14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:51
ފަތިސް 04:36

ރިޔާސީ އިންތިހާބު 2018

ކުޑަފަރި ސިވިލް ސާރވިސް މުވައްޒިފުން ދިިން ވަރުގަދަ މެސެޖް: ވަޒީފާއިން ކަނޑާލިޔަސް ހެޔޮ، އިންސާފުގެ މަގަށް ނިކުމޭ!

  • އިބޫ ވަނީ ސިވިލް ސާރވިސްގެ މުވައްޒިފުން ދެއްކެވި ހިތްވަރަށް ސާބަސް ދެއްވާފައި
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 11 ސެޕްޓެންބަރ 2018 | އަންގާރަ 17:32 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  4. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  5. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  6. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  7. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  8. ރައީސް ޔާމީނާއި ވަޒީރުން ޖުމްޙޫރީ ދުވަހުގެ ޖަލްސާގައި ބައިވެރިވަޑައިނުގަތުމުން ރައީސް މައުމޫން ފާޑުވިދާޅުވެއްޖެ


ނ. ކުޑަފަރީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ އެމްވީ

ނ. ކުޑަފަރީ ސިވިލް ސާރވިސްގެ ގިނަ އަދަދެއްގެ މުވައްޒިފުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއީދުކުރާކަން ހާމަކޮށް، ސިވިލް ސާރވިސް މުވައްޒިފުންނަށް "އިންސާފުގެ މަގަށް" ނިކުތުމަށް ގޮވާލައިފި އެވެ. 

ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނ. ކުޑަފަރީއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ސިވިލް ސާރވިސްގެ ގިނަ އަދަދެއްގެ މުވައްޒިފުން ވަނީ ބައިވެރިވެފަ އެވެ. އަދި އެ މީހުން ވަނީ "އިންސާފުގެ މަގަށް ސިވިލް ސާވެންޓުން ނުކުމެ" ލިޔެފައިވާ  ބެނާއެއްވެސް ބޭނުންކޮށްފަ އެވެ.

އެ މުވައްޒިފުންގެ ތެރޭގައި ސުކޫލްގެ މުދައްރިސުންނާއި، ސުކޫލްގައި މަސައްކަތްކުރާ މުވައްޒިފުންގެ އިތުރުންވެސް ސަރުކާރުގެ އެެހެން މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒިފުން ހިމެނެ އެވެ.

ބައްދަލުވުމުގައި ވާހަކަދެއްކި މުވައްޒިފަކު ބުނީ ބިރު ފަހަނައަޅައި ދިޔުމަށްފަހު ގިނަ ސިވިލް ސާރވިސްގެ މުވައްޒިފުން ނިކުތީ ޤައުމުގެ މުސްތަގުބަލަށްޓަކައި ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރިނަމަވެސް ފަރުވާލެއް ނެތް ކަމަށާއި، އިބޫގެ ވެރިކަމެއްގައި ވަޒީފާ އަލުން އަބުރާ ލިބޭނެކަމުގެ ޔަޤީންކަން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. 

ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިބޫ ވަނީ އެ މުވައްޒަފުންނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި މަރުހަބާ ވިދާޅުވެފަ އެވެ. އިބޫ ވިދާޅުވި ގޮތުގައި އިދިކޮޅާ ދެކޮޅަށް އެންމެ ބޮޑަށް ސަރުކާރުން ކުރަމުންދާ ކެމްޕެއިނަކީ ސަރުކާރުގެ މުވައްޒަފުންނަށް ބިރު ދެއްކުމުގެ ކެމްޕެއިނެވެ. އެ ބިރަށް ނޫނޭކޭ ބުނެ ކުރިއަށް ނުކުތުމަކީ އުފަލެއް ކަމަށެވެ. ބައިވެރިވާ ސިޔާސީ ހަރަކާތަކާ ގުޅިގެން ވަޒީފާއިން ވަކި ނުކުރެވޭނެ ކަމަށާއި އެއީ ކުށެއް ކަމަށެވެ. 


"މި ރަށުގެ ސިވިލް ސާވެންޓުގެ ބޮޑު ބައެއް ނުކުމެ އެ ތިބީ އިސްލާހަށް މިކުރާ މަސައްކަތުގައި ފަހަތަށް ނުޖެހި ކުރިއަށް ވަޑައިގެން މި މަސައްކަތުގައި އުޅުއްވަން، ވަރަށް ޝުކުރިއްޔާ އެ ބޭފުޅުންނަށް، މިއީ ކުޑަފަރީގެ ހިތްވަރު، ކުޑަފަރީގެ ނަމޫނާ،" އިބޫ ވިދާޅުވި އެވެ. 

 

ނ. ކުޑަފަރިއަކީ ސަރުކާރު ކޯލިޝަން ޕާޓްނަރު، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ އުފަން ރަށެވެ. އެ ރަށަކީ އަބަދުވެސް އިދިކޮޅު އެމްޑީޕީއަށް ބޮޑު ތާއީދެއް އޮންނަ ރަށެކެވެ. ކޮންމެ އިންތިހާބެއްގައިވެސް އެ ރަށުގެ މެޖޯރިޓީ ލިބެނީ އިދިކޮޅު އެމްޑީޕީއަށެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް