25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ރިޔާސީ އިންތިހާބު 2018

ސެޕްޓެމްބަރު 23، ރައްޔިތުންގެ ކޯޓުގެ ހުކުމް އަންނަ ދުވަސް!

 • އިންސާފުވެރިކަމާއެކު ފަސް އަހަރަށް ފައިސަލާ ކުރެވޭނެ
 • ޝަރީއަތް ފެށުނީ 2013 ގެ ނޮވެމްބަރުގައި
 • ފަސް އަހަރު ނުދައްކާ ހުރި ވާހަކަތައް ނިކަން ވަރުގަދަކޮށް ދައްކާނެ
އަޒުމޫން އަހުމަދު | azmoon_ahmed

| 11 ސެޕްޓެންބަރ 2018 | އަންގާރަ 18:35 | |

މަގުބޫލް

 1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
 2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
 3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
 4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
 5. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
 6. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
 7. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
 8. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ


ރައީސް އަބްދުﷲ ޔާމީނާއި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު -- ރައީސް އޮފީސް

ކޮންމެ ފަސް އަހަރަކުން އެއް އަހަރަކު އަންނަ ދުވަހެކެވެ. ފަސް އަހަރުގެ ތެރޭގައި އެއްކުރިހާ ހެއްކާއި ގަރީނާގެ މައްޗަށް ރިއާޔަތްކޮށް ހުކުމް ކުރާ ދުވަހެވެ. ވީހާ ވައުދުތަކާއި އަހުދުތައް ފުއްދުނު މިންވަރުގެ މައްޗަށެވެ. ދެއްކިހާ ހުވަފެންތަކުގައި ކުލަ ޖެއްސުނު މިންވަރުގެ މައްޗަށެވެ. މިއީ އެންމެ އިންސާފުވެރި ކޯޓު ހުޅުވާ ދުވަހެވެ. މައްސަލަ ބަލާނީ ދެލައްކަ އެތައް ހާސް ގާޒީންގެ ބެންޗަކުންނެވެ. މި ބެންޗުގެ އަޣްލަބިއްޔަތުން ފައިސަލާކުރަނިވި ހުކުމެއް ނެރޭނެއެވެ.

ރައްޔިތުންގެ ކޯޓުގައި މިއަހަރު ދައުވާ ކުރެވިފައި މިވަނީ، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށެވެ. ކޮންމެ ބޭފުޅަކު ވެސް ވައުދުވަނީ ތިމަންނާ ނޫން އެހެން ޗޮއިސްއެއް ނެތް ކަމަށެވެ. ގައުމު އަމާން ބަނދަރަކަށް ވާސިލުކޮށްދެވޭނީ ތިމަންނާއަށް ކަމަށެވެ. މި އަހަރު ހުކުމް ކުރަންޖެހިފައިމިވަނީ ތަރައްގީއާއި އިންސާފު ފާލަމަކުން ގުޅުވާލުމަށެވެ. ޔާމީންގެ ދިފާއީ ހެއްކަކީ ތަރައްގީއެވެ. އިބްރާހިމް މުހައްމަދު ސޯލިހުގެ ދިފާއީ ހެއްކަކީ އިންސާފެވެ.

ޔާމީނާއި މެދު ރައްޔިތުންގެ ކޯޓުގައި ހުކުމް ކުރަންޖެހެނީ ފާއިތުވި ފަސް އަހަރުން އެއްކުރެވުނު ހެކިތަކުގެ މައްޗަށެވެ. 2013 ވަނަ އަހަރު ރައްޔިތުންގެ ކޯޓަށް ހާޒިރުވެ ދެއްކެވިހާ ވާހަކަފުޅުތަކާއި އަމަލުފުޅުތައް މިނެކިރުމެއް ފަހުގައެވެ. އެމަނިކުފާނުންނާއި ރައްޔިތުންގެ ކޯޓުން ހަވާލުކުރި ޒިންމާއާއި ވާޖިބު އަދާކުރެވުނު މިންވަރާއި މެދު ވިސްނުމަށްފަހުއެވެ. ރައްޔިތުންގެ ކޯޓުގެ ގާޒީންނާއި މެދު އަމަލުކުރެވުނު ގޮތުގެ މައްޗަށް ރިއާޔަތްކުރުމަށްފަހުއެވެ. އެމަނިކުފާނުގެ ޚުލްގުފުޅާއި އަޚްލާގަށް ބޮޑު ސަމާލުކަމެއް ދެވޭނެއެވެ. އެމަނިކުފާނުގެ މައްޗަށް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ ދައުވާގައި ބަޔާންކުރާ ކަންތައްތައް ރައްޔިތުންގެ ކައްޓާގައި މިނެކިރުމަށްފަހު ނެރޭނީ އިންސާފުވެރި ހުކުމެކެވެ.

އިބްރާހިމް މުހައްމަދު ސޯލިހާ މެދު ހުކުމް ކުރަންޖެހެނީ އެމަނިކުފާނުގެ މާޒީއިން އެއްކުރެވުނުހާ ހެކިތަކުގެ މައްޗަށެވެ. ފަސްބައިގައި އެންމެ ކަޅު ތިއްކެއް ނަމަވެސް ހޭކިފައިވޭތޯ ބަލާނެއެވެ. އެމަނިކުފާނު ވެވަޑައިގަންނަމުންދާ ވައުދުތަކާއި އަހުދުތައް މިނެކިރޭނެއެވެ. އެކަންކަން ފުއްދުމުގެ ގާބިލުކަން އެމަނިކުފާނުގެ ހުރިތޯ ބެލޭނެއެވެ. އެމަނިކުފާނުގެ އަޚުލާގާއި ޚުލްގުފުޅުގެ މައްޗަށް ހުކުމް ބަރޯސާވާނެއެވެ. އެމަނިކުފާނުގެ މައްޗަށް ޔާމީނު ކުރައްވާ ދައުވާގައި ބަޔާންކުރާ ކަންތައްތައް ރައްޔިތުންގެ ކޯޓުގައި ބެލެވޭނެއެވެ. ހުކުމް ނިކުންނާނީ އިންސާފުގެ މަގަށެވެ.

ރައްޔިތުންގެ ކޯޓުގެ ލޯ އަނދިރިއެއް ނުވާނެއެވެ. ފަސް އަހަރު ވަންދެން މި ކޯޓުގެ ގާޒީން ތިބީ މަންޒަރު ބަލާށެވެ. ރައްޔިތުންގެ ކޯޓުގެ ކަންފަތް ބީރެއް ނުވާނެ އެވެ. ފަސް އަހަރު ވަންދެން މި ކޯޓުގެ ގާޒީން ތިބީ އަޑު އަހާށެވެ. ފަސް އަހަރު ވަންދެން ނުބުނެވި ހުރި، ނުދެއްކި ހުރި ލައްކަ ވާހަކަ ކޯޓު ހުޅުވުމާއެކު ދައްކާނެއެވެ. ކޯޓުގެ ދޮރުތައް ސެޕްޓެމްބަރު 23 ވަނަ ދުވަހުގެ ހެނދުނު 8:00 ގައި ހުޅުވުމާއެކު ލަހެއް ފަހެއް ނެތި ހުކުމް ނިކުންނާނެއެވެ. ރައްޔިތުންގެ ކޯޓުގެ ޝަރީއަތް ސިއްރިއްޔާތުގައި ހިނގަމުންދާތާ ފަސް އަހަރުވީއެވެ. މި ކޯޓުން ބުނާނީ ފަހު ބަހެވެ. މިއީ އަދުލުއިންސާފުގެ ހަގީގީ ބެލެނެވެރި ފަރާތެވެ. މިއީ ނިކަމެތި މީހާއާއި މުއްސަނދި މީހާއަށް ވެސް އެއްހަމައެއްގައި ބަސް ބުނެވޭނެ ކޯޓެވެ. ކެމްޕެއިން ކުރައްވާށެވެ. ދައުވާ ކުރައްވާށެވެ. ދިފާއުވެ ވެވަޑައިގަންނަވާށެވެ. ހުކުމް އަންނާނެއެވެ. އެކަމާ މެދު ޝައްކު ނުކުރައްވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހ މ ޒ

7 މަސް ކުރިން

ރައީސް ޔާމީންގެ ތަރައްޤީއަށް ނޫނެކޭ ބުނެވޭކަށް ނެތް!؟

1
1
މެޑަމް އައިޝާ

7 މަސް ކުރިން

ބޭކާރު ނެވާ

1
1