16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރިޔާސީ އިންތިޚާބު 2018

ހަމަހަަމަ ފުުރުސަތު ދިނުމަށް ފުލުހުންގެ ކިބައިން ގުޅިފައިވާ ޕާޓީތަކުން އެދިއްޖެ

  • ފުލުުހުންގެ މުވައްސަސާ ވަނީ ސިޔާސީވެފައި
ހައްވާ މުހައްމަދު | @hawwimd

| 11 ސެޕްޓެންބަރ 2018 | އަންގާރަ 20:38 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  6. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  7. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަަސް އަބްދުއްސައްތާރު -- ފޮޓޯ: މުހައްމަދު ޝަރުހާން

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ހަމަހަމަކަމާއެކު ކެމްޕެއިން ކުރެއްވުމުގެ ފުރުސަތު ދިނުމަށް ގުޅިފައިވާ ޕާޓީތަކުން ފުލުހުންގެ ކިބައިން އެދިއްޖެއެވެ. ގުޅިފައިވާ ޕާޓީތަކުން ނަމްބަރ ފައިވްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ދިވެހި ފުލުހުންގެ މުވައްސަސާއިން ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ކެމްޕެއިނަށް ހުރަސް އެޅޭ ފަދަ އަމަލުތައް ކުރަމުން އަންނަ ކަމަށާއި، އެގޮތަށް އަމަލު ނުކުރުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

އަނަސް ވިދާޅުވީ ހަމަހަމަކަމާއެކު ކެމްޕެއިން ކުރެއްވުމުގެ ފުރުސަތު ހުރިހާ ކެންޑިޑޭޓުންނަށް ލިބިގެންވާއިރު ފުލުހުންގެ މުވައްސަސާއިން އިބޫގެ އަބުރުފުޅަށް ހުތުރުވާ ޒާތުގެ ވާހަކަ ދައްކައި، ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށްވެސް ހަމަހަމަކަމާއެކު ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަށް އެއްބާރުލުން ދެއްވާނެ ކަމަށް ފުލުހުން ވިދާޅުވެފައި ނުވާއިރު، އިބޫއަށް ކެމްޕެއިން ކުރެވޭ ފަދަ މާހައުލެއް ދައްކަން މަސައްކަތް ނުކުރާ ކަމަށެވެ.

ފުލުހުންގެ މުވައްސަސާއިން ވަކި އަތަކަށް ބުރަވެ، ސިޔާސީ ކުލަޖެހިފައިވާކަމަށް އިޝާރާތް ކުރައްވާ އަނަސް ވިދާޅުވީ، ފުލުހުންގެ މުވައްސަސާއިން ސިޔާސީ ސްޓޭޓްމެންޓްތައް ނެރެމުން އަންނަ ކަމަށެވެ. ކެމްޕެއިން މިހާތަނަށް އައިއިރު ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްއަށް އަމާޒުކޮށް ހުޅުމާލެއިން ދެވުނު ހަމަލާވެސް ތަހްޤީޤް ކުރެވިފައިނުވާ ކަމަށް އަނަސް ވިދާޅުވިއެވެ.

"ހުޅުމާލެއިން އިބޫ ގަޔަށް ކަޅުތެޔޮޖެހި. އަދިވެސް ތަހްގީގު ކުރެވިފައިނެތް. އެ މީހަކުވެސް ހޯދާފައެއް ނެތް، ރައީސް ނަޝީދު ކަރުބުރިކޮށްލަން ގޮވާލީ މީހާވެސް ހޯދިފައެއް ނުވޭ،" އަނަސް ވިދާޅުވިއެވެ.

 ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ ފުލުހުންގެ މުވައްސަސާގެ އަމަލުތަށް މިހާރު ހުރި ގޮތާއި ދޭތެރޭ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ފުލުހުންގެ މަސްއޫލިއްޔަތަކީ ޤައުމުގެ އަމާންކަން ބެލެހެއްޓުން ކަމަށްވާއިރު، ފުލުހުންގެ މުވައްސަސާގައި ވަރަށް ބޮޑަށް ސިޔާސީ ކުލަޖެހިފައިވާ ކަމަށެވެ.

"މިހާތަނަށްވެސް ކުށެއް ކޮށްފައިނުވާ މީހެއް އިބޫއަކީ، ފުލުހުން އަމަލުކުރާ ގޮތާއި ދޭތެރޭ ކަންބޮޑުވޭ" ސަމީރު ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުން ފުލުހުންގެ މުވައްސަސާގެ އަމަލުތައް މިހާރު ހުރި ގޮތާއި ދޭތެރޭ ކަންބޮޑުވެ، ވާހަކަދައްކަވަމުން އަދާލަތު ޕާޓީގެ ހިއުމަން ރައިޓްސް ކޮމިޓީގެ މުޤައްރިރު ނުއުމާން ވިދާޅުވީ ރިޔާސީ އިންތިޚާބު އޮންނަ ދުވަހު ހަމަނުޖެހުން ހިންގަން ބަޔަކު މަސައްކަތް ކުރާ ކަމަށް ބުނެފައިވާއިރު، އެއީ ކޮން ބައެއްކަން އަދިވެސް ބުނެފައިނުވާ ކަމަށެވެ.

"ގުޅިފައިވާ ޕާޓީތަކުން އެންމެ ބޮޑު އިސްކަމެއްދެނީ ސުލްހަ މަސަލަސް ކަމަށް. އެހެންކަމުން ހަމަނުޖެހުމެއް ހިނގާފާނެ ފަދަ އެއްވެސް ކަމަކަށް ގުޅިފައިވާ ޕާޓީތަކުން ތަރުހީބް ނުދޭނެ،" ނުއުމާން ވިދާޅުވިއެވެ.

މައުމޫން ރިފޯމް މޫވްމަންޓްގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ފުލުހުންގެ ތެރެއިން މަދު ބަޔަކު ސިޔާސީ ވެގެން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރާ ކަމަށެވެ.

" ތަހްގީގް ކުރަންޖެހޭ މައްސަލަތައް ތަހުގީގު ނުކޮށް، އެހެން ކަންތައް ތަހުގީގުކުރަން މަސައްކަތް ކުރަނީ. ފުލުހުން ކެމްޕެއިން ކުރަން އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ދައްކަން މަސައްކަތް ކުރަނީ،" އަމީތު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް