23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސީ އިންތިހާބު 2018

މިއީ އަނިޔާވެރި ފަސް އަހަރު، އަޅުގަނޑުމެން މި ރާއްޖެ ސަލާމަތްކުރާނަން: އިބޫ

  • އިސްރާފު ހުއްޓުވައި، ރާއްޖެ ތަރައްޤީކުރާނަން
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 11 ސެޕްޓެންބަރ 2018 | އަންގާރަ 17:02 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި
  8. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!


ކުޑަފަރި ރައްޔިތުންނާއި މުހާތަބުކުރައްވާ އިބޫ ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ނިމިގެންދާ ވެރިކަމުގެ ފަސް އަހަރަކީ އަނިޔާވެރި، އަދުލު އިންސާފު ގެއްލުވާލި، ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް އިތުރުވި ފަސް އަހަރުކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރާއްޖެ ސަލާމަތްކުރައްވާނެކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ. 

ނ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން ނ. ކުޑަފަރިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ އިބޫ ވިދާޅުވީ ކޯލިޝަނެއްގެ ގޮތުގައި މަސައްކަތްކުރަންޖެހުނީ ގިނަ ސަބަބުތަކާއި ހުރެ ކަމަށެވެ. އެގޮތުން ނިމިގެންދާ ވެރިކަމުގެ ފަސް އަހަރަކީ އެންމެ އަނިޔާވެރި އަދި އަދުލު އިންސާފު ގެއްލުވާލި ފަސް އަހަރުކަމަށާއި، ކޮރަޕްޝަނާއި ވައްކަން އެންމެ ބޮޑުވި ފަސް އަހަރުކަމަށް އިބޫ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ހުރިހާކަމަކުން ޤައުމު ސަލާމަތްކުރައްވާނެކަމަށް އިބޫ ވިދާޅުވި އެވެ. 

އިބޫ ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމާއި ހަވާލުވިއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބެނީ ގާތްގަޑަކަށް 8 ބިލިއަން ރުފިޔާކަމަށެވެ. ނަމަވެސް އެމްޑީޕީ ސަރުކާރުން ތައާރަފްކުރި ޓެކްސް ނިޒާމާއެކު ދައުލަތަށް މިހާރު އާމްދަނީގެ ގޮތުގައި ގާތްގަޑަކަށް 18 ބިލިއަން ލިބޭ ކަމަށާއި، އެ ހުރިހާ ފައިސާއަކުންވެސް އިތުރު ތަރައްޤީއެއް ގެނެވިފައިނުވާކަމަށެވެ. އަދި ސަބަބެއްކަމަށް އިބޫ ވިދާޅުވީ ދައުލަތަށް ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް ދައުލަތުގެ އިސްރާފު ބޮޑުވެފައިވުމާއި، ކޮރަޕްޝަންގެ ގޮތުގައި ފައިސާތައް ބޭނުންކުރުން ކަމަށެވެ. 

"އެއް ނަރުދަމާ މި އަޅަނީ 3 ނަރުދަމާ އެޅޭ އަގުގައި. އަޅުގަނޑުމެންގެ ސަރުކާރުގައި މިކަން ހުއްޓާނަން"

އިބޫގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނުގެ ވައުދުތައް ތަކުރާރުކޮށް ވިދާޅުވެދެއްވާފަ އެވެ. އެގޮތުން ސިއްހީ ނިޒާމް ހަރުދަނާކުރުމުގެ މަސައްކަތްތަކުގެ ތެރެއިިން ކޮންމެ ރަށެއްގައިވެސް ރަނގަޅު ފެންވަރުގެ ލެބޯޓްރީ ހިދުމަތް ޤާއިމްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. 

އިބޫ ކުޑަފަރިއަށް ވަޑައިގަތުމުން އެ ރަށުންވެސް ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އެގޮތުން ވެހެމުންދިޔަ ވާރޭގައިވެސް އިބޫއަށް މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު ނުކުމެތިބި އެވެ،

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހަސަންފުޅު

2 ހަފްތާކުރިން

ރައްރަށުން ވޯޓުން މަކަރު ހަދަން ރާވާފައި އޮތީ އިތުރު ވޯޓްކަރުދާސް ފޮނުވައިގެން ، ކުދި ބަޔަކަށް ލާރިދީގެން އެމީހުން ލައްވާ ގިނައަދަދަކަށް ވޯޓްކަރުދާސް އަޅައިގެންނެވެ. މިކަމަށް ރައްޔިތުން ސަމާލުވާން ޖެހެއެވެ. އަދި ވޯޓްލާ މީހުންގެ ތެރެއިން ވޯޓްލާން ނުދާމީހުންގެ އަދަދުވެސް ބަލަންޖެހެއެވެ. އަދި ވޯޓްގުނާއިރު ރަޖިސްޓްރީކުރި އަދަދަށްވުރެ ގިނައިން ވޯޓްއަޅާފައި ހުރިތޯވެސް ބަލަންޖެހެއެވެ.

0
0