28 ޖޫން 2017 | ބުދަ | އަދަ 12

ސްޓައިލޯ ސެލޫން: ތަފާތު ސެލޫނެއް

  • ބޭސިކް އަދި އެޑްވާންސް ބިއުޓީ އާއި ގުޅޭ ތަފާތު ގިނަ ކޯސްތަކެއް ދަނީ ހިންގަމުން

| | | RiznaZareer | |



ސްޓައިލޯ ސެލޫން -- ފޮޓޯ:ރާއްޖެ އެމްވީ

ކުޑައިރުން ފެށިގެން ބިއުޓީއަށް ޝައުގުވެރިވާ ސްޓައިލޯ ސެލޫންގެ ވެރިޔާ ފާތިމަތު ޝްރިޔާ ގަބޫލުކުރާ ގޮތުގައި ރީތި ވުމަކީ އަންހެންނަށް ވަކިން ހާއްސަ ވެފައިވާ ކަމެއް ނޫނެވެ. ފިރިހެނުންނަށް ވެސް ރީތިވުމުގެ ފުރުޞަތު އެބައޮތް ކަމަށް އޭނާ ގަބޫލުކުރެއެވެ.

 

ޝްރިއާ ބުނިގޮތުގައި މިދާއިރާއިން ބިއުޓީގެ އެކި އެކި ކޯސްތަކުގައި ބައިވެރި ތައުލީމް ހާސިލްކޮށްފައިވާއިރު އަދިވެސް ބޭނުންވަނީ ތަފާތު އެކި އާ ޚިޔާލުތައް މިދާއިރާއަށް ނެރެ ކުރިއެރުވުމެވެ.

 

އަބަދުވެސް ހުރިހާ ކަސްޓަމަރުންނަށް ވެސް އެއް ލެވެލްއެއްގައި ޚިދުމަތް ދިނުމަށް ބާރު އަޅާ ކަމަށާއި ތަފާތު އެކި ޕްރޮމޯޝަންތަކާ އެކު ރީތިވާން ބޭނުންވާ ކުދިންނަށް އެފުރުޞަތު ހުޅުވާލެވޭތޯ މަސައްކަތް ކުރާ ކަމަށް ޝްރިޔާ ބުންޏެވެ.

 

ސްޓައިލޯ ސެލޫނުން އެންމެ އިސްކަމެއްދީގެން ދެމުންގެންދާ ޚިދުމަތަކީ މޭކަޕް ކުރުން ކަމަށްވީ ނަމަވެސް ބިއުޓީއާ ގުޅޭ ތަފާތު ގިނަ ޚިދުމަތްތައް ދެމުންގެންދެއެވެ. އޭގެ އިތުރުން ވެކްސިން، މެނިކިޔޯ އަދި ޕެޑިކިއޯ ފަދަ ޚިދުމަތްތައް ދެމުން ގެންދެއެވެ.

 

މިދާއިރާގައި އެންމެ ބޮޑު ޗެލެންޖެއްގެ ގޮތުގައި އާރޓިސްޓުން އެކަކު އަނެކަކަށް ނުގުޅޭ މައްސަލައަކީ ދެރަވާ މައްސަލައެއް ކަމަށާއި މިފަދަ ކުރިއަށް ދެވެން އޮތް ދާއިރާއެއްގައި އެކަކު އަނެކަކު ގުޅުން ވަރަށް މުހިއްމު ކަމަށް ޝްރިޔާ ފާހަގަކުރި އެވެ.

 

ކުރިއަށް އޮތްތަނުގައި އަންހެން އަދި ފިރިހެނުންނަށް ވެސް ހާއްސަކޮށްގެން ޙިދުމަތް ދެވޭނެ ފަދަ ސެލޫންއެއް ހުޅުވުމަކީ ކުރެވޭ އުއްމީދެއް ކަމަށާއި ރީތިވުމަކީ ވަކި މީހަކަށް އޮތް ކަމެއް ނޫން ކަމަށް ނިންމާލަމުން ޝްރިޔާ ބުންޏެވެ.

 

ސްޓައިލޯ ސެލޫނުން ބޭސިކް އަދި އެޑްވާންސް ބިއުޓީއާ ގުޅޭ ތަފާތު ގިނަ ކޯސްތަކެއް އަންނަނީ ހިންގަމުންނެއެވެ.

 

ސްޓައިލޯ ސެލޫންއަކީ ކަސްޓަމަރުންގެ މެދުގައި ފަހަކަށް އައިސް "ނެޗުރަލް މޭކަޕްއަށް" ލޯބި ކުރާ ފަރާތްތަކުގެ ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދަމުން އަންނަ ސެލޫންއެކެވެ. އަދި މި ސެލޫންގެ ތަފާތު ކަމަކީ ވެސް މީހާގެ ހުންނަ ކުލައާ އެއްވަރަށް މޭކަޕް ކޮށްލުމާއި ނެޗުރަލް ލުކްއަށް ބަދަލެއް ނުގެނެސް ކޮށްލާ ރީތި މޭކަޕެވެ.

 

 

އެންމެ ފަހުގެ
ކޮމެންޓް
ހެލޯ

2 މަސް ކުރިން

ޔުނިވާސަލް އޮފީސް ކައިރީ

0
1
ސުރީ

3 މަސް ކުރިން

އެމަންޖެ އައް ކިޔަނީ ފާތިމަތު ޝްރިޔާ އެއް ނޫން. ފާތިމަތު ސުރައްޔާ..

3
0
މ

3 މަސް ކުރިން

ފިރިހެނުންނަށް ސަރވް ކުރޭތަ؟

0
0
މަރީ

4 މަސް ކުރިން

މާފަންނުގަ މަގު ނޭގެ.

1
0
އަޙްމަދު

5 މަސް ކުރިން

ސެލޫން ހުންނަ ތަނެއް ބުނެދިބަލަ

3
0