19 ޖެނުއަރީ 2019 | ހޮނިހިރު | 02 ހުވަން
13 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:40
މަޣްރިބް 18:16
އިޝާ 19:32

އެމެރިކާ - އުތުރު ކޮރެއާ

ދެވަނަ ބައްދަލުވުމަކަށް ކިމްގެ ދައުވަތު ޓްރަމްޕް އަށް!

  • ދެބޭފުޅުން ފުރަތަމަ ބައްދަލުކުރައްވާފައިވަނީ މިދިޔަ ޖޫން މަހު ސިންގަޕޫރުގައި
މިއުވާން މުހައްމަދު | Miuvaan

| 11 ސެޕްޓެންބަރ 2018 | އަންގާރަ 16:22 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  5. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  6. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  7. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ޓްރަމްޕް އާއި ކިމްގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން -- ސްޓްރައިޓްސް ޓައިމްސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއިއެކު ދެވަނަ ބައްދަލުވުމެއް ބާއްވަން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ދައުވަތު ދެއްވައިފިއެވެ.

ރިޔާސީ ގަނޑުވަރު ވައިޓްހައުސްގެ ތަރުޖަމާނު ސާރާ ހަކަރބީ ސޭންޑަރސް ވިދާޅުވީ އުތުރު ކޮރެއާގެ ލީޑަރުގެ ސިޓީފުޅެއް ޓްރަމްޕްއަށް ލިބިވަޑައިގެންފައިވާކަމަށާއި، މިއީ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށް އުތުރު ކޮރެއާ ތައްޔާރަށް އޮތްކަމުގެ ހެއްކެއްކަމަށެވެ. މި ސިޓީފުޅު ކިމް ފޮނުއްވާފައި މިވަނީ އެމެރިކާއަށް އަދިވެސް އިތުބާރު އެބައޮތްކަމަށް ދެކުނު ކޮރެއާއިން އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔަންގަށް ވަޑައިގެންނެވި ވަފުުދަކާއި ބައްދަލުކުރައްވައި ކިމް ވިދާޅުވެފައި ވަނިކޮށެވެ. 

މިދިޔަ ޖޫން މަހު ކިމްއާއި ޓްރަމްޕް ސިންގަޕޫރުގައި ބައްދަލުކުރެއްވިފަހުން އުތުރު ކޮރެއާއިން އެޤައުމުން ކުރަން ވައުދުވި ކަންކަން، ޚާއްސަކޮށް ނިއުކްލިއަރ ހަތިޔާރު ނައްތާލުމުގެ ކަންކަން، ކުރިއަށް ގެންގޮސްފައި ނުވާކަމަށް ޑިޕްލޮމެޓުން ތުހުމަތުކުރައްވައެވެ. 

ކިމްގެ ސިޓީފުޅުގައި ދެވަނަ ބައްދަލުވުމެއް ޝެޑިއުލްކޮށްދިނުމަށް އެދިފައިވާތީ، އެމަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް ސޭންޑަރސް ވިދާޅުވިއެވެ. އެހެންނަމަވެސް ބައްދަލުވުން އޮންނާނީ ކޮންތާކު، ކޮން އިރަކު ކަމެއް އެކަމަނާ ވިދާޅެއް ނުވެއެވެ.

ޓްރަމްޕްއާއިއެކު ދެވަނަ ބައްދަލުވުމެއް ބޭއްވުމަށް ކިމް ހުށަހެޅުއްވުމުން ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިން ވަނީ އެކަމަށް މަރުހަބާ ދަންނަވާފައެވެ. މޫން ޖެއި-އިން އަކީ އެމެރިކާއާއި އުތުރު ކޮރެއާއާއި ދެމެދު ކުރިއަށްދާ ވާހަކަތަކުގެ މެދުވެރިއެއްގެ ރޯލު އަދާކުރައްވާ ބޭފުޅެކެވެ. މީގެ ކުރިން ދެ ފަހަރަކު ދެކޮރެއާ ގުޅޭ ސަރަހައްދީ އިމުގައި ކިމް އާއި މޫން ބައްދަލުކުރައްވާފައިވާއިރު، އަންނަ ހަފްތާގައި އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔަންގަށް މޫން ވަޑައިގެން، ކިމް އާއި ބައްދަލުކުރައްވާނެވެ.

ދެވަނަ ބައްދަލުވުމެއްގެ ދައުވަތު ކިމްގެ ފަރާތްޕުޅުން ޓްރަމްޕްއަށް ފޮނުއްވާފައި މިވަނީ އުތުރު ކޮރެއާއިން މިހާރުވެސް ހުއްޓާނުލައި ހިންގާ ނިއުކްލިއަރ ހަރަކާތްތަކަކީ އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރުތަކާއި ޚިލާފަށް ހިންގާ ކަންކަން ކަމަށް ބައިނަލްއަޤްވާމީ އެޓޮމިކް ހަކަތަޔާއި ބެހޭ އިދާރާގެ އެންމެ އިސްވެރިޔާ ޔުކިޔާ އަމާނޯ ވިދާޅުވި ދުވަހުގެ ފަހު ދުވަހުއެވެ. އަމާނޯ ވިދާޅުވީ ބައިނަލްއަޤްވާމީ އިންސްޕެކްޓަރުން އުތުރު ކޮރެއާއަށް ވަނުން މަނާކޮށްފައިވާއިރު، ސިޔާސީ ހައްލެއް އެކަމަށް ލިބިއްޖެނަމަ އުތުރު ކޮރެއާއަށް އިންސްޕެކްޓަރުން ފޮނުވަން އެއިދާރާ ތައްޔާރަށް އޮތްކަމަށެވެ.

އަނެއްކޮޅުން ނިމިދިޔަ ހަފްތާ ބަންދުގައި އުތުރު ކޮރެއާ އުފެދުނުތާ 70 އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ޕެރޭޑްގައި ސިފައިންނާއި ހަތިޔާރުތައް ދައްކާލިނަމަވެސް އެއްވެސް ވަރަކަށް ބެލެސްޓިކް މިސައިލްތައް ދައްކާލާފައެއް ނުވެއެވެ. އާއްމުކޮށް އުތުރު ކޮރެއާއިން ބާއްވާ މިފަދަ ޕެރޭޑްތަކުގައި އެމެރިކާގެ އައްސޭރިފަށަށް ވާސިލްވުމުގެ ޤާބިލްކަން ލިބިގެންވާ އިންޓަރކޮންޓިނެންޓަލް ބެލެސްޓިކް މިސައިލްތައް ދައްކާލައެވެ. ނިއުކްލިއަރ ވޯހެޑް އުފުލުމުގެ ޤާބިލްކަން ލިބިގެންވާ މިފަދަ މިސައިލްތައް ދައްކާލުމަކީ އުތުރު ކޮރެއާއިން ހިންގާ ބިރު ދެއްކުމުގެ އަމަލެއްކަމަށް އެމެރިކާއާއި ދުނިޔޭގެ ޤައުމުތަކުން މީގެ ކުރިން ސިފަކުރެއެވެ. އެހެން ނަމަވެސް މިފަހަރުގެ ޕެރޭޑްގައި އެމިސައިލްތައް ދައްކާނުލުމުގެ މާނައަކީ މަޝްވަރާތަކުން ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބުންކަމަށް ވައިޓްހައުސްގެ ތަރުޖަމާނު ސިފަކުރެއްވިއެވެ. އަދި އެކަމަށް މަރުހަބާ ދަންނަވައި ޓްރަމްޕްވެސް ވަނީ ޓްވީޓްކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް