޮށް، މާލޭގައި ފޭރުމާއި ވައްކަމާއި މާރާމާރީތައް އިތުރުވެ، މިދިޔަ މަހުގެ 31 ވަނަ ދުވަހު މާލޭގައި ހިންގި މާރާމާރީއެއްގައި ޒުވާނަކު ވަނީ މަރާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް